ބީޖީ ސްޕޯޓްސް ކްލަބްގެ ކޯޗު ޝާޒް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އޮކްޓޯބަރ 2016 - 10:25
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ގޮސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ ފެށުން ދަށްކޮށް ދިއުމުން ކަމަށާއި ސަލާމަތްވުމަށް އެންމެ ފަހު މެޗާ ހަމައަށް ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށް ބީޖީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގައި 2013 ވަނަ އަހަރު ވާދަކުރަން ފެށި ބީޖީ ރެލިގޭޓްވި އިރު ލީގުގައި ކުޅުނު 21 މެޗުން ލިބުނީ 17 ޕޮއިންޓެވެ. އެ ޓީމު ވަނީ ފަހު މެޗުގައި އިއްޔެ 1-0 އިން ވިކްޓަރީ ބަލިކޮށްފަ އެވެ.
"ރެލިގޭޓްވީ ފެށުން ދަށްކޮށް ދިޔައީމަ. ތަފާތަކަށް ފެނުނީ އެހެން ޓީމުތަކުގައި ތިބި ކުޅުންތެރިން. ބީޖީގެ ސްކޮޑަށް ވުރެ ވަރުގަދަ ގިނަ ޓީމުތައް. އަނެއްކާ ރަނގަޅު ބިދޭސީ ކުޅުންތެރިންނާ އެކު އެ ޓީމުތައް އޮތީ. ފަހު މެޗާ ޖެހެންދެން ވެސް މި ޓީމު ދެއްކި ހިތްވަރު ފެނިއްޖެ،" ޝާޒް ބުންޏެވެ.
ބީޖީގެ އިބްރާހިމް ރަޝީދު (ވ) ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލީގުގެ ދެ ވަނަ ބުރުން ފެށިގެން ރެލިގޭޝަންގައި އޮތް ދެ ޓީމު ކަމަށްވާ ވިކްޓަރީ އާއި ބީޖީން ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޝާޒް ބުނީ ބީޖީ އާއި ވިކްޓަރީގެ ސީޒަން ދިޔައީ އެއް ގޮތަކަށް ކަމަށެވެ.
"ވިކްޓަރީ އާއި ބީޖީ މިދިޔައީ ދާދި އެއް ކަހަލަ ގޮތަކަށް. ދެ ޓީމު ދަށްވީ ވެސް އެއްކޮށް. ކުޅުން ރަނގަޅުކޮށް ކުރިއަށް ދެމިގަތީ ވެސް އެއްކޮށް. އެކަމަކު ފަހު މެޗުތަކުގައި މި ފެނުނީ ނަސީބު ދެރަވެގެން ބީޖީ އަށް މުހިއްމު ޕޮއިންޓުތަކެއް ގެއްލުނުތަން،" ޝާޒް ބުންޏެވެ.
މި ފަހަރު ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ބީޖީ ބަލިވެފައިވަނީ 10 މެޗުންނެވެ. އަށް މެޗުން އެއްވަރުވިއިރު، މޮޅުވީ ތިން މެޗުންނެވެ. ބީޖީ މޮޅުވީ ނިއު އާއި ވެލެންސިއާ އަދި ވިކްޓަރީ އަތުންނެވެ. އެ ޓީމު ވަނީ ލީގުގެ ފަހު ބުރުގައި ޗެމްޕިއަން މާޒިޔާއާ އެއްވަރުކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ބީޖީއާ ހަވާލުވި ޝާޒް ބުނީ އެ ޓީމުގައި އޮތީ ހީވާގި މެނޭޖްމަންޓެއް ކަމަށާއި އެއް އަހަރު ތެރޭގައި އެނބުރި ފުރަތަމަ ޑިވިޝަނަށް އެ ޓީމު ގެނެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.
ޝާޒް ބުނީ ބީޖީއާ އެކު ކުރިއަށްދިއުމާ ގުޅޭގޮތުން އެ ކްލަބާ އެކު ވާހަކަ ދައްކާނީ އެފްއޭ ކަޕަށް ފަހު ކަމަށެވެ. އެފްއޭ ކަޕް ދެ ވަނަ ބުރުގައި ބީޖީ އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ވޭރު ސްޕޯޓްސް ކްލަބާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
22 October 2016
ކޮންމެސް އެއްބަޔަކު އަބަދުވެސް ރެލިގޭޓްް ވާނެ... މިފަހަރު ބީ.ޖީ އަށް މިކަން މި ދިމާވީ.. އަންނަ އަހަރު ކޮންމެސް އެހެން ބަޔަކު ރެލިގޭޓް ވާނެ.. އަނެއްކާވެސް ހިތްވަރުކޮއްފަ އަރަން މަސައްކަތްކުރީމަ ރަނގަޅުވާނެ.. ބީ.ޖީ އަށް ހަމަ ސާބަސް..
ޖީހާން
22 October 2016
މިއަންނަ އަހަރު 2 ޑިވިށަން ޗެމްޕިއަން ކަން ނަގާގެން ފަސްޓައް އެރީމަ ނިމުނީ. ދެން އަންނަ އަހަރު މަސައްކަތް ކޮއްލަނިލޮއް އަރާނެ. ފަސްޓައް އެރުމަކީ މާކަ އުނދަގޫ ކަމެއް ނޫން މިހާރު. ކަމޯން ބީޖީ.
ނިޔާށާ
22 October 2016
ބީޖީ އެބުރި އަންނާނެ ﷲ އިރާދަ ކުރެއްވިއްޔާ
ޕަކަލު ޕަޕިޓޯ
22 October 2016
ތިޔޮތީ ރެލިގޭޓުވެފަ. ނިސްތާރުއަށް ވަރަށް ސަލާމް.
ފައިސަލް
22 October 2016
ފަސްޓައް އެރުވީވެސް އަދި ވައްޓާލީ ވެސް ހަމަ ސާޒްލީ. ދެންވެސް ހަމަ އަރުވަދޭނީ ސާޒްލީ.
ލުހާމް
22 October 2016
ރެލިގޭޓް ވީ ޕުރެކްޓިސް ނުކުރުވާތީ ޓީމް ލައްވާ
ރަށާދު
22 October 2016
ސާޒް ތީ އެއްވެސް ގޮތަކައް ޓީމް ލައްވާ ޓްރައިނިން ހަދުވާ ކޯޗެއް ނޫން. ކޮންމެ ދުވަހަކު ވޯމަޕް ޖަހުވާފަ ބައިބަހާގެން ކުޅުވުން އޮންނާނީ. އަދި ދަނޑު ލިބެނީ ދޮޅުގަޑި އިރައް އެކަމް ކޮންމެ ދުވަހަކު އެހެން ހުރިހާ ޓީމް އަކައް ވުރެ ކުރިން ޕްރެކްޓިސް ނިންމާލާނެ. ދެން އޮންނާނީ އެންމެން އެއްކޮގެން ބޮޑު ވާހަކަ. އެހެން ޓީމް ތައް ހެން ބީޖީ ވެސް ރަގަޅު ޓްރެއިނިންގް ތަކެއްް ހެދިނަމަ އޮންނާ ނީ ތިހިސާބަކު ނޫން.