ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާ ސިނާން (ކ) އާއި މަންޑޭ.
19 އޮކްޓޯބަރ 2016 - 13:50
ދެ ފަހަރެއްގެ މަތިން ބާއްވަން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު މާދަމާރޭ ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.
މިދިޔަ ދެ ދައުރުގައި ރައީސްކަންކުރެއްވި އަހުމަދު ހާފިޒް މި ފަހަރު ވާދަނުކުރައްވާއިރު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ އެލްޓީ ސްޕޯޓްސް ކްލަބުގެ ފަރާތުން އަހުމަދު މަމްދޫހު (މަންޑޭ) އާއި ސައިކްލޯން ބީސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ކްލަބް އީގަލްސްގެ ފަރާތުން އަހުމަދު އާދަމެވެ.
ކުރީގެ މަޝްހޫރު ޑިފެންޑަރު ފަންތޮށި އަހުމަދު ނާޒިމްގެ ކޮއްކޮ މަންޑޭ އަކީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރަކްޓަރެވެ. އަހުމަދު އާދަމަކީ ކުރިން ބާސްކެޓްބޯޅަ ކުޅެ އަދި ކްލަބްތަކުގަައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ރައީސްގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ އަދި އެންމެ ބޮޑަށް ކެމްޕެއިން ކުރަމުން އަންނަނީ ވެސް ސިނާނާއި މަންޑޭ އެވެ.
ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ ކުޑަހެންވޭރު ޔުނައިޓެޑްގެ ހުސެއިން އާރިފް ރިޒާ އާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ހަސަން އިސްމާއިލް އެވެ. މީގެ ތެރެއިން އާރިފަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ. އަދި ހަސަން އަކީ ކުރިން ވިކްޓަރީއަށް ކޯޗުކޮށްދީ އަދި ކުޅިވަރު ހިންގުމާއި މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.
އެމްބީއޭގެ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އަދި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެންނެވެ. އެކަމަކު ފަހުން ހޯމް މިނިސްޓްރީން ވަނީ، އިތުރު ތިން މަސް ދުވަހަށް ދައުރު އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އިންތިހާބު ބޭއްވުމަކީ ފަސޭހަކަމަކަށް ނުވާނެތީ، އެސޯސިއޭޝަނުން އިންތިހާބު ބާއްވައި ދިނުމަށް އޮލިމްޕިކް ކޮމިޓީގައި އެންމެ ފަހުން އެދުނީ އެވެ. އެމްބީއޭގެ އިންތިހާބު ބާއްވަނީ އެ އިންތިހާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދު
20 October 2016
ކުޅިވަރު ސިޔާސީ ކޮށް ނިމިއްޖެ އެވެ. ސިޔާސީ މި ވަބާވެރިކަމުން މި ގައުމު ސަލާމަތް ކުރައްވާން ދޭވެ.
Parents
19 October 2016
ބާސްކެޓް ކުރިއަރުވަން ބޭނުންނަމަ ސިނާން ، ބާސްކެޓް ކުރިއަރުވަން ބޭނުން ނުވަނީނަމަ މަންޑޭ .މަންޑޭ ހޮވިއްޖެނަމަ ކަންތައް ވާނެ ގޮތް ފެންނާނީ މީގެ 12 އަހަރުކުރިން ވީގޮތް ،އަމިއްލަ އެދުމާއި ވަކިބަޔަކު މަގާމް ތަކައް އައްޔަންކޮއް ، ވަކިބަޔައް މޮޅުހޯދަ ދޭން މަސައްކަތް ކުރާ މަންޒަރު
ހެންވޭރު
19 October 2016
އަޅެހަމަ މަޖުލީހުގަ ކަމެއްނެތީތަ؟ ފެންނަ ކޮންމެ ތަނަކުން ރައީސްކަމާމިކުރިމަތިލަނީ. އަހަރުމެން ގޭ ކަންމަތީ ތިބި ކުދިންކޮޅަށްވެސް ރައީސަކު ބޭނުން ވެގެން އެބައުޅެ. އަންނަންވީނު.
އިހުސާން
19 October 2016
އެލްޓީ ސްޕޯޓްސް ގެ ހުރިހާ ކުދިންު ބުނާ އަޑު އިވޭ މަންޑޭ އަކީ އެލްޓީ ސްޕޯޓްސް އާ ގުޅުން ހުރި މީހެއް ނޫނޭވެސް. މިވާނުވާ އެއް ނޭގުނު. ޥޯޓު ލީމަ އެނގޭނީ ދޯ. ބާސްކެޓްބޯލް ވެސް ސިޔާސީ ވީ ދޯ.
ޢަދުހަމް
19 October 2016
ތިދެން ސިނާންގެެ އެއްޗެއް. ތި މަންޑޭ އަކީ ހާކާލި ބުރުވާލި އެއް. މިފަހަރު ތި މަންޑޭ ގެ ވަޒީފާ ގަޑުވެސް ތިދިޔައީ.
ކެންޓޭ
19 October 2016
ޕަކާޒް... ސިނާން މެންނައް ޕްރޮކްސީ ފޯމް ގަނޑު ނުލެވުނުން ވަގުތު ޖެހުނު އިރުވެސް.. ހާކާލާފައި ބުރުވާލެވިޖެއެންނުން!!އަދުހަމް ލޮލް!!