ޚަބަރު / ފިޝަރީޒް، އެގްރިކަލްޗާ މިނިސްޓްރީ

ކުރިން ވަރުވާ އަށް ދޫކުރި ރަށްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ހަދައިފި

ވަރުވާއަށް ދޫކުރަން އިއުލާންކުރި ދިގުލާބަދޫ: ކުރީގެ ގަވާއިދުގެ ދަށުން ވަރުވާއަށް ދިން ރަށްތައް ސަރުކާރަށް ނެގިދާނެ -- ފޮޓޯ: ރިފްއަތު ނަައީމް

ފަޅު ރަށްތައް ދޫކުރުމާ ބެހޭގޮތުން ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ފަޅު ރަށްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ފަޅު ރަށްރަށާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ފަޅު ރަށްރަށާ ބެހޭ ގަވާއިދު އޮންނަ ގޮތުން ވަރުވާއަށް ދޫކޮށްފައިވާ ފަޅު ރަށެއް ސަރުކާރަށް ނެގޭނީ ރަށް ދޫކުރި ޝަރުތަކާ ޚިލާފުވުމުން ނުވަތަ ދައުލަތުގެ ބޭނުމަކަށް ނުވަތަ ރާއްޖޭގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅަކަށްޓަކައި ނުވަތަ އެ ރަށް ދޫކޮށްފައިވާ ފަރާތުން އެދިގެން ނުވަތަ އެ ފަރާތް މަރުވުމުންނެވެ.

އެކަމަކު ގަވާއިދަށް މިއަދު ގެނެސް، އަމަލުކުރަން ފެށި އިސްލާހު ބުނާގޮތުން ފަޅު ރަށްތައް ދޫކުރުމާ ބެހޭގޮތުން ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ވަރުވާ އަށް ދޫކޮށްފައިވާ ރަށްތައް، އެ ގަވާއިދުގެ ދަށުން ދޫކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީ އަށް އަތުލެވިދާނެ އެވެ.

މިހާރު އަމަލުކުރާ ގަވާއިދު ބުނާގޮތުން ކުރީގެ ގަވާއިދުގެ ދަށުން ވަރުވާއަށް ދޫކުރި ރަށްތަކުގެ އެއްބަސްވުންތައް ދެމިއޮންނާނެ އެވެ. އެކަމަކު މިއަދު ގެނައި އިސްލާހުގެ ސަބަބުން އެއްބަސްވުމުގެ ޝަރުތަކާ ޚިލާފް ނުވިޔަސް އަދި ރަށް އަތުލަންޖެހޭ އެހެން ސަބަބެއް ނެތަސް އެފަދަ ރަށެއް އަތުލުމުގެ ބާރު ފިޝަރީޒް މިނިސްޓްރީ އަށް އޮންނާނެ އެވެ.

މީގެ އިތުރުން ޕާޓްނާޝިޕްތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ކައުންސިލްތަކަށް ވެސް ފަޅު ރަށްތައް ވަރުވާ އަށް ދެވޭ ގޮތަށް ކަމަށް މިއަދު ގެނައި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. ކުރިން އޮންނަ ގޮތުން ވަރުވާ އަށް ރަށް ދޫކުރެވެނީ 18 އަހަރު ފުރިފައިވާ މީހުންނާއި ކުންފުނިތަކާއި ޖަމްއިއްޔާތަކަށް އެކަންޏެވެ.

12 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 2%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

20 October 2016

ކޮންމެސް ވަރުގަދ ބޭފުޅަކު، މީހެއްގެ ރަށެއް ކަޓުވަލަން އުޅޭހެން ހާދަ ހިވެޔޭ

The name is already taken The name is available. Register?

އަހުމަދު

20 October 2016

ތިޔަ ބަދަލުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެއެވެ. ޕާޓީ ކުދިންނަށް ރަށްތައް ދިނުން އިތުރުވެގެން ދާނެއެވެ. މިރާއްޖޭގެ ހުރިހާކަމެއްހެން މިދަނީ ފަސާދައާއި ދިމާލަށެވެ.

The name is already taken The name is available. Register?

އަލީ ހާސިމް

20 October 2016

އިލްޔާސް އިބްރާހިމް އަތުން އަރިއަދޫ އަތުލަން ތަ ތި އުޅެނީ

The name is already taken The name is available. Register?

އަތޮޅުވާރު

20 October 2016

ފަޅުރަށްތަށް ބޭނުން ކުރެވެއްޖެހޭނީ އަތޮޅު ތަރައްގީއަށް

The name is already taken The name is available. Register?

ބަތްކައްކާ

20 October 2016

މަށަށްފެނޭ ހައިބަތު ބޮޑު އޯސަމް އެންޑް ފްލޯލެސް ސަރުކާރަށް މީހުންގެ ގޯތިނަގަންށާއި އިނދެގެން އުޅޭމީހާވެސް ބޭނުންވާއިރަކު ނެގޭނެ ގޮތަށް ގަވާއިދު މޮޑެން.

The name is already taken The name is available. Register?

އަޔަންމޭން

20 October 2016

އޯސަމް އެންޑް އޯލްވޭސް ވިކެޑް ސަރުކާރުން ތިކަންވެސް ކުރާނެހެން ހީވަނީ!!

The name is already taken The name is available. Register?

އަލްޖިބްރާ

19 October 2016

މިޤައުމު ބޭރުބަޔަކަށް ވިއްކާވެސް ލެވިދާނެ ؟ ލާރިލިބޭނެ ! ވިއްކާލަން ވީނު ؟

The name is already taken The name is available. Register?

އޮޅުވާލިވަޒީރު

19 October 2016

މާދަމާ މިގައުމު އެހެން ބަޔަކަށް ދެވޭގޮތަށް ހަދާފަ ނިންމާލާފަ ވެސް ދެން ފެއަށް ޖެހެންވެއްޖެ ނޫންތަ؟

The name is already taken The name is available. Register?

ބޫ

19 October 2016

ބަހާނެ އިތުރު ރަށެއް ނެތުނީމާ ބޭ އިންސާފުންވެސް އަތުލަނީދޯ؟

The name is already taken The name is available. Register?

modaf

19 October 2016

މިގައުމުގަ މިމީހުން އަތްނުބާނާ އެއްވެސް ކަމެއް ނެތް ދަރަޖަޔަށް ގޮއްސަ މިއޮތީ. ހުރިހާ ކަމެއް ގަޑުބަޑުކޮށް މުޅި ގައުމު އޮޅުންބޮޅުން ކޮއްފި. މުޅި ގައުމުގަ ގާއިމް ވެފަ އޮތް ސިސްޓަމް ޚަރާބު ކޮއްލައިފި.

The name is already taken The name is available. Register?

ބަކުރު އެންޑް ޒުބޭރް

19 October 2016

ދެން ހާދަ އޮޅުންބޮޅުން ބޮޑުވާނޭ. ދީފާ އޮތް ރަށެއްވެސް ކައުންސިލުން ދީފާނެ ބަޔަކަށް. އަނެއްކާ މިހާ ކަންކަން އޮޅޭ ޒަމާނެއްގާ މިހެންހެދީމާ ހައްތާހާ އޮޅޭނިއްޔެއްނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454