ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އާއި ޕޮލިސް ކޮމިޝަނަރުު ހަމީދު: އެމްއެންޑީއެފްގެ އުޅަނދުތައް ފުލުހުން ޗެކްކުރާ ސަބަބު ސާފުކުރަން ވަނީި ނިންމާފައި -- ފޮޓޯ/މިހާރު
05 ޖޫން 2020 - 23:17
އެމްއެންޑީއެފް ވެހިކަލްތައް ފުލުހުން ހުއްޓުވައި، ޗެކްކުރާ ކަމުގެ ޝަކުވާތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގެ މެމްބަރުން ފެންމަތި ކުރެއްވުމުން އެކަން ހިނގާ ގޮތް ސާފުކުރަން ނިންމައިފި އެވެ.
މިރޭ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް، ކުރި ސުވާލުތަކުގައި އެ ކޮމެޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވަނީ އެމްއެންޑީއެފްގެ އުޅަނދުތައް ފުލުހުން ހުއްޓުވައި، ޗެކް ކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން ހިނގަނީ ކޮން އުސޫލަކުން ތޯ ވިދާޅުވެ، ސުވާލު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ނަހުލާ ފުރަތަމަ ވިދާޅުވީ އެފަދަ ކަމެއްގެ ޝަކުވާ އެކަމާ ބެހޭ ފަރާތަކުން ހުށަހަޅައިފި ނަމަ، އެކަން ބައްލަވާނެ ކަމަށެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވިދާޅުވީ އެމްއެންޑީއެފް އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން އިސްތިސްނާ ކޮށްފައިވާ އުޅަނދުތަކެއް ކަމަށާއި އެކަމަކު ފުލުހުން އެ އުޅަނދުތައް ހުއްޓުވައި، ޗެކް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ، އެކަންކަން ބެލުމަށް އޭނާ އެދިވަޑައިގަތެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ސިފައިންގެ ތެރޭގައި އޮންނަ މިލިޓަރީ ފުލުހުން ކުރަންޖެހޭ މަސައްކަތެއް ފުލުހުން އަމިއްލައަށް ކުރަމުންދާ ކަމުގެ ޝަކުވާ އެބައޮތް ކަމަށެވެ. އަދި އެކަން ބެލުމަށް ފަހު، އެކަން އެ ކޮމެޓީއާ ހިއްސާކުރަން އޭނާ އެދިވަޑައިގަތެވެ.
ތަކުރާރުކޮށް މެމްބަރުން އެ ސުވާލު ކުރިމަތި ކުރަން ފެށުމުން ނަހުލާ ވިދާޅުވީ މެމްބަރުން އެކަން ސާފުކުރަން ބޭނުންވާތީ އެކަން ހިނގާ ގޮތެއް ސާފުކުރަން ސިޓީކޮށް، އަދި އޭގެ ތަފްސީލުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން ޓްރެފިކް ފުލުހުންނަށް އެއްގަމު އުޅަނދުތައް ހުއްޓުވައި، ޗެކްކުރުމުގެ ބާރު އޮންނާނެ އެވެ. އެކަމަކު އެ ގާނޫނު ބުނާގޮތުން އެމްއެންޑީއެފް އުޅަނދުތައް އެ ގާނޫނުން އިސްތިސްނާ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
10 June 2020
ދައުލަތް މިއޮތީ އޮޅުންސުވާޔަކައްވެފަ، ނިޒާމްވެސް އޮޅިފަ މިހާރު މިނިވަންކަން ގެއްލޭވރައް ސަލާމަތީ ކަންކަން ބޮއްސުންލާފި، ސިފައިންގެ އިއްޒަތާ ގަދަރައް އަރައިގަނެފި، ގަޢުމުގެ އިއްޒައް ގެއްލުވާލަން ނޫޅޭ
އަލިބެއްޔާގެ ދަރި
07 June 2020
ވާނުވާ ނޭނގި ކޮމެންޓް ކުރަންވާނެ.... އެމް.އެން.ޑީ.އެފްގެ ވެހިކަލް އަދި އެމް.އެންޑީ.އެފް މީހުން ދުއްވާ ވެހިކަލް މީ ދޭއްޗެއް. މަޖިލީހުގައި އެ ދައްކަނީ އެމް.އެން.ޑީ.އެފް ބޯޑު ޖަހައިގެން ދުއްވާ ވެހިކަލްތަކުގެ ވާހަކަ. ދިވެހިންނެއް ނު؟ ވާނުވާ ނޭނގި އަނގަތަޅަންވާނެ ހަބޭހަށް.. އެހެންނޫނީ ދިވެއްސަކަށް ނުވާނެ.. ބޯހަލާކު
އަސްކަރީ4
08 June 2020
ސިފައިނެގެ ބޭކަލުންއަށް ވިސްނިފަ އޮންނަނީ: 1- ސިފައިންގެ މީހަކު ގަމީހެއް ލައިފި ތަ އަސްކަރީ ގަމީހެއް 2- ރޭގަނޑު ގެއަކަށް ވަދެއްޖެ ތަ އަސްކަރީ ބޭނުމަކަށް. 3- ސިފައިންގެ މީހަކު ބަރޯ ގާޑިޔަލެއް ދުއްވަދި ތަ އަސްކަރީ ބަރޯ ގާޑިޔަލެއް ނޯޓް: މިތާކު ނެތް އަސްކަރީ ހާލަތެއް. ޢާންމު ހާލަތުގަ ފުލުހުން އާއި ސިފައިން އުޅެންވީ އަމިއްލަ ހާލަތުގަ.. ކޮންމެހެން އަޖޭ ހެދިފަ އުޅޭނެ ކަމެއް ނެތް.
