އިމިގްރޭޝަން ކޮންޓްރޯލަރާއި އިސްވެރިންތަކެއް ބައްދަލުވުމެއްގައި: ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭ ގޮތް ވަނީ ހަމަޖައްސާފައި -- ފޮޓޯ/އިމިގްރޭޝަން
20 މެއި 2020 - 17:00
ޕާސްޕޯޓް އާކުރަން ރާއްޖެއިން ބޭރުގައި ތިބެގެން އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓް އާކުރަން ބޭނުންވާ ދިވެހިން ފައިސާ ދައްކާނީ އޮންލައިންކޮށް ކަމަށާއި ޕާސްޕޯޓް އާކުރަން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިިކޮށް ފޯމް ހުށަހެޅުމުން ފައިސާ ދައްކަންޖެހޭ ލިންކް އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ލިބޭނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ކޮވިޑް-19 ގެ މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ޕާސްޕޯޓު ހައްދަވާ ބޭފުޅުންގެ ސަމާލުކަމަށް. pic.twitter.com/XwTicWG7Zw
— Maldives Immigration (@ImmigrationMV) May 20, 2020
އިމިގްރޭޝަންގެ ޓްވީޓް
ކޮވިޑް-19 ފެތުރޭތީ ވަރަށް ގިނަ ތަންތަނުން ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
20 May 2020
ޖުމްލަކޮށް އިމިގްރޭޝަނުންދޭ ޕާސްޕޯޓުގެ ޚިދްމަތާމެދު ހިތްހަމަޖެހޭ. އެކަމަކު ތަނުގެ ކޮރަޕްޝަނާއި މެދު ލަދުގަނޭ. ވެރިންގެ ނުކުޅެދުންތެރިކަމާމެދު ހިތާމަކުރަން.