އޭޑީބީ: އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފައި
27 ޖޫން 2020 - 09:38
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.
އޭޑީބީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދޭން ނިންމީ 25 މިލިއަން ޑޮލަރުގެ ލޯނަކާއި 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަމަށެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން ކަނޑައެޅި 20 ބިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ތެރެއިން ދޭ އެހީއެއް ކަމަށް ވެސް އޭޑީބީން ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން އެ އެހީގެ ސަބަބުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމް ގާއިމްކޮށް، ޓެސްޓް ކުރެވޭ މިންވަރު ދުވާލަކު 800 އަށް އިތުރު ކުރުމާ އެކު ފަރުވާ ދެވޭނެ އިތުރު ވަސީލަތްތައް ގާއިމްކުރެވޭނެ އެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީވާން ސަރުކާރުން ހިންގާ ޕްރޮގްރާމަށް ވެސް އޭގެ ސަބަބުން އިތުރު އެހީތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން އޭޑީބީން ވަނީ ކޮވިޑް-19 އާ ގުޅިގެން 500،000 ޑޮލަރުގެ ހިިލޭ އެހީއެއް ރާއްޖެއަށް ދީފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓި، ރިސޯޓްތައް ބަންދު ކުރުމުން އިިގްތިސާދަށް އޭގެ ނުބައި އަސަރުކޮށް، ދައުލަތުުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެހެންވެ، ބޭރުގެ މާލީ އިދާރާތަކުގެ ހިލޭ އެހީ އާއި ލޯނު ހޯދަން ރާއްޖެއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ އުޘްމަަން އަބްދުއްރަޙްމާން
27 June 2020
ބަލަ މިވެރިކަމުގައި މި ނުވޭތަ ދަރަނީގެ ދަންތުރަ އަކަށް ދައުލަތުގެ ދަރަނި ބޮޑެއް ނުވޭތަ ، ރައްޔިތުންގެ ތެރޭން ބައެއް މީހުން އަދިވެސް ޕާޓީތަކަށް ސަޕޯރޓުކޮށް ޕާޓީ މީހުން ވަރެެއް ނެތިގެން އުޅޭ.
ކަކުނިބޯ
28 June 2020
25 މިލިޔަން ހިލޭދިނު މަށްފަހު 25 މިލިޔަން ދަރަނި ދިނީ މާ ދަރަނީގެދަންތުރަޔަކަށް ވާނެ އެއްވެސްގޮތެއްނޯންނާނެ ސަބަބަކީ ދަރަނި އަދި އެސެޓްސް ގެ ނިސްބތް ހުންނާނީ ކުރިންވެސް ހުރިވަރުގައި. ނިސްބަތުން ދަރަނި އިތުރެއްނުވާނެ ރިކަވަރީ އަވަސްއަވާނެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގު ފަހިވާނެ . މީހަކު އެއްޗެކޭބުނީމާ އަދި އެއްޗެކޭކިޔަކަސް ތާކުން ތާކު ނުޖިހޭނެ އެގޭ މީހުން ބުނާނެ މޮޔައެކޭމ
ފަން
27 June 2020
މިސަރުކާރުގަ ތިޖޫރީ ފޫގޮއްސަ ހުންނަނީ. ގައުމަށް ދޭހާ ލޯނު ވަންނަތަނެއް ރައްޔިތުންނަކަށް ނޭނގޭ.
ފިޔަވަޅު
27 June 2020
ވަރަށް އުފާވެފަ ތިބޭނީ މިހާރު . ބަހާލަން ލާރިކޮޅެއް ލިބޭތީ
ބޮޑުމީހާ
27 June 2020
މަބްރޫކު ނޫސްކޮންފަރެންސްގަ ބުނޭ ރާއްޖޭގެ މިހާރު ޓެސްޓިން ކެޕާސިޓީއަކީ ދުވާލަކު 1000 ކަމަށް. އޭޑީބީ ލޯނު މިނަގަނީ 800 އިތުރުކުރަން. އަދަދުތައް ދިމަލެއް ނުވޭ
މުދިމު ކަތީބު
27 June 2020
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމް ގާއިމްކުރެވެން ނެތީކީނޫން ކުރަން ބޭނުންމެއްނޫން... އިދިކޮޅު ޕާޓީ އެއްކޮޅު ޕާޓީ މަސްހުނި ރިޔާސީ ނިޒާމެއްގައި ރައީސުލް ޖުމްހުރިއްޔާ ގެ މަގާމަކީ ސޭންޑްވިޗް މެދުގައި އޮންނަ ގުންބަޅައިގެ މަގާމު .
ހެމާ
27 June 2020
ސާބަހޭ އިނގޭތޯ ސަރުކާރު ހިންގަން ތިބި ބޭފުޅުން ނޭ ، ގައުމު އިނދަޖެހެންދެން ލޯނު ހޯދާތި ، ކޮރޯނާނަމުގަ ކިހާދެރަކމެއް ދޯ މީ
ސަރީފު އަލީ
27 June 2020
ލޯނު ނެގުނު އަދަދެއް ނޭގޭ...ހަމަ ޔަގީނުންވެސް 300 މިލިއަނަށް ވުރެ ގިނައިން ވޭތިވެތިޔަ 5 މަހު ލޯނު ގަނައިފި...ދެރަކަމަކީ ސީދާ ރައްޔިތުން މި 300 މިލިއަން ޑޮލަރުން ލިބުން ފައިދާ އަކީ ކޮބައިތޯ....ހުރިހާ ލާރި އެއް ޕާޓީން ސަޕޯޓް ކުރާ ކޮންޓެކްޓަރުން ދީ ހުސްކުރީ މާ ކަމަކު ނުދާ ވާހަކަ ދަންނަވަން..
ޝޮކްތެރަޕީ
27 June 2020
މިހާތަނައް ސަރުކާރަކައް ނުލިބޭ ލޯނު މިސަރުކާރަ ލިބިއްޖެ. އެލޯނު ތަކައް ހަދަނީ ކިހިނެއްކަމެ ގޭނެ؟
ބޭބެ1
27 June 2020
ލޯނު މައްޗަށް ލޯނު ވާކަ މެއް ނެތް
ނިރު
27 June 2020
ތިނަގާ ލޯނުތަކަށް ހަދާނަހަދާއެއްނޭގެ... ޤައުމުދަރާ ވިކިހުސްވަނީ މިއޮތް