ރޭގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.
25 ޖޫން 2020 - 12:13
ޓެކްސް ފިޔަަވައި އެހެން ފައިސާއެއް ނެގުމުގެ ބާރު މީރާ އަަށް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވިޔަސް ޓޫރިޒަމްގެ ފީތައް ޓޫރިޒަމް މިނިސްޓްރީ އަށް ބަލައިގަންނަން އެދިވަޑައިނުގަންނަވާ ކަމަށް ޓޫރިޒަމްް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަަރޭޝަން ސެންޓަރުގައި ރޭ ބޭއްވީ މީޑިއާ ބްރީފިންގައި "މިހާރު"ން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޓޫރިޒަމް ދާއިރާގެ ފީތައްް ނަގާނެ ގޮތަކާ މެދު އެޓާނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީ އަދި މީރާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އަށް ފައިސާ ޖަމާކުރުމަކީ ކުރައްވަން އެންމެ އެދިވަޑައި ނުގަންނަވާ އެއް ކަންތަކެވެ. ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި އޭނާ ހުންނަވާތާ މިވީ ދޮޅުއަހަރެެއްހާ ދުވަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް އެއްވެސް ފައިސާއެއް ބަލައިގެންފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ އަދި އަޅުގަނޑު ޔަގީންކުރާ ހިތްވަނީ ޓޫރިޒަމް މިނިސްޓްރީން އެއްވެސް ފައިސާއެއް ޖަމާކުރަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ އޮފީހުގައި އެބަ އިން ދެ ތިޖޫރީ. އޭގައި މިހާރު އަޅުގަނޑަށް އެނގިގެން ހުރީ ދުފާ އެއްޗިހި،" މިނިސްޓްރީން ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޔަގީން ދެއްވުމުގެ ގޮތުން އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ އެެމްއެމްޕީއާރުސީ ގުޅިގެން ރައްތައް ދޫކޮށް ފައިސާ ނެގުމުގެ ކަންތައް ކުރިން ކޮށްފައިވާ ގޮތަށް މިހާރު ނުހިނގާނެ ކަމަށެވެ. ކުރިން ކަންތައް ކުރި ގޮތް ކަމަށް އޭނާ އެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑުު ހިޔާނާތުގެ ވާހަކަ ކަމަށް ބެލެވެ އެވެ. ވިދާޅުވީ މާކެޓިން ކުންފުންޏާ މިނިސްޓްރީއާ ދެމެދު މިހާރު އެފަދަ މުއާމަލާތްތައް ނުހިނގާ ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ އަދި އަޅުގަނޑު ޔަގީންކުރާ ހިތްވަނީ ޓޫރިޒަމް މިނިސްޓްރީން އެއްވެސް ފައިސާއެއް ޖަމާކުރަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ އޮފީހުގައި އެބަ އިން ދެ ތިޖޫރީ. އޭގައި މިހާރު އަޅުގަނޑަށް އެނގިގެން ހުރީ ދުފާ އެއްޗިހި-- އަލީ ވަހީދު
"އޭރު އެމްއެމްޕީއާރުސީއާ ޓޫރިޒަމާ ވަރަށް ގުޅިލާމެހިފައި އޮންނަނީ ރަށްތައް ދޫކުރުމާ ކަންކަމުގައި. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އާ ސަރުކާރުން ރައީސް މެންޑޭޓް ކަނޑައެޅުއްވި އިރު އެ މެންޑޭޓްތައް އޮތް ގޮތާއި އަދި މިހާރު މާކެޓިން ކުންފުންޏާއި މިނިސްޓްރީ މި ތަރުތީބުވެފައި އޮތް ގޮތުގައި އެކަހަލަ އެއްވެސް ކަމެއް މި ދެ އެޖެންސީ ދޭތެރޭގައި ހިނގަމަކުން ނުދާނެ،" އަލީ ވިދާޅުވި އެވެ.
ޓެކްސް ނެގުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެކު ދައުލަތަށް ދައްކަން ޖެހޭ ވަރަށް ގިނަ ފީތައް ދެއްކޭނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މީރާއާ ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހަަޅާފައިވާ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުން ގާނޫނުތަކުގައި ބަޔާން ކުރާ ޓެކްސްތައް ފިޔަވައި އެއްވެސް ފީއެއް ނެގުމަކީ މީރާގެ މަސްއޫލިއްޔަތެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލސް
25 June 2020
އަލީ ވަހީދު ނޫސް ކިޔާލަބަލަ.. ތީ ޔާމީނު 2015ވަނަ އަހަރު އަދީބު ބަންދު ކުރިފަހުން ހެދި ގާނޫނަކުން ގެނައި ބަދަލެއް.. ދޮގާ މަކަރާ ހީލަތައް ނަން ބަދަލު ކުރޭ...
