27 ޖޫން 2020 - 22:01
ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ދެ ފިރިހެނުން ދޫކޮށްލާފައި ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓޭ ވަރުގެ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު އެ ދެ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލާގައި ބިދޭސީއަކާ މެދު އެފަދަ އަމަލެއް ހިންގާފައިވާތީ އިދިކޮޅުން ބުނީ ރާއްޖޭގައި ތިބޭ ޓޫރިސްޓުންނާ ދޭތެރޭ އެފަދަ ކަންކަން ހިނގުމަކީ ޓޫރިޒަމް ދާއިރާ އަށް ވެސް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އިދިކޮޅުން ބުނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަކީ އެންމެ ނުބައި މުޖުރިމުން ކަމަށް ވާއިރު އެފަދަ މީހުންނަށް އަދަބު ދިނުމުގައި ވަކި އާއިލާއަކަށް އަދި މަގާމަކަށް ބެލުމެއް ނެތި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށެވެ.
ކޯލިޝަނުން ބުނީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް ގިނަ ވުމަކީ ކޯލިޝަނުން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަންކަން ހުއްޓުވޭނީ ތަހުގީގީ އިދާރާތަކާއި ގާނޫނު ތަންފީޒްކުރާ އިދާރާތާއް ވެސް ހިމެނޭހެން ކަމާ ބެހޭ ހުރިހާ ފަރާތެއް ފުރިހަމަ އަށް ޒިންމާ ނަގައިގެން ކަމަށް ބަޔާނުގައި ވެ އެވެ.
ދުނިޔޭގައި ވެސް ޖިންސީ ގޯނާގެ މައްސަލަތައް އެންމެ ބޮޑު އެއް ގައުމު ކަމަށްވާ އިންޑިއާގައި ހިނގާފައިވާ އެންމެ ލާއިންސާނީ ރޭޕް ކޭސް 'ނިރްބަޔާ' އަށް އިޝާރާތްކޮށް އިދިކޮޅުން ބުނީ ރާއްޖޭގައި އެފަދަ ކޭސްއެއް ފެންމަތިވުމުގެ ކުރިން ރޭޕް ކުރާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ރޭޕްކުރާ މީހުންނާ ދޭތެރޭ އެއްވެސް ތަފާތެއް ނެތި ފިޔަވަޅު އެޅުމަށް އެ ބަޔާނުގައި ރައީސަށް ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިހި ރާންބާގަސް
28 June 2020
މިރާއްޖޭގަ ކިތަށް ކުޑަކުދިން ރޭޕް ކުރަމުން އެދަނީ1 ކާލޯމެންނަށް ކީއްވެ އެކަހަލަ މައްސަލައެއްގަ އެއްޗެއް ނުބުނެވެނީ؟ ކުޑަކުދިންގެ ހައްޤުގަ މުޒާހިރާއެއްކޮށްލަން ނުކެރެނީ ކީއްވެ؟ ތިޔައީ މިދުނިޔޭގަ ހައްޤްތަކައްގެ ވާހަކަ އަދުލުއިންސާފުގެ ވާހަކަދައްކަން ކުފޫހަމަވާބަޔެއްނޫން! ކޮންމެ ފަހަރަކުވެސް ހަނދުބޮޑުވަންފަށާ ދުވަސްވަރު ތިކަހަލަ ކޮންމެވެސް މޮޔައެއް ގޮވުމަކީ ކަލޯމެންގެ ސިސްޓަމް!
ބަސް
28 June 2020
ގުދޯގުދޯ ގޮވުން ކިޔާތީ އިވޭ. މަށަށް ވިސްނެނީ މީގެ މާނައަކީ ތިމާގެ ކިބައިގައި ހުންނަ އުނިކަން ނުފެނި އެހެންމީހުންގެ އެއުނިކަން ދެއްކުންކަން.
ރައްޔިތުކަލޯ
28 June 2020
އޭނަ ރުހުމުގައި އެކަނިމާ އެކަނި ދެފިރިހެނުންނާއިއެކީ ގޮސް ސަކަރާތްޖެހުމަށްފަހު ކޮންމެވެސްކަމަކާއި ހިތްހަމަނުޖެހިގެން ނުވަތަ އޭނަ ބޭނުންވިވަރަށް ފައިސާ ނުދީގެން 2 ފިރިހެނުންގެ ބޮލުގައި ރޭޕްގެ ދޮގު އިލްޒާމް އެޅުވިކަމަށް އަހަންނަށް ފެންނަނީ . ޢިއްޔެ އަޑުއިވުނީ މަޝްހޫރު ލަވަކިއުންތެރިއާ ޖަސްޓިން ބީބާ ގެ ބޮލުގައި ރޭޕް ގެ ދޮގު އިލްޒާމް އެޅުވި 2 އަންހެނުންނާއި ދެކޮޅަށް ބަދަލުގެގޮތުގައި 20 މިލިއަން ޑޮލަރުގެ އަބުރުގެ ދައުވާއެއް ހުށައަޅަން ބީބާ ތައްޔާރުވިވާހަކަ.
ައަހް މަދު
28 June 2020
ދެންކީއްވެ މަނީލޯންޑުރީކުރިކަމުގެކުއް ސާބިތު ވެފައިވާ މޔާމީނު ދޫކޮށްލަން ޖެހޭނެ ކަމަށ ކަރުން ނާރު ނަގާފަ ތިޔަ ގޮވަނީ؟
ްއަދުރޭ
28 June 2020
އަލަށްތަ ބަޔަކު ޖިންސީގޯނާކޮށްގެންމިއުޅެނީ.؟ މީގެކުރިން ކަލޭމެންކޮބައި؟ ކުޑަކުއްޖަކު އާއިލާގެ އެންމެން ބެހުނުއިރު މިމީހުންތިބީ ހަނު!
މޯޑް
28 June 2020
ފީފީއެމް މީހުން އެއްމެ ގިނައީ އެމީހުން މައިތިރި ކޮށްބަލަ އަދޫ
ރީތި މޫސަ
28 June 2020
ތިކަމެއްނުވާނެ އަދަބުދެވެކައްނެތް ތިބީހުސްރައްޓެހިން މިނޫންގޮތެއްވޭތޯބަލާތި
ސީޒަން ޖެކްޝަން
27 June 2020
މީ ސަހާދެއް މަޖާބައެއް. މިމީހުންގެ ވެރިކަމުގާ މިބާވަތުގެ މީހުންނަށް ހައްގުއަދަބުދެވުނުނަމަ މިހާއުސްމިންތަކަކަށް މިއަދު މިކަމެއްނުދިޔައީސް.
ވަހީދު
28 June 2020
އެމީހުންގެ ވެރިކަމުގައި ކުޑަ ކުއްޖަކާއި އެކު އޮއްވައި ނަގައިގެން ހައްޔަރު ކުރި ހރ އއބ މިސަރުކާރުން އައި ގޮތަށް އައިސް ދޫކޮށްލިތަން ނުދެކެންތަ؟
ކަކުނިބޯ
28 June 2020
ވެރިކަ މަށް އަރާއިރަށް ހުރިހާޑީލަރުން މިނިވަންވާނެ
ބޮޑުމީހާ
28 June 2020
އެމީހުންގެ ވެރިކަމުގަ އަދަބު ނުދެވުނީމަ ވެރިކަން ބަދަލުކުރީ. ދެން މިވެރިކަމުގަވެސް އެގޮތަށްތަ ކަންތައްތައް ކުރަންވީ!
ްއަދުރޭ
27 June 2020
އެއީ ޓޫރިސްޓެއްނޫން