4568
08 June 2020
މަށް ހީވަނީ މިތާ މިދައްކަނީ ތިބުނާ ހުދު ބޯޑުގެ ވާހަކަ ހެން. ހުދު ބޯޑު 100 އިން މަތީގަ މާލެ ތެރޭގަ އާއި ހައިވޭގައި ދުއްވާ ވާހަކަ.. މިދައްކަނީ ކޮބާހޭ އެގޮތަށް ބާރަށް ދުއްވުމުގެ ބޭޏުމަކީ.. ހައިވޭގަ ދުއްވަން އިންނަ ސްޕީޑް ލިމިތް ގަ 50 ނުދުއްވެނީތަ. އިމަޖެންސީގަ އެމްބިޔލަންސް ކަހަލަ އުޅަނދު ދިޔުން އޯކޭ. ހުދު ބޯޑް މީޓިން އަކަށް ޗުސްލާފަ ދިޔައިމަ ކަޑައެއް ނޫންތަ އަލިބެއްޔާ ގެ ދަރިޔާ
ރިންގް ރޯޑް
08 June 2020
ސިފައިން އާއި ފުލުހުންގެ ކާރު ތަށް ބޮޑު ތަކުރު ފާނު މަގުގައި އިދިކޮޅަށް ދުއްވާ ލޭނަށް އަރައިގެން އޯވަރ ޓޭކް ކުރަމުން ބާރު ސްޕީޑްގައި ދުއްވުމަކީ ސުލޫކީ މައްސަލައެއް. ދެމުއައްސަސާއިން ޑަރައިވަރުން އަށް އެވެއަރނަސް ކްލާހެއް ހިންގަން ފެނޭ.. ނުރައްކާތެރި ހާދިސާއެއް ދިމާ ނުވަނީސް.. ބްރިޖް ހުޅުމާލެ ކޮޅު ފެންސް ވެސް އެހެރީ ހަލާކުވެފަ. ނަސީބެއް ނުން ލައިތްގަ ބަޔަކު ނެތް ކަން، އަލްހަމްދު ލިއްލާހި
އުންްްބެ12ސަލީމް
06 June 2020
މީ އުންބެސަލީމް ޒަމާނެއް ނުން ،، ހަގުރާމައިގެ ހާލަތެއް ނެތިއްޔާ އަސްކަރީ އުޅަނދަކަށް ޕާން އުފުލާ އުޅަނދަކަސް ޢާނަމު އުޞޫލް ޢާންމުން ތެރޭގައި އުޅުނީމަ ހުންނާނީ ހެޔޮކޮށް.. ޢާންމު ހަލަތުގައި ޢާންމު މީހާ ސިއްސައިގެން ދާގޮތަށް ރޮއްޖެއް ދާހެން ދިޔައިމަ ކަނޑައޭ.. ޝުކުރިއްޔާ ޓްރެފިްކ ފުކުހުން މިކަން ޢާންމުގެ ސަމާލުކަމަށް ގެނައި ކަމަށްތަކައި...
