ކޮވިޑް-19 ފެތުރޭތީ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުން ހުއްޓައިލުމަށް ފަހު އަލުން ފެށި އިރު ފުރަތަމަ ބޭެއްވި ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގެ މުވައްޒަފަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި.
17 ޖޫން 2020 - 18:50
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓވް ވެފައި ވިޔަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.
މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ މެއިންޓެނެންސް ޔުނިޓްގެ މުވައްްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އެ ފިޔަވަޅުތަަކަށް ފަހު މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށެވެ. އެގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ޑިސްއިންފެކްޓް ކުރުމެވެ.
މަޖިލީހުގެ އިދާރާ އިން އެ ތަނުގެ މުވައްޒަފުންނަށް އަންގާފައިވާ ގޮތުގައި، އެ މުވައްޒަފު އެންމެ ފަހުން އޮފީހަށް ހާޒިރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އެހެންވެ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް އޭނާއާ ބައްދަލުވި އެންމެން އެޗްއާރު ޑިޕާޓްމަންޓަށް އެކަން އެންގުމަށް މިހާރު ވަނީ އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުން
— People's Majlis (@mvpeoplesmajlis) June 17, 2020
ނޫސްބަޔާން:https://t.co/mFk8CERctG pic.twitter.com/JVkAIGt4Xw
"...މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށި އިރު ވެސް މިފަދަކަމެއް މެދުވެރިވެދާނެކަމަށް ބަލައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އެޅިފަ އެވެ. އަދި ރޯގާއާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން، އެހެން ނަމަވެސް މަޖިލީހުގެ މަސައްކަަަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އަމާޒެކެވެ،" ބަޔާނުގައި ބުންޏެވެ.
ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ރައްކާތެެރިކަމުގެ ފިޔަަވަޅުތަކާ އެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ބާއްވަމުން އައީ ވާޗުއަލްކޮށެވެ. އެކަމަކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ ލޮކްޑައުންއަށް ލުއި ދިނުމުގެ ކުރިން މިދިޔަ މަހުގެ 26 ގަ އެވެ. އޭރު ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނުލިބެނީހެވެ. އެކަަމަކު އެދުވަހު ބޭއްވި ޖަލްސާއަށް ދާން މެމްބަރުންނަށް ވަކި ވަކިން ހުއްދަ ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލަމިންޖާ
20 June 2020
ފިލްޒާ ގެ ބޭނުމެއް ނެތެއްނު
ހަސަދު
18 June 2020
މަޖުލިހުގައި ހުރީ އެހާ އާޖަންޓު ކަންކަންބާ!!. މިހާލަތު ނިމެންދެން މަޑުކޮށް ނުލެވެނީ ކީއްވެބާ!!. ފަހަރުގައި ތިމާގެ މޮޅުކަން ދައްކަން ކުރާ ކަމެއްބާ!!.
ޢުދުހޭ ހުދުހުދު
18 June 2020
ތިތާ ތިބި އެންމެންގެ ސިކުޑި ޑިސްއިންފެކްޓް ކުރަން ވީ.. ރައްޔިތުން ހަނާވަނީ.. އަމީރު 12 ބިލިއަން ލޮލް
އެމްސް
18 June 2020
ޑްރާމާތަކަށް ކުރާ އިސްރާފް ހުއްޓާ! މެމްބަރުންގެ މުސާރައާއި އެލަވަންސް، ޙާލަތާއި އެއްވަރަށް ކުޑަކުރޭ! ރަޢިއްޔަތުން ގަޔަކު ނެތް ތިހާޚަރަދުބޮޑު މަޖިލިހެއް ގެންގުޅުމުގެ ތަނަވަސްކަމެއް، އެހެނީ ރަޢިއްޔަތުން ތިބީ ވަރަށްނިކަމެތި ޙާލަތުގަ!
ޢާޗާ
18 June 2020
އެހެންވިއްޔާ ތިތާ އެތެރޭގައި ތިބެންވާނީ ، ޤާނޫނުން ވަކިބަޔަކު އިސްތިސްނާ ނުވާނެ
ދޫނި
18 June 2020
މިރާއްޖޭގަ ރައީސުލު ޖުމްހޫރިއްޔާވުރެ މަޖިލިހުގެ ރައީސް ބަސް ގަދަވެއްޖެ. އެޗްފީއޭގެ އަމުރުތަކާއި ހިލާފަށް މަޖިލިސް ބާންވައި ނާޗަރަށްގީ ކުޅެފަ ނުވިތާކަށް މީހަކު ފޮޒިޓިވް ވީމަ ވެސް އަމިންލަ އެޖެންޑާ ހާސިލު ކުރަށް މަޖިލިސް ބާންވަން މި އުޅެނި.
ްއަދުރޭ
18 June 2020
ކޮވިޑާއެކު ދިރިއުޅެންޖެހޭ
މަޖިލިސް
18 June 2020
މމމމ މަޖިލިސް މީ މިވަގުތައް ރާއްޖެއަށް ބޭނުންތަނެއްނޫން...ސަރުކާރު ހިންގަން އިތުރު އުނދަގުލެއް ތިގުރޫޕާހެދި. ރައީސް އެތަން އުވާލަބަލަ އަވަހަށް އިތުރު ގޯސްތަކެއް ނުހަދަނިސް. ރައީސް އައް ވެސް ނުރައްކާ އިނގޭތޯ.....ވިސްނަވާ..
ބޮޑުމީހާ
18 June 2020
ނަމޫނާ ދެއްކުމުގެ ކަންފުޅެއްވެސް ނެތް. ތިތަން ހަތަރުދަމު ހުޅުވައިގެން ކުރާ މަސައްކަތެއްްގެ ރާހަތެއް ރައްޔިތުންނަށް ނުކުރޭ
ޒަބަރުދަސް
17 June 2020
އެއްވެސް ރަށެއް ގެއެއް އޮފީހެއް ދެން މޮނިޓަރިންގ އަށް ލައިގެން ނުވާނެ. ވަކިމީހަކަށް ވަކިގޮތް ހަދައިގެން ނުވާނެ.