ޕެންޝަން އޮފީހުގެ އެތެރެ-- ފޮޓޯ: ނިޝާން އަލީ/މިހާރު
28 ޖޫން 2020 - 12:36
ޕެންޝަން އޮފީހުގެ ދޭ ދެ ހިދުމަތެއް އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ)ގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ކަނޑައަޅައިފި އެވެ.
މިގޮތަށް ބަލައިގެންފައި ވަނީ ޕެންޝަން އޮފީހުގެ ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސް މަސައްކަތްތައް ކުރަމުންދާ ގޮތެކެވެ.
ޕެންޝަން އޮފީހުން އަންނަނީ އެތަނުގެ ހިދުމަތްތައް ދިނުމުގައި އެންމަ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންނެވެ. އެގޮތުން އެތަނުން މިހާރު ވެސް ދޭ ގިނަ ހިދުމަތްތަކެއް ވަނީ ޑިޖިޓަލައިޒް ކޮށްފަ އެވެ.
އިސާއަކީ އެކި ގައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ޑިޕާޓްމަންޓްތަކުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ޖަމިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޑައިނަމިކް ސޯޝަލް ސެކިއުރިޓީ ނިޒާމުތައް ގާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މެންބަރުންނަށް ލަފައާއި މަޝްވަރާ ދީ އެހީތެރިވުން ހިމެނެ އެވެ.
ދުނިޔޭގެ 150 ގައުމަކުން 320 ފަރާތެއް ބައިވެރިވާ މި ޖަމިއްޔާގައި ޕެންޝަން އޮފީސް ބައިވެރިވެފައި ވަނީ 2016 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުލް ސަލީމް
28 June 2020
އަނެއްކާ ކުއްލިއަކަށް މިވައްޓާލީ ކޮންބައެއް. ސަހާދެއް ބޯހަލާކު.
ައަފުރާސިޔާބު
28 June 2020
އެއީ ޕެންޝަނަރުންގެ ފައިސާއިން އެޖަމްޢިއްޔާއަށް ޗަންދާ ދިނުމަށްޓަކައި ކުރިކަމެއް. މިހާރުވެސް ޕެންޝަން އޮފީސް ހިންގަނީ ޕެންޝަނަރުންގެ ފައިސާއިން %1 ޕަސެންޓް ނަގައިގެން. މިގޮތަށް ފައިސާ ކެނޑުމުގެ ސަބަބުން ކުރިން ވަޒީފާ އަދާކޮށް ފެންޝަންގެ ގޮތުގައި 3، 4 ލައްކަ ޖަމާވެފައިވާ މީހާގެ ފައިސާއިންވެސް ކަނޑާކަނޑާ ފައިސާއެއް ނެތްކަމަށް ބުނެފައިވަނީ. ނެތީ ކީއްވެ ކަމެއް ނުބުނޭ. ބުނީ 65 އަހަރުވީމާ ޕެންޝަން ފައިސާއިން މަހަކު 5000ރުފިޔާ ލިބޭނޭކަމަށް. މިވާގޮތެއް ބަލާނީކާކު؟