ކުޅިވަރު

ބާސެލޯނާ އަށް ގެއްލުން، ރެއާލަށް އޮތީ ފައިދާ: ވަލްޑާނޯ

ބާސެލޯނާގެ ސުއަރޭޒް (ކ) އަތުން ބޯޅަ ހޯދަން ރެއާލްގެ ރާމޮސް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ޖޫން 10) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގު މާދަމާރޭ އަލުން ފަށާއިރު މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދުގެ ސަބަބުން ބާސެލޯނާ އަށް ގެއްލުންވި ނަމަވެސް ރެއާލް މެޑްރިޑަށް ފައިދާ ނެގޭނެ ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން ޖޯޖް ވަލްޑާނޯ ބުނެފި އެވެ.

ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދު ބަދަލުކުރަން ފީފާ ހުށަހެޅި ޕްރޮޕޯސަލް ބަލައި ގަނެ އެ ހުއްދަދޭން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ނިންމުމާ އެކު ޖަރުމަނު ލީގު ފެށީ އެ ގަވާއިދަށް އަމަލުކުރެވޭ ގޮތް ހަދައިގެންނެވެ. އިނގިރޭސި ޕްރިމިއާ ލީގާއި ލަލީގާ ވެސް އަލުން ފަށާނީ އެ ގަވާއިދު ހިމަނައިގެންނެވެ.

ދާދިފަހުން ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ވަނީ ބާސެލޯނާ ކަަހަލަ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕޮޒެޝަން ފުޓްބޯޅަ ކުޅޭ ޓީމަކަށް ފަސް ބަދަލު ކުރެވޭ ގަވާއިދުގެ ސަބަބުން ގެއްލުންތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ. ރެއާލުގެ ކުރީގެ ކޯޗު އަދި މިހާރުގެ ސްޕެއިނުގެ ފުޓްބޯޅަ އެނަލިސްޓު ވަލްޑާނޯ ބުނީ ބާސެލޯނާ އަށް އޮތް ގެއްލުން އިތުރު ކަމަށެވެ.

"ބާސެލޯނާ ކަހަލަ ޓީމަކަށް ފައިދާ ނެގެން މި އަންނަނީ ޕޮޒެޝަން ފުޓްބޯޅަ ކުޅެގެން އިދިކޮޅު ޓީމު ރޫޅާލަން ވަގުތު ހޯދައިގެން. އެ ވަގުތު މި ލިބެނީ ފިޒިކަލީ އިދިކޮޅު ޓީމު ވަރުބަލި ވެގެން. މި ގަވާއިދުގެ ސަބަބުން އިދިކޮޅު ޓީމަށް އެބަ އޮތް އިތުރު ދެ ބަދަލެއް ކުރުމުގެ ފުރުސަތު މިއީ. އިދިކޮޅު ޓީމުން އެ ބަދަލުތައް ވިސްނައިގެން ގެނެސްފިނަމަ ބާސެލޯނާ އަށް ވަރަށް އުނދަގޫވާނެ،" ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ވަލްޑާނޯ ބުންޏެވެ.

"އަނެއް މައްސަލަ އަކީ ބާސެލޯނާގައި އެއް ފެންވަރެއްގެ މާ ގިނަ އޮޕްޝަނެއް ނެތް. ބެންޗުގައި ވެސް މިހާ ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު ނެތް މާ އެކަށޭނެ އެއް ފެންވަރެއްގެ ބަދަލުތަކެއް ނެތް. އަހަރެންގެ ނަޒަރުގައި ރަނގަޅު 17 ކުޅުންތެރިން ތިބުމަކުން މި ހާލަތަށް އެންމެ ފިޓެއް ނޫން،"

ލަލީގާގައި ކޮންމެ ޓީމެއް ބާކީ 11 މެޗު ކުޅެން އޮތްއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން ދެ ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.

ރެއާލަށް ކުޅުމުގެ އިތުރުން އެ ޓީމަށް ކޯޗުކޮށްދީފައިވާ ވަލްޑާނޯ ބުނީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން އޮތް ސްކޮޑަކަށް ބަލާއިރު ރެއާލް ވަރަށް ފުރިހަމަ ކަމަށާއި ސްކޮޑު ވަރުގަދަ ވުމުގެ ފައިދާ ބާސެލޯނާ އަށް ވުރެން ރަނގަޅަށް ރެއާލަށް ނެގޭނެ ކަމަށެވެ.

"ބާސެލޯނާ އޮތީ ތާވަލުގެ ކުރީގައި. އެކަމަކު ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ވަރުގަދަ ބޮޑު ސްކޮޑުގެ ފައިދާ ރެއާލަށް ނެގޭނެ،" ވަލްޑާނޯ ބުންޏެވެ.

ލީގު އަލުން ފަށާ މެޗުގައި މާދަމާރޭ ކުޅޭނީ ސެވިއްޔާ އާއި ރެއާލް ބެޓިސް އެވެ. ހޮނިހިރު ދުވަހުގެރޭ ބާސެލޯނާ ކުޅޭނީ ރަށުން ބޭރުގައި މަޔޯކާއާ އެވެ. އާދިއްތަ ދުވަހުގެރޭ ރެއާލް އަމިއްލަ ދަނޑުގައި އެއިބާއާ ބައްދަލުކުރާނެ އެވެ.

5 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 43%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިރަށުއައްމަޑޭ

10 June 2020

ރެފުރީމެން ތިބީ އަޅުގަނޑުމެންނާއި އެކު..ޕެރޭޒު

The name is already taken The name is available. Register?

1123

10 June 2020

މެޗްތަކުގައި ގިނަ ފަހަރަށް ބާސާކޮޅަށް ރެފްރީން ޖެހިފައިވާތަން ފެނޭ

The name is already taken The name is available. Register?

އަސްލު ހަގީގަތް

13 June 2020

1123 އަށް. ލަލީގާގެ ރެފްރީންގެ 90% ޓަކީ ރިއަލް މެޑްރިޑްގެ ސަޕޯރޓަރުން. ޚުދު ލަލީގާގެ ރައީސް ޓެބާސްއަކީވެސް ޕެރޭޒްގެ ޕަޕެޓެއް. މިކަން ލަލީގާގެ ކުރީގެ ރެފްރީންވެސް އެއްބަސް.

The name is already taken The name is available. Register?

ވިދާތާ

10 June 2020

މޮޅުވާ ގޮތެއް ބަލާގެން ބާސާ ވެސް ކުޅެން ވީއެވެ. ބޮޑުބޯޅަ ކުޅެން ވީއެވެ. ކައިންޓަރ އޭޓޭކް ގޭމް ކުޅެން ވީއެވެ.

The name is already taken The name is available. Register?

އޭނަ މީނަ

13 June 2020

ބާސާއިން މިހާރު އެކުޅެނީ ޓިކީ ޓަކާއެއްނޫން. އަދި ޕޮސިޝަން ބޭސްޑް ފުޓްބޯޅައެއްވެސްނޫން. ޓިކީ ޓަކާ ބަލަން ބޭނުމިއްޔާ 2011 ވަނަ އަހަރުގެ ބާސާ ސްކޮޑުގެ މެޗްތައް ބަލަންވީ. މިހާރު ބާސާ އެކުޅެނީ އެއްވެސް ސްޓައިލެއް އަދި ޓެކްޓިކްސްއެއް ނެތި. ހަމަ ބޯޅަ ތަޅަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454