ކުޅިވަރު / އަލީ އަޝްފާގު (ދަގަނޑޭ)

އޭއެފްސީ ކަޕުގެ އެންމެ މަގުބޫލު ސޯލޯ ގޯލަކީ ދަގަނޑޭގެ ލަނޑު!

ދަގަނޑޭ ގައުމީ ޓީމަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) 2013 ވަނަ އަހަރުގެ މުބާރާތުގައި ޖެހި ގޯލެއް ހޮވިއްޖެ އެވެ.

އެއީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ މާޗު 12 ގައި އިންޑޮނީޝިއާގެ ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ.

ކުޅުންތެރިން އަމިއްލަ މަސައްކަތުން ޖެހި ފާހަގަކޮށްލެވޭ ފަސް ގޯލާ އެކު އޭއެފްސީގެ ވެބްސައިޓުގައި ހުޅުވާލި ޕޯލްގައި ދަގަނޑޭގެ ގޯލަށް 54 ޕަސެންޓް ވޯޓް ލިބުނެވެ. ޕޯލްގެ ދެ ވަނަ އަށް ދިޔައީ 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ އިންޑިއާ ފޯވާޑް ބަލްވަތު ސިންގް ޖެހި ގޯލެވެ. އޭނާގެ ގޯލަށް 22 ޕަސެންޓް ވޯޓް ލިބުނެވެ.

ލިސްޓުގެ ތިން ވަނަ އަކީ އިންޑޮނީޝިއާގެ ޕަރްސިޕޫރާ ޖަޔަޕޫރާގެ އިންޑޮނީޝިއާ ފޯވާޑް ބޯޒް ސޮލޯސާ 2015 ގައި ޖެހި ގޯލެވެ. އެއީ 17 ޕަސެންޓެވެ. ކުވޭތު އެފްސީގެ ލުބްނާން މިފީލްޑަރު މުހައްމަދު ހައިދަރު 2013 ގައި ޖެހި ގޯލް ހަ ޕަސެންޓާ އެކު ހަތަރު ވަނަ އަށް ދިޔައިރު ފުލުގައި އޮތީ 2018 ވަނަ އަހަރު މިޔަންމާގެ ޔަންޔޮން ޔުނައިޓެޑުގެ ނައިޖީރިއާގެ އެމެނުއަލް އުޒޮޗުކްވޫ ޖެހި ގޯލެވެ. އޭނާ އަށް ލިބުނީ އެންމެ ޕަސެންޓެކެވެ.

ދަގަނޑޭ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަގަނޑޭގެ ގޯލަށް ވޯޓް ހޯދައިދޭން، ބައެއް ރަސްމީ މީޑިއާތަކުންނާއި، ސޯޝަލް މީޑިއާ ޕޭޖްތަކުން އަދި ފުޓްބޯޅަ ސަޕޯޓަރުން ކެމްޕެއިންކޮށްދިނެވެ.

"އޭއެފްސީ ކަޕުގައި ފުރަތަމަ ގޯލް 2005 ވަނަ އަހަރު ޖެހި، އަދި މިއަދާ ހަމަޔަށް ވެސް، ދެގޮތެއް ނުވެ ކުރިއަށްދާ، ދިވެހިރާއްޖޭގެ ސުޕަސްޓާ އަލީ އަޝްފާގް އޭއެފްސީ ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ލިސްޓުގައި ހިމެނެ އެވެ،" އެ ގޯލަކީ ދަގަނޑޭ އެ މުުބާރާތުގައި ޖެހި އެންމެ މޮޅު އެއް ގޯލްކަން ފާހަގަކުރަން އޭއެފްސީގެ ވެބްސައިޓުގައި ލިޔެފައިވެ އެވެ.

