ވިޔަފާރި / އިންޓަނެޓް ބޭންކިން

ބީއެމްއެލް ކަސްޓަމަރުންގެ 87 ޕަސެންޓް މިހާރު އިންޓަނެޓް ބޭންކިން ބޭނުންކުރޭ: ސައީދު

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު އެކުންފުނީގެ 87 ޕަސެންޓް ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރާ ކަމަށް ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުން ޓެކްނޮލޮޖީގެ ދާއިރާއާ ގުޅޭ ގޮތުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ސައީދު ވިދާޅުވީ، ބޭންކިން ހިދުމަތަކީ އަސާސީ ހިދުމަތަކަށްވާ އިރު ކޮވިޑް-19 ގެ ސަބަބުން މާލެ ލޮކްޑައުން ހާލަތަކަށް ގެނައި ނަމަވެސް ބޭންކުގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދޭން ފެށުނު ކަމަށެވެ. އެގޮތުން ކުރިން ބްރާންޗްތަކަށް ގޮސްގެން ހޯދޭ ހިދުމަތްތައް ކަމަށްވާ އިންޓަނޭޝަނަލް ޓްރާންސްފާ އާއި މުވައްޒަފުންގެ މުސާރަ ދިނުމުގެ އިންތިޒާމުތަކާއި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރުން ފަދަ ހިދުމަތްތައް އޮންލައިންކޮށް ދޭން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކަސްޓަމަރުންނަށް ގޭގައި ތިއްބަވައިގެން މުވައްޒަފުންގެ މުސާރަ ޝީޓާއި، ޝީޓާ ގުޅުން ހުރި އެހެން ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުއްވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް ޕޭރޯލް ހިދުމަތްތައް މިގޮތަށް ބޭއްވުން. ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގަނެ ހިދުމަތް ލިބޭނެ ގޮތް ހެދުން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޓަނެޓް ބޭންކިން ރަޖިސްޓަކުރުން ވެސް އޮންލައިން ހިދުމަތެއްގެ ގޮތުގައި މިހާރު ބޭންކުން އަންނަނީ ދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ބޭންކްގެ 285،000 ކަސްޓަމަރުންގެ ތެރެއިން 250،000 ކަސްޓަމަރުން މިހާރު އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރެ އެވެ

ސައީދު ވިދާޅުވީ، ސާވިސް ސެންޓަރުތަކާއި ބްރާންޗްތައް ބަންދުކޮށްފައި ހުރި ނަމަވެސް މެދުކެނޑުމެއް ނެތި އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ އެކު، ވިޔަފާރިތަކާއި އާންމުންނަށް ދޭ ފައިސޭންސިން ފެސިލިޓީތަކަށް އޮންލައިންކޮށް ކުރިމަތިލެވޭނެ އިންތިޒާމުތަކާއި ލޯނު ފަސްކުރުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ޕްރޮސެސް ވެސް އެއްކޮށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

"ކުރިން ބްރާންޗަކަށް ނުވަތަ ބިޒްނަސް ސެންޓަރަކަށް ވަޑައިގެން ވިޔަފާރިތަކަށް ހާއްސަކޮށް ހުންނަ ލޯނުތަކަށް އެޕްލައި ކުރެއްވޭނީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން އޮންލައިންކޮށް ކުރިމަތިލެވެނީ ލުއި ލޯނު ފަދަ މާބޮޑު ޑޮކިއުމެންޓެއް ހުށަހަޅަން ނުޖެހޭ ލޯނުތަކަށެވެ. ނަމަވެސް މިހާރު ގިނަ ޑޮކިއުމެންޓްތަކެއް ހުށަހަޅަންޖެހޭ ލޯނުތަކަށް ވެސް އޮންލައިންކޮށް ކުރިމަތި ލެވޭނެ އެވެ. އެގޮތުން ސަރުކާރުގެ ރިލީފް ފަންޑު މެދުވެރިކޮށް ދޫކުރާ ލޯނުތަކާއި ބޭންކުން ވިޔަފާރިތަކަށް ހުޅުވާލި ވޯކިން ކެޕިޓަލް ލޯނާއި ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ދޫކުރާ ލޯނުތަކަށް ވެސް އޮންލައިންކޮށް ކުރިމަތިލެވޭނެ އެވެ.

ބޭންކިން ހިދުމަތް ޑިޖިޓަލް ކުރުމަށްޓަކައި މަސައްކަތްތައް ފެށިގެން އައީ 2014 ވަނަ އަހަރު ކަމަށާއި އެ އަހަރުން ފެށިގެން ދޭ ހިދުމަތްތަކަށް ވެސް ބޮޑު ބަދަލެއް ގެނައި ކަމަށެވެ. އެގޮތުން އިންޓަނެޓް ހިދުމަތް އިތުރަށް ރަނގަޅު ކުރެވި އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ބޭންކުން އަންނަނީ ދެމުންނެވެ. މިހާރު ބޭންކްގެ ކަސްޓަމަރުންގެ 90 ޕަސެންޓް ޓްރާންސެކްޝަންތައް ހިނގަނީ ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހުތާން

24 May 2020

ސާބަހޭ...ކީއްވެހޭ އެހެން ކުންފުނިތައް މިހެން ނުވަނީ....އަދިވެސް ސަރުކާރު ބައެއް އޮފީސްތަކައް ކުޑަ ސިޓީ ހިފާގެން ދެކޮޅައް ދުވަން ޖެހެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454