އުންބެ12ސަލީމް
06 June 2020
އެމް.އެމް.ޑީއެފް. ރެޑް ލައިތް ކޮރަސް ކުރަން ވީމަ ދަރުބާރުގެ ކައިރިން ހަތަރު ސިގްނަލް ޖައްސާނެ ރަނގަޅަށް ބްރިޖަށް ނޭރެނީސް ހަތަރު ސިގްނަލް ކަނޑާލާނެ. (ޤާނޫން މިސްޔޫސް) އަޅެ ކޭކޭ އިން ޙުޅުމާލޭގައި އޮންނަ ރަސްމިއްޔާތަކަށް ގެންދާ ރެޑް ކާޕެޓް ކަނޑު 100 އިން މަތީގަ ނުދިއްވިއްޔާ އެނުގެންދެވެނީތަ. އެގިރިގެން ފައިބަނީ ތަ؟؟ ހަމަ އަހާލީ.. މީ އުންބެ ސަލީމް ޒަމާނެއް ނުން
ޖޯން
06 June 2020
ދިވެހި ފުލުހުންނަކީ ތަސައްރަފްނުފުދޭބައެއް. ކޮބާ އަފްރާސީމު މައްސަލަ. ރިލްވާނުމައްސަލަ. ޔާމީނުމައްސަލަ. ރައްރަށުގައި ވަގުރުކު އަޅަން އުޅުނުމީހުން ފުލުހުންގެ ގެވަޒީފާއަށް ވެއްދީމާވާނީ ތިޔަހެން.
އަބް
06 June 2020
ދިވެހި ފުލުހުން އަށް ތިބެނީ ދިވެހިން އޭގެ މާނަ އަކީ ދިވެހިން އަދި ތަސައްރަްފ ނުފުދެނީ އޭ.. ޖޯން އެންމެ ފަހުން ދަރިން ތިއްބާ އަންހެނުން ވަރިކޮށްފަ އެއްލާލީ ޖޯން ތަސައްރަފް ފުދޭވަރުން ތަ؟؟
ޓްރެފިކް ފުލުސް އަމީނީމަގު
06 June 2020
ފުލުހަކަސް ސިފައިންގެ މީހަކަސް އިމިގިރޭޝަން މީހަކަސް،ޓްރެފިކް ޤަވާޢީދާއި ޚިލާފެއް ނުވެވޭނެ. ޔުނިފޯރމްގަ އަމިއްލަ ސައިކަލުގައި އޮވަރ ސްޕީޑް ކުރުން މުދާ އުފުލުން ލައިސަންސް ނެތުން އަހަރީ ފީ ރޯޑް ވާރދިނަސް މިކަންތައް ބަލަމުން ދާނެ މިހާރުވެސް ދާގޮތަށް.. ބްރިޖް އަދި ހައިވޭގައި 100 އަށް ވުރެ މަތީގައި ދުއްވި ކާރެއް މަޑު ކުރަން އިޝާރާތް ކުރި. ބެލި އިރު ހުދު ބޯޑަކަށް ވުމުން ވަގުތުން ދޫކޮށްލެވިފައި ވަނީ. އިޝާރާތް ކުރި އިރު ކޮން ކަހަަލަ ބޯޑެއް ކަމެއް ނޭގޭ.
އަހުދު45
06 June 2020
އެމް.އެން.ޑީއެފް މީހަކު ޔުނިފޯރމް ގަ އަމިއްލަ ސައިކަލުގަ އޯވަރ ސްޕީޑްގަ ދިޔައިމަ ވަރަށް ހަޑި. ސައިކަލަށް ބިސް ކޭސް އަރުވައިގެން ޔުނީފޯރމަ ގަ ދިޔައިމަ ވަރަށް ހަޑި. މަމީވެސް ސިފައިނެގެ މީހެއް. އިސްތިސްނާވަނީ ހުދު ބޯޑް. އެވެސް އަސްކަރީ ކަމެއް ނެތިއްޔާ ޢާނަމު އުޞޫލުން އުޅުނީމަ ރަނގަޅު ވާނެ. ސިފައިން ވެސް އަމިއްލަ ސައިކަލުގަ ދާނަަމ އިސްތިސްނާއެއް ނުވޭ ޓްރެފިކް ފުލުހުން އަށް ޤަވާއިދާއި ޚިލާފު ވާނަމަ ހުއްޓުވާ ސައިކަލް ޗެކް ކުރވޭނެ.
