ޚަބަރު / ކުޑަކުދިން

ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ޖޫން 10 ގެ ފަހުން

އާޓިފިޝަލް ބީޗުގެގެ މޫދުގައި ކުޑަކުދިންތަކެއް: ދެ ހަފުތާ ފަހުން ވެސް ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ޚާއްސަ ހުއްދައާ އެކު، ފަތިހު 5 ން 8 އަށް އެކަނި.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިއަދުން ފެށިގެން ލުއިކުރަން ނިންމާފައިވާއިރު، ކުޑަކުދިންނަށް ބޭރަށް ނުކުންނަށް ހުއްދަ ލިބޭނީ ދެ ހަފުތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިދިޔަ މަހުގެ 15 ގައި މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ މީހަކު ފެނުމުން އެ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުންގެ މުއްދަތު މިއަދު ހަމަވާތީ، ކުރިއަށް އޮތް ދެ ހަފުތާ އަށް ލޮކްޑައުން އަށް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ލޮކްޑައުން ލުއިކުރުމުގެ ގައިޑްލައިންގައިވާ ގޮތުން އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ބޭރަށް ނުކުމެވޭނީ މީގެ ދެ ހަފުތާ ފަހުންނެވެ. އެއީ އަންނަ ޖޫން 10 ން ފެށިގެންނެވެ. އެކަމަކު، އެ ކުދިންނަށް ވެސް ބޭރަށް ނުކުމެވޭނީ ވަރަށް ބޮޑު ހިފެހެއްޓުމެއްގެ ތެރެއިންނެވެ. ކުޑަކުދިންނަށް ވެސް ޚާއްސަ ހުއްދައެއް ނަގަން ޖެހޭއިރު، ބޭރުގައި އުޅެވޭނީ ފަތިހު 5 ން 8 އަށް ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވެ އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒީމް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުންގައި މިވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މަގުމަތިން އެއްވެސް ކުޑަކުއްޖަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އެކަން ފާހަގަކުރައްވައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދިވެސް އެގޮތުގައި ތިބުމަށް އޭނާ އެދިވަޑައިގަތެވެ

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ލޮކްޑައުން އަށް ލުއިތަކެއް ދޭ އިރު، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގައި ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެ ފަހަރު ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެ ކަމަށެވެ. ދެ ހަފުތާ ފަހުން ކޮންމެ ގޭބިސީއަކުން ފަސް މީހަކަށް ބޭރަށް ނުކުމެވޭނެ އެވެ.

އެކަމަކު، އެއްވެސް މީހަކަށް ބޭރުގައި އުޅެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައާ އެކު އެވެ. ފުލުހުންގެ ޕާމިޓްގެ ބޭނުމަކީ އެޗްޕީއޭ އިން ބުނިގޮތުގައި، އެއްފަހަރާ މަގުމަތީގައި އުޅޭ މީހުންގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުމެވެ. އެކަމަކު، އާއިލާ އާއި ރައްޓެހިން އެއްވުމަށާއި ގޭގެ އަށް އެ ހުއްދައިގެ ދަށުން ދިއުން މަނަލެވެ.

ފުރަތަމަ ދެ ހަފުތާގައި ދިން ބައެެއް ލުއިތައް

- ފުލުހުންގެ ހުއްދައާއެކު ކޮންމެ ގެއަކުން ވެސް ހަފުތާއަކު ދެ ފަހަރު، ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެ. ކޮންމެ މީހަކަށް ވެސް ލިބޭނީ ދެ ގަޑިއިރު.

- އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހުއްދައާ އެކު ފަތިހު 5-8 އާ ދެމެދު ބޭރަށް ނުކުމެވޭނެ.

- ސުޕަމާކެޓާއި ކަންމަތީ ފިހާރަތަކާއި ބޭކަރީތަކާއި ތަރުކާރި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތަކާއި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތަކާއި ދިވެހި ބޭސް ވިއްކާ ތަންތަނާއި ފާމަސީތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ފިހާރަތަކާއި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ.

- ފިހާރަތައް ހުޅުވާނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއެކު.

