04 ޖުލައި 2020 - 11:10
މެންޗެސްޓާ (ޖުލައި 4) - މެންޗެސްޓާ ޔުނައިޓެޑްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޕައުލް ޕޮގްބާ އާއި ބްރޫނޯ ފެނާންޑޭސް އަށް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެއްޖެ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅޭ މެޗަށް ތައްޔާރުވާން އިއްޔެ ބޭއްވި ޓްރެއިނިންގެ ތެރޭގައި ޕޮގްބާ އާއި ފެނާންޑޭސް އަށް އަނިޔާވުމާ އެކު، ރިޕޯޓްތައް ބުނާގޮތުން އެ ދެ ކުޅުންތެރިންނަށް މިރޭ ނުކުޅެވޭނެ އެވެ.
ލިބުނު އަނިޔާ އަށް ބަލާއިރު ބޮޑަށް ގެއްލުންވީ މި ވަގުތު އާދަޔާހިލާފު ފޯމެއްގައި ހުރި ފެނާންޑޭސް އަށެވެ. އޭނާ އަށް މަދުވެގެން ދެ މެޗެއް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ފެނާންޑޭސް ވަނީ މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ޔުނައިޓެޑްގައި ތަފާތު ދައްކައިފަ އެވެ. އެންމެ ފަހުން ބްރައިޓަން އަތުން 3-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ދެ ގޯލު ޖެހި އެވެ.
މި ސީޒަނުގެ ބޮޑުބައި އަނިޔާގައި ހުރި ޕޮގްބާ ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެކުގައި މެޗުތައް ކުޅޭ އަދަދު އިތުރުވާ ވަރަކަށް ފެނާންޑޭސް އާއި ޕޮގްބާގެ ޕާޓްނާޝިޕް ރަނގަޅުވަމުން އަންނަ ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ފެނާންޑޭސް އާއި ޕޮގްބާ އަށް މެޗުތަކެއް ގެއްލިއްޖެނަމަ އެއީ ޔުނައިޓެޑަށް ކުރިމަތިވާނެ މައްސަލަ އެކެވެ. އެއީ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ޕޮއިންޓެއް ގެއްލިއްޖެނަމަ ރޭހުން ބޭރުވެ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.
ކޮންމެ ޓީމަކަށް ވެސް ބާކީ ހަ މެޗު އޮތްއިރު، ލެސްޓާ ތިން ވަނައިގައި އޮތީ 55 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް 54 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.
ގަދަ ހަތަރެއްގެ ރޭހުގައި މިރޭ މުހިއްމު މެޗުތަކެއް އެބަހުއްޓެވެ. ޔުނައިޓެޑުން ބޯންމައުތާ ދެކޮޅަށް ކުޅޭއިރު، ވުލުވްސް ބައްދަލުކުރާނީ އާސެނަލްއާ އަދި ލެސްޓާ ކުޅޭނީ ކްރިސްޓަލް ޕެލަސްއާ އެވެ. އަދި ޗެލްސީން އަމިއްލަ ދަނޑުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާ
04 July 2020
މިރޭ މަގޭ 5 ވަނަ ފެވަރިޓް މެންޔޫ މޮޅުވެއްޖެނަމަ އެއީ ލިބޭނެ އުފަލެއް.ހެހެހެހެ
ރަދީފްްއޮފިޝިއަލް
04 July 2020
ސޮރީ ނުބައި އެކައުންޓަކުން ލޮގިން ވެގެން ކޮމެންޓް ކޮށްލެވުނީ.. ހެހެހެ
ބުރައްޔަ ލަޑްކީ
05 July 2020
މަޖާ ސޮރެއްމި ހުވާ. ހާދަ މަޖަލޭ. ކިހިނެއަބާ އިންސާނަކު މިހާ މަޖާ ވުމުގެ ގާބިލްކަން މި ހޮދީ
ހެހެ
04 July 2020
މިއީ ފޭކް ހަބަރެއް
ލޯމާފާނު
04 July 2020
މެންޔޫ އެއީ މާޒީ.އެމީހުން ރަސްކަންކުރި ޒަމާން ނިމިއްޖެ.
ޕޮކަޑި ހައްވަ
05 July 2020
މާޒީ ގެ ހިތި ހަނދާންތައް ކޮށްލާފަ ރޮއިލާ.
ނިއުމާ
04 July 2020
މަގޭ 05 ވަނަ ފެވަރިޓް ކްލަބްގެ 2 ކުޅުންތެރިން އިންޖަރީވުން އެއީ ހިތާމަވެރިކަން ގެނުވި ހަބަރެއް.ގެޓް ވެލް ސޫން.
ރަދީފްްއޮފިޝިއަލް
04 July 2020
ސޮރީ ނުބައި އެކައުންޓަކުން ލޮގިން ވެގެން ކޮމެންޓް ކޮށްލެވުނީ.. ހެހެހެ
ނިއުމާ
04 July 2020
ސޮރީ އެއީ އަސްލު މަގޭ ކޮމެންޓެއް.މިހާރު ގިނައިން ކޮމެންޓްކުރަނީ އަހަރެން.