ހަޑިގިއްލާ
25 June 2020
ފައިސާނަގަންވީނޫންތޯ ކުނޫޒުގަ..އޭރުން ކަލޭމެން ހިތްފުރި ސޭޓުބޭވެސް ވެރިކަމާނުތޮޅެ ދުރުގަ ހުރެދހާނެ
ބޮޑުމީހާ
25 June 2020
ކޯޓުގެ ހުކުމްގަ ކުރުކޮށް ބުނަނީ ޓެކްސް ފައިސާފިޔަވައި ދިވެހި ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެޔޭ
އެސްކޮބާރ
25 June 2020
މިނިސްޓްރީގެ ތިޖޫރީގައި ދުފާ އެއްޗެހި ހުއްޓަސް ރިސޯޓެއްގެ ކަމަކު ތި މިނިސްޓްރީއަށް ދާ ބޭރުގެ އިންވެސްޓަރެއް އިތުރު ފައިސާތަކެއް ކޮންމެވެސް ފަރާތްތަކަކަށް ނުދައްކާ މިނިސްޓްރީގެ ދޮރުން އަލުން ބޭރަށް ވެސް ނުނިކުމެވޭ ކަމުގެ އަޑުތައް ވަރަށް ގިނައިން އެބަ އިވޭ
މުޑަހަންޖާ
25 June 2020
ކުރީގެ މީސްމީހުން ތިތަންތާ އަދިވެސް ތިބީ، ގޮތެއްނޭނގޭނެ، ދުފާއެއްޗިހިވެސް ހުންނަންވާނީ ތިޖޫރީއަށްލާ ތަޅުލާފަ.
ފާރިހަތު ޖަލީލު
25 June 2020
އަލީގެ ހުޅުމާލެ ގޯއްޗަކީ ކިހިނެއްހޯދި ތަނެއްތޯ؟ :)
ބާނު
25 June 2020
ކިއްލި ވިއްކައިގެން ހޯދި ކަމަށް ކިޔާތީ ތިޖޫރީގައި ދުފާއެއްޗެހި ހުރުމުން ހައިރާންވާކަށް ނުޖެހޭތާ.
މީރާ ކަޑަވެގެން
25 June 2020
ބަލަކޫ، ކޯޓުންބުނީ ގާނޫނެއްގަ ނެތިއްޔާ އެއްބަސްވުމެއްގެ ދަށުން މީރާއަށް ފައިސާ ބަލައިގަނެވިދާނެއޭ، އެކަމު އެއީ އެމީހުންގެ ގާނޫނީ ޒިންމާއެއްނޫނޭ. ދެން ބުނީ ފައިސާ ބަލައިގަތުމަކުން އެފައިސާއާ ގުޅިގެން މީރާއަކަށް ދައުވާއެއް ނުކުރެވޭނެޔޭ ޓެކުސް ނޫނީއްޔަކާ. ދަޢުވާކުރަންޖެހޭނީ އެއްބަސްވުންވީ އަނެއް ފަރާތޭ. މީރާއެއް ނޫނޭ. ރިސޯޓުކުލި ދައްކަންވީ މީރާއަށޭ ބުނަނީ ގަވާއިދުގަ. އެހެންވީމަ މީރާއަށް ރިސޯޓުކުލި ދެއްކޭނެ. މީރާ ކަންދައްކަންވެގެން ބޮޑާޖަހަނީދޯ!
ވިސްނޭ..
25 June 2020
އަނެއްކާވެސް ލާރިތަކެއް ކާލާނެ މޮޅުގޮތެއް ހަދާލީ ދެއްތޯ..ބޮޑެތި މީހުންގެ ޖޫރި މަނާތައް ނުދައްކާވޭތޯ ގޮތެއް ނިން މާލީ...ސާބަސް..
ޟާސް
25 June 2020
އަދީބް ވާނީ ދަސްކުރާ ކުއްޖަކަށް އަލީ ވަހީދު ކައިރީ. ފާއިސާގެ މަންފާ ހޯދުމުގައި. ދުނިޔޭގެ ޓުއަރިޒަމް އިނދެޖެހިފައި އޮއްވާ ރިޒޯރޓު ހަދަން ރައްތަށް ހުޅުވާލާނީ ހާދަހާވާ ފައިދާއެއް އެނގޭތީތާ. އަލީ ގަދަ. އަދީބު ކުރި ކަންތަށް ފަޅާ އެރިތާ. އަލީ ހަދާ ނަހަދާއެއްވެސް ނޭނގޭނެ.
ހުސޭމް1
25 June 2020
އަދީބް ވެސް ޓުއަރިސަމް މިނިސްޓްރީން ފައިސާ ބަލައި ނުގަނޭ. އަދި ކިރިޔާ މިއެނގުނީ ކޯޓުގެ ނިންމުމުގެ ނަތީޖާ. މީރާއަށް ނުވަންނަންޔާ ފައިސާގެ ވަސްވެސް ނުދުވާ ވަޔަށް އަރައިގެން ގޮސް ގެއްލޭނެ.