- ޑެލިވަރީ ސާވިސް އާއި ކޮންސްޓްރަކްޝަންސް އާއި ރިޕެއާ ފިހާރަތަކާއި ގަރާޖްތައް ހުޅުވާނެ.

- ޑެލިވަރީ އާއި ޓޭކްއަވޭގެ ފުރުސަތު ލިބޭނެ.

- އޮންލައިން ޑެލިވަރީ އަށް އެކަނި ހުޅުވާ ތަންތަން: މޮބައިލް ފޯނު ފިހާރަތައް، ކޮމްޕިއުޓާ ސާމާނު ވިއްކާ ތަންތަން، އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތައް، ފޮތި، ފައިވާން ވިއްކާ ފިހާރަތައް، ކުޅިވަރު ސާމާނު ވިއްކާ ތަންތަން.

- ކެފޭ/ރެސްޓޯރަންޓުތައް ހުޅުވާނީ ޑެލިވަރީ އަށް އެކަނި.

ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކޮވިޑް-19އާ އެކު އުޅެން ދަސްކުރާއިރު ލޮކްޑައުން އުވައިލީ ނޫންކަން ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.

"އެއްކޮށް ދޫކޮށްލައިފިއްޔާ އަތްނުފޯރާ ވަރަށް ކޭސްތައް އިތުރުވެގެންދާނެ. އެންމެންނަށް ވެސް އެކަން ގަބޫލު ކުރެވޭނެ. އެހެންވެ މި ބަލަނީ މަޑުމަޑުން ކޮންޓްރޯލް ކުރެވޭ މިންވަރަށް ލޮކްޑައުނަށް އިތުރު ލުއިތަކެއް ދިނުމަށް،" ނަޒްލާ ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.

ލޮކްޑައުން އަށް ލުއިތައް ދޭން ބަލާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިންތަކާ އެއްގޮތަށް އިޖުތިމާއީ، އިގުތިސާދީ އަދި އިންސާނީ ހައްގުތަކަށް ބެލުމަށް ފަހު ލުއިތަކެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ނެތް ރަށްރަށުގައި މާ ބޮޑު ހަރުކަށިކަމެއް ނެތް ނަމަވެސް މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް އެއް ރަށުން އަނެއް ރަށަށް ދިއުން މަނަލެވެ. އެ ގޮތަށް ދެވޭނީ ވެސް ސިއްހީ ނުވަތަ ޒަރޫރީ ބޭނުމެއްގައި އެކަންޏެވެ.

16 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 8%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދުން999

29 May 2020

ކޮންކަހަލަ ލުޔެއް ތިދިނީ. ތިޔައީ މީހުން އިތުރަށް ބަލި ބޮޑުވާނެ ގޮތެއްކަމަށް ބައެއް ޑރ އިން ދަނީ ބުނަމުން. ހިޔޮނުވާނެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން މީހުން ބަލިން ސަލާމަތް ވާނެ ރަނަގަޅު ގޮތެއް ހޯދާދީބަލަ. ލޮކްޑައުން ކުރުމަކީ ހައްލެއްނޫން. ތިޔައީ މީހުން ފަގީރުކޮށް ވިޔާފާރިތައް ހަލާކުކޮށް އަޅުވެތި ކުރުމަށް ބަޔަކު ރާވައިގެން ކުރާކަމެއް ކަމަށް ބައެއް އިލްމު ވެރިން ދަނީ ބުނަމުން.

The name is already taken The name is available. Register?

ރަދީފްް

28 May 2020

ކޯޓުގެ ހުކުމްގަ އޮންނަނީ ހަފްތާގަ ދެދުވަހު ދަރިފުޅު ގެއަށް ގެނެވޭގޮތައް ކަމާއިބެހޭ އެންމެހައި އިދާރާތަކުގެ މައްޗައް އަމުރުކޮށްފައި. މިއަމުރު ނިހިނގަންޖެހޭނަމަ ގާނޫނެއްނެތްތަނެއްމީ!

The name is already taken The name is available. Register?