އެ ގޯލް ސިފަކޮށްދެމުން އެ ވެބްސައިޓުގައި ލިޔެފައިވާ ގޮތުގައި ޕާސިބޯގެ ގޯލްކީޕަރު ކީޕަރު ކައިރިން ދަގަނޑޭ ނައްޓާލުމުން އޭނާ އަށް ފަސޭހައިން އެ ބޯޅަ ގޯލަށް ވައްދާލެވެން އޮތްހެން ހީވި ކަމަށެވެ. އެކަމަކު ދަގަނޑޭގެ ހުރީ ފެންނަ ފެނުމަށް، އިންޑޮނީޝިއާ ދިފާއީ ކުޅުންތެރިން ހާސްކޮށްލުމުގެ ނިޔަތް ކަމަށާއި އެގޮތުން ގޯލުގެ މެދަށް އެ ބޯޅަ ހަމަޖެހިލާފައި އަމާޒުކޮށްލުމުގެ ކުރިން އޭނާ އިންޑޮނީޝިއާގެ ދިފާއީ ކުޅުންތެރިން ދެކޮޅަށް ތަޅުވާލިކަމަށް ލިޔެފައިވެ އެވެ.

އިންޑޮނީޝިއާގެ ސުރަކަރްޓާގައި ބޯވާރޭގެ ތެރޭގައި ކުޅުނު އެ މެޗުގައި މުހައްމަދު އުމެއިރަށް މެދުތެރެއިން އެ ބޯޅަ ލިބުމާ، ދަގަނޑޭ، އޭނާ އަށް ލޯ އަޅަމުން ދިޔަ ޕާސިބޯގެ ޑިފެންޑަރު، ކައިރިން ކުރިއަށް ދެމިގަތުމާ ދެމެދު ސިކުންތެއް ވެސް ނުހިނގަ އެވެ. އެއާ އެކު އުމެއިރު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ދަގަނޑޭ އަށް ބޯޅަ ފޯރުކޮށްދިނީ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ބޮޑު އޭރިއާ މަތިން ކީޕަރު ކައިރިން ދެމި ގަތް ވަގުތު، އޭނާ ފަހަތުން އައި ޑިފެންޑަރު ދަގަނޑޭ ކުރިއަށް އަރައި ޖާގަ ބައްދާލި އެވެ. ދަގަނޑޭ ފަސޭހަކަމާ އެކު އޭނާ ކައިރިން ނައްޓާލައި ގޯލަށް ބޯޅަ ފޮނުވާލަނެ ޖާގަ ހޯދި އެވެ. އެކަމަކު، އޭރު އަނެއްކާ ވެސް ކީޕަރު އަރާ ހުރުމާ އެކު ދަގަނޑޭ މަޑުމަޑުން އަރިމައްޗަށް ޖެހެންޖެހުމުން ގޮސް ކީޕަރަށް އޮޅުވާލައި އޭނާ ލައްވާ ޑައިވެއްކުރުވި އެވެ. އަދި މިސްރާބު ބަދަލުކޮށްލައި ރަނގަޅަށް ވާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލައި ގޯލުގައި ބޯޅަ ތަތްކޮށްލީ، ތިން ފަހަރަށް ތެދުވި ކީޕަރަށާއި ގޯލް ރޮނގު ބަލަހައްޓަން އެރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ދަގަނޑޭ (ކ) އާއި އުމެއިރު ގައުމީ ޓީމުގެ ޕްރެކްޓިހުގައި: ދަގަނޑޭ އެ ގޯލް ޖެހީ އުމެއިރު ދިން ޕާހަކުން އުފެއްދި ހަމަލައެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޭޑްމާކް ގޯލެކެވެ. އޭނާ އެންމެ ގަޔާވާނީ، ބޯޅައާ އެކު ކުރިއަށް އަރާނެ ޖާގަ އޮއްވާ، މެދުތެރެއިން ތިރިން ދޭ ބޯޅަތަކެވެ. އެފަދަ ބޯޅައެއް އޭނާގެ ފަޔަށް އެރުމާ އެކު ޑިފެންޑަރުން ކައިރިން ދެމިލައި، ކީޕަރު ކައިރިން ވެސް ނައްޓާލައި އެތައް ބޯޅައެއް ގޯލަށް ވައްދާލާފައި އެބަހުއްޓެވެ. ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާގެ އިންޑިވިޖުއަލް ހުނަރު އެންމެ ފާހަގަކުރެވުނީ، 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އޭރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އައި ޕާކިސްތާނުގެ ޑިފެންޑަރު ޒޭޝް ރެހްމާން ކައިރީ ކުޅެލި ގޮތުންނެވެ.