ސުކުރީ ނ
07 June 2020
މަމީ ތަންފީޒީ އިދާރާއެއްގެ ޔުނިފޯމް އަޅާ މުވައްޒަފެއް. މުޅި ދުވަހު ޑިއުޓީގަ އުޅެފަ ގެއަަށްދާއިރު ގެއަށް ބޭނުންވާ ތަކެތި ގަނެގެން ދަނީ. އަހަރެމެންވެސް މީ އާއިލާ ގެންގުޅޭ އިންސާނުން ހަމަ. ފެންކޭހެެއް ބިސްކޭހެއް ގެންދާތަން ފެނިދާނެ. ހަލާލު ފައިސާއިން ގަންނަނީވެސް.
އިލ1ތިމާސް
06 June 2020
ކޮންމެ ކަމަކީ ވެސް ލިމިޓެއް ވާ ކަމެއް. މިނިވަންކަން. އިސްތިސްނާ. އަންލިމިޓެޑް ޕެކޭޖެ.. މިހުރިހާ އެއްޗަކީ ދޭހަވާ މާނައިގަ އަންލިމިޓެޑް އެކަމަކު ލިމިޓް ވެފަ ހުން އެއްޗެއް. ސިފައިނެގް ހުދު ބޯޑު ޖެހި ކާރެއް ޢާންމު ހާލަތުގައި ބްރިޖް ނުވަތަ ހަައިވޭގައި ކޭކޭއިން ހުޅުމާލެއް އަށް މީޓިން އަކަށް ދިޔުމަކީ އަސްކަރީ ކަމެއް ނުން. އަސްކަރީ ހާލަތެއް ދިމާނުވާނަމަ ރީތި ގޮތަކީ "އިސްތިސްނާ" މިބަސް ލިބިފަ އޮތަސް ދުއްވުން.
ޑިސްކޯބެ
06 June 2020
ފުލުހުން ޕާރ މިޓްވެސް ދެނީ ހިތައް އެރިބަޔަކަށް.
ރަދީފްް
06 June 2020
ހުރިހާ ކޮމެންޓަރުންނާއި މިކަމުގައި އަހަރެންގެ ވިސްނުން ތަފާތު! ތަފާތުވާ ސަބަބަކީ އެމްއެންޑީއެފްގެ ބޭފުޅުން އެދުއްވަނީ ސިފައިންގެ ވެހިކަލްތަކެއްނޫންވީމާ! ކޮންމެ ވެހިކަލެއްގަވެސް ހުންނަނީ ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޕްރައިވެޓް ނަމްބޯރޑް .މާނަޔަކީ އާއްމުނަންބޯޑޭ އެހެންކަމުން އާއްމުންގެ އެއްޗެހި ޗެކުކުރާފަދައިން އެވެހިކަލް ޗެކުކުރެވެންޖެހޭނެ. އެއީއި ހިލާފައް ސިފައިންގެ އެއްޗެއް ޗެކުކުރާނަމަ ތިލަވަކިޔަންރަނގަޅު
މުލޭ
06 June 2020
ސިފައިން ދުއްވާ އަމިއްލަ އުޅަނދުގެ ވާހަކައެއްނޫން މި ލިއުމުގައި އެ އޮތީ. ވައްޓް ނަންބަރ ޕްލޭޓް ހުންނަ މިލިޓަރީ ރެޖިސްޓްރޭޝަންގެ ވެހިކަލް ތަކުގެ ވާހަކަ އެދައްކްނީ.
ރަދީފްް
06 June 2020
މީގައި މަށަށް އެންމެ މަޖާކަމަށް ފެނުނީ ޓްރެފިކު ފުލުހުންނޫން މީހުން އެކަންކުރިކަން އަދި ހުރިހާފުލުހުން ޓްރެފިކުފުލުހުންނަށް ވެގެން އުޅުނު އުޅުން
ކަބޫތަރު
06 June 2020
ތާއީދު.
ޑިބިންޑި
06 June 2020
ކަލޯ އަނެއްކާ ރާއްޖޭގަ ތަ ތި އުޅެނީ. ސިފައިންގެ ވެހިކަލޭ މި ކިޔަނީ ސިފައިންގެ ޕްލޭޓުގަ ހުންނަ އުޅަނދުތައް. ސިފައިންގެ ބޭކަލެއްގެ އަމިއްލަ ސައިކަލުގެ ނޫނީ ވެހިކަލެއްގެ ވާހަކައެއް ނޫން. ހާދަ ކަމެއް ނޭގޭ މީހެކޭ ތިޔައީ.