ދިދަ ދަނޑި

28 May 2020

ފަތިހު 5 ޖަހާއިރު ދާން އޮންނާނީ ކޮންތަނެއް.. ނަސީބެއް ދަންވަރޭ ނުބުނިކަން

The name is already taken The name is available. Register?

ނަވާލް

28 May 2020

ޑރ ނަޒީމަށް ނުފެނުނަސް ކުޑަކުދިން ބޭރަށް ގެންދިޔަ މީހުންވެސް އެބަތިބި. އެއްގެއިން އަނެއް ގެއަށްވެސް. ހަމަ މި ލޮކްޑައުން ތެރޭ. ޕޮލިހުންނަށް ވާކަމެއް ނޯވޭ.

The name is already taken The name is available. Register?

މަމމަރިީ

28 May 2020

60 އަހަރުން މަތީ ބޭފުޅުބްނަށް ބޭރަށް ދެވެންޔާ ކުޑަކުދިންނަށް 2 ހަފްތާ ފަހުން ނިކު މެވެންވީ ކީއްވެތޯ؟

The name is already taken The name is available. Register?

ފަހުދު

28 May 2020

60 އަހަރުންމަތީގެ މީހުން މަދުވީމަ ބޭރައް ނުކުމެއުޅޭ މީހުން މަދުވާނެ. އަދި 60 އަހަރުންމަތީގެ މީހުން ބިންމަތީގަ އަތްލާފަ އަނގަޔަކައް އަތެއްނުލާނެ.

The name is already taken The name is available. Register?

މިވަރެއްނެތް

28 May 2020

ރާއްޖޭގެ ކޮވިޑު މެނޭޖްމިކުރަނީ ހަމަ ރޯނު އެދުރުން. ދުނިޔޭގެ ކަންކަން ކުރާގޮތް ނުބަލަންޏާ ނޫސްތަކުން ބޭރުގެ ޚަބަރު ދުވާލަކު އެއްފަހަރު ކިޔާލާނަމަވެސް ކަންކަން ކުރަންވާގޮތް އެނގޭނެދޯ

The name is already taken The name is available. Register?

ކުރަފި

28 May 2020

ނިއު ނޯ މަލް ގައި ކުޑަކުދިން ފެނު މުން ކޮލުގަ ހިފާލާ ހެދުން، (ފިޒިކަލް ކޮންޓެކްޓް) ހުއްޓާލުން ވަރަށް މުހިން މު ކަ މަށް ފެނޭ. ތިޔަ ބޭފުޅުންގެ ޚިޔާލަކީ ކޮބާތޯ؟

The name is already taken The name is available. Register?

ހަނާން

28 May 2020

ކުރަފި ހިޔާލް،

The name is already taken The name is available. Register?

ޙަގވވ

28 May 2020

މާލޭގަ ކޮންމެ އާއިލާއަކަށް ބޭރަށް ނިކުތުމިގެ ހުއްދަދީގެން ވޯކެއް ނުކުރާނެ. އޮފީސްތަކާ އެއްޗެހި ހުޅުވިޔަސް މިހާރުވެސް ބަލަންޖެހޭ ވަރަށް ނުބަލާ. އެގޮތަށް ހަދާ އޮފީހަކާ ދޭތެރޭ ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ ގޮތެއް އޮންނަން އެބަޖެހޭ.

The name is already taken The name is available. Register?

ތެދު

28 May 2020

ޑެލިވަރީގެ ހިދުމަތް ކުރިންވެސް ދެވޭންނޫންތަ?

The name is already taken The name is available. Register?

ފޫހި

28 May 2020

ކުޑަކުދިން ޖޫން 10ގެ ފަހުން ބޭރަށް ނުކުންނަށް ހުއްދަދޭއިރު. މިސްކިތްތަކާއި ރެސްޓޯރެންޓް ތަކަށް ހުއްދަނުދޭންވީ ކީއްވެ? ޓެކްސީ ތަކަށް މީހުންނަށް އެރޭއިރު ކެފޭގައި ގައިދުރުކޮށްގެން ކޮފީއެއް ނުބޮވެންވީ ކީއްވެ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454