ޕާސިބޯ ކޮޅަށް އިންޑޮނީޝިއާގައި ފަސް ގޯލް ޖެހުމަށް ފަހު މާލޭގައި ޕާސިބޯ އަތުން 6-1 އިން މޮޅުވި މެޗުގައި ދަގަނޑޭ ތިން ގޯލް ޖެހި އެވެ. އެއީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޗެއާމަންކަމުގެ ދަށުގައި، ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފްގެ ކޯޗުކަމުގައި ނިއު ކުޅެ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ފަހަރެވެ. އަދި އެ އަހަރު ރާއްޖޭގެ ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ހޯދައި ރާއްޖޭގެ ރެކޯޑެއް ވެސް ގާއިމްކުރި އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއް ވަނަ އަށް އަރަން ދަގަނޑޭ އަށް ބޭނުންވަނީ ހަ ގޯލެވެ. މި ސީޒަނުގެ އޭއެފްސީ ކަޕުގައި ދަގަނޑޭ ހިމެނޭ ޓީސީ ސްޕޯޓްސް ކްލަބް ގްރޫޕް ސްޓޭޖުގައި އޮތުމުން އެ ފުރުސަތު އެބައޮތެވެ.

ފުޓްބޯޅަ ކެރިއަރު އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ފެށި ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގެ ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ. ދަގަނޑޭ 20 ގޯލް ޖަހާފައިވާއިރު އެންމެ ގާތުގައި އޮތް އިންޑިއާގެ ސުނިލް ޗެތުރީ އަށް ޖެހިފައިވަނީ ވެސް 13 ގޯލެވެ. ރާއްޖޭގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހަދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފަ އެވެ.

7 ކޮމެންޓް, 75 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަގަނޑޭ ގެ ސަޕޯޓަރ

21 June 2020

އަދިވެސް ދަގަނޑޭ ވަރެއް ނެތް..

The name is already taken The name is available. Register?

މުޑަހަންޖާ

18 June 2020

ދުނިޔެއިން ހޮވާލެވުނު އެންމެ މޮޅު އިގުތިސޯދީ މާހިރަކީވެސް ދިވެއްސެކޭ ކިޔާއުޅެނީ.

The name is already taken The name is available. Register?

އުދުހޭމުފީދު

18 June 2020

ތިޔާއީ ހަމަ ބެސްޓް އެވަރ އިން ދަ މޯލްޑިވްސް.

The name is already taken The name is available. Register?

ސަސި

18 June 2020

މަރުހަބާ ދަގަޑޭ. މޭންއެކޭ

The name is already taken The name is available. Register?

ބޭގަމް

18 June 2020

މަރުހަބާ ރާއްޖޭގެ ސުޕަސްޓާރ. ރާއްޖޭގެ ކޯޗަކަށް ސެގަޓު ނޫން މީހަކު ހުރިނަމަ ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖެހި އެކްޓިވް ކުޅުންތެރިއަކްވެސް ހުރީހީ ދަގަނޑޭ. ރޯނު އެދުރެެއްއައިސް ދަގޭ އާ ޒާތީވެ 2 އަހަރުވަންދެންބޭރު ކުރީމަވެސް އަދިވެސް ގަދަ 5 ގައި ދަގޭ ހިމެނޭ

The name is already taken The name is available. Register?

މޯޑް

18 June 2020

ނިއުގެ ޖޯޒީގަ އިން ފުޓޯއިން ނުލިބުނީތަ ޖަހާލަށް. ހަބަރާއި ގުޅޭނި ނިއުގެ ޖޯޒީގަ ދަގޭ އިން ފޯޓޯ އެއް ޖެހިނަމަ. މަރުހަބާ ދަގޭ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

18 June 2020

މަރުހަބާ އަލީ އަޝްފާގް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454