ޝާޕް ބްރޭންޑުގެ އެއާޕިއުރިފަޔާތަކެއް--
14 ޖޫން 2020 - 18:55
ވައި ސާފުކޮށްދޭ "ޕްލާޒްމާ ކްލަސްޓާ" ޓެކްނޮލޮޖީގެ އުފެއްދުންތައް ރެޑްވޭވުން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.
އެއީ ވައިގެ ތެރޭގައި ހުންނަ ހިރަފުހާއި ޖަރާސީމާއި ވައިރަސް އާއި ޕޯލެން އާއި އެލާޖީއަށް މަގުފަހިވާ މާއްދާތަކާއި ފެހި (މޯލްޑް) ފަދަ ތަކެތިން ރައްކާތެރިކޮށްދޭ ޓެކްނޮލޮޖީ އެކެވެ. މި ޓެކްނޮލޮޖީން އިލެކްޓްރިކް ޑިސްޗާޖެއްގެ ޒަރިއްޔާއިން ޕޮޒިޓިވް އަދި ނެގެޓިވް "އަޔޯންސް" ވައިގެ ތެރެއަށް ފޮނުވައިދެ އެވެ. މި "އަޔޯންސް" ވައިގެ ތެރޭގައި ހުންނަ ފެނާ އެއްވެ، ވައިރަސް އާއި ޖަރާސީމު ފަދަ ތަކެތީގައި ހަރުލަ އެވެ. މީގެ ސަބަބުން ވައިގެ ތެރޭގައި ހުންނަ ޕްރޮޓީންގައިވާ ހައިޑްރޯޖަން ބޭރުކޮށްދީ ޖަރާސީމާއި ވައިރަސް ވައިގެ ތެރޭން ނައްތައިލަ އެވެ.
ޝާޕް ބްރޭންޑުގެ އެއާ ޕިއުރިފަޔާއަކީ ވައިގައި ހިމެނޭ ހުރިހާ ޖަރާސީމެއް ނައްތާލަދޭ އެއްޗެއް--
މީގެ އިތުރުން، މި "އަޔޯންސް" އިން "ސްޓެޓިކް އިލެކްޓްރިސިޓީ" ވެސް މަދުކޮށްދެ އެވެ. މީގެ ސަބަބުން، ވައިގެ ތެރޭގައި ހުންނަ ކުނޑި އާއި ހިރަފުސް ފަދަ މާއްދާތައް އަންނައުނާއި ފަރުނީޗަރު ފަދަ ތަކެތީގައި ހަރުނުލާނެ އެވެ. ޝާޕްގެ އެއާ ޕިޔުރިފަޔާ އާއި އޭސީގައި ހިމަނާފައިވާ އެޑްވާންސް ފިލްޓަރުތަކުން ކުނޑި އާއި ހިރަފުސް ފަސޭހަކަމާ އެކު ސާފުވާނެ އެވެ. އެހެންކަމުން މިއީ މިފަދަ މާއްދާތަކަށް އެލާޖިކްވާ މީހުންނަށް މުހިންމު އުފެއްދުންތަކެއް ކަމަށް ރެޑްވޭވުން ބުންޏެވެ.
ޝާޕްގެ މި އުފެއްދުންތަކުގައި ހަތަރު ފިލްޓަރެއް ހިމެނެ އެވެ. އެގޮތުން، މި އުފެއްދުންތަކުގައި ހިމެނޭ "މައިކްރޯމެޝް ޕްރިފިލްޓާ" އިން ކުނޑި ފިލްޓަރު ކޮށްދޭއިރު "އެކްޓިވް ކާބަން" ފިލްޓަރުން ޖަނަވާރުން ނުވަތަ ކެއްކުމުން އުފެދޭ ވަހާއި ސިނގިރޭޓުން އަރާ ވަސް ކަނޑުވައިލަ އެވެ. "އެންޓި މައިކްރޯބިއަލް ހެޕާ" ފިލްޓަރުން، ލޮލަށް ނުފަންނަހާ ކުދި (0.3 މައިކްރޯބްސް) ގެ ހިރަފުސް ނައްތާލަދޭއިރު "އެންޓި ބެކްޓީރިއަލް" ފިލްޓަރެއް ވެސް ޝާޕް ބްރޭންޑުގެ މި އުފެއްދުންތަކުގައި ހިމެނެ އެވެ.
މި އުފެއްދުންތައް މިހާރު އަގުހެޔޮކޮށް ރެޑްވޭވްގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަކްތޫރު
14 June 2020
ކޮންމެވެސް ވަރަކަށް ހިރަފުހާއި ނޯމަލއ އެއަރގައި އުޅުންވަރަށް މުހިންމު، އޭރުން ދިފާއީ ބާރު ވަރުގަދަވެ ބަލިތަކުން ރައްކާތެރިވުމަށް ހަށިގަނޑު ހޭނޭނީ..