ވިޔަފާރި / ބީއެޗްއެމް ޓްރޭޑާސް

ބީއެޗްއެމްގެ ދެ މިލިއަން ރުފިޔާގެ އަގުހުރި އެކްސްއެލް ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ބީއެޗްއެމް އިން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިން: މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު، ހަފުތާއަކު އަދި މަހަކު ނަސީބުވެރިން ހޮވާއިރު، ޕްރޮމޯޝަނުގެ ހުރިހާ ބައިވެރިންގެ ތެރެއިން ހޮވާ އެއް ނަސީބުވެރިއަކަށް ހާއްސަ އިނާމެއް ހުށަހަޅާފައިވޭ. -- ފޮޓޯ: ބީއެޗްއެމް

17 އޮކްޓޯބަރ 2016 - 14:40

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެކްސްއެލް އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން ބުނެފި އެވެ.

ބީއެޗްއެމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި "އެކްސްއެލް ޓެބް ޕްރޮމޯޝަން"ގެ ނަމުގައި މި މަހު ފެށި މި ޕްރޮމޯޝަންގައި މިހާތަނަށް އައި އިރު ވަރަށް ގިނަ ނަސީބުވެރިންނާ އިނާމު ވަނީ ހަވާލު ކޮށްފަ އެވެ. މި ޕްރޮމޯޝަން ކުރި އަށް ދަނީ ޑިސެމްބަރ 29ގެ ނިޔަލަށެވެ.

"ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުން މި ޕްރޮމޯޝަންގައި ބައިވެރިވެ، އިނާމުތައް އެބަ ގެންދޭ. އެއާ އެކު، އެކްސްއެލްގެ ވިޔަފާރި އަށް ވެސް ކުރިއެރުން ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.

ބީއެޗްއެމުން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިއެއް. -- ފޮޓޯ: ބީއެޗްއެމް

މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންނަށް ބައިސްކަލެއް ލިބޭ އިރު، ހަފުތާއަކު އެއް ފަހަރު ހޮވޭ ނަސީބުވެރިއަކަށް ވެސް ބައިސްކަލެއް ލިބެ އެވެ. އަދި މަސް ނިމުމުން ނަގާ ގުރުރުއަތުން ހޮވޭ ފަރާތަކަށް ސައިކެއް ދޭ އިރު، ވަގުތުން ދޭ 2،250 އަށް ވުރެ ގިނަ ބޯނަސް އިނާމުތަކެއް ވެސް ވަނީ ޕްރޮމޯޝަނުގައި ހިމަނާފައި އެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ ހުރިހާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ވަރަށް ހާއްސަ އިނާމެއް ވެސް ބީއެޗްއެމް އިން ދެ އެވެ. އެގޮތުން، އެއް ނަސީބުވެރިއަކަށް ދެ މީހުންގެ ދުބާއީ ދެކޮޅު ޓިކެޓާއި ތިބުމާއި ކެއުމުގެ ހަރަދާއި އިތުރަށް ހަރަދު ކުރާނެ ފައިސާ ދޭން ވަނީ ނިންމާފަ އެވެ.

ބީއެޗްއެމުން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިއެއް. -- ފޮޓޯ: ބީއެޗްއެމް

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅެއް ގަނެ، މަތިގަނޑުގެ ނުފުށުގައި އިންނަ ކޯޑު 7755 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ. ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭ މި ޕްރޮމޯޝަންގައި، ރަނގަޅު ހުރިހާ ކޯޑެއް ގުރުއަތުގައި ބައިވެރި ކުރެ އެވެ. ބޯނަސް އިނާމު ލިބޭ ފަރާތްތަކަށް ވަގުތުން އެސްއެމްއެސް އަކުން އެކަން އަންގާއިރު، ކޮންމެ ދުވަހެއްގެ ނަސީބުވެރިން އެ ރޭ 11:45 ގައި ގުރުއަތުން ހޮވައި އެސްއެމްއެސް އަކުން އަންގަ އެވެ. އަދި އެ ހަފުތާ އަކަށާއި މަހަކަށް ކަނޑައަޅާފައިވާ އިނާމުތައް ލިބޭ ފަރާތްތައް ހޮވަން ހާއްސަ ގުރުއަތެއް ބާއްވައި ކާމިޔާބު ކުރާ ފަރާތްތަކަށް އެސްއެމްއެސް އަކުން އަންގާނެ އެވެ. ދިވެހިންގެ ތެރޭގައި އެކްއެސްއެލް އެނާޖީ ޑްރިންކް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާއިރު، ބީއެޗްއެމް އަކީ ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ މަޝްހޫރު ބާވަތްތަކުގެ ތެރޭގައި ކޯސްޓު ކިރާއި ޔޭޔޭ ކޮފީ ހިމެނެ އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 27%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454