ޒަކާތް ބަހަނީ: މުދަލު ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި
14 ޖުލައި 2020 - 20:06
މި އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ލިސްޓު މުރާޖައާ ނުކުރެވުނީ، ކޮވިޑް-19އާ ހެދި މާލެ ލޮކްޑައުންކުރުމުން ދިމާވި ދަތިތަކާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން މި އަހަރު ހުޅުވާ ނުލައި ޒަކާތް ބަހާފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ލިސްޓް މުރާޖައާ ނުކުރެވުނު ސަބަބު އޮޅުން ފިލުވައިދީފަ އެވެ. މިނިސްޓްރީން ބުނީ ޒަކާތް ބެހުމުގެ ކުރިން، ފަގީރުންގެ ލިސްޓް މުރާޖައާކުރަން މަސައްކަތްކުރި ކަމަށާއި އެކަމަކު ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން އެކަން ނުކުރެވުނީ ކަމަށެވެ. އެއީ ހާއްސަ އިމްތިޔާޒުތަކެއް ހަމަޖެހިގެން، ދައުލަތުގެ އެކި މުއައްސަސާތައް އެކުގައި ކުރަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ. އަދި ދަފުތަރުގައި ޖެހުމަށް އެކި މުއައްސަސާތަކުން ގިނަ ލިޔުންތަކެއް ހުށަހަޅަން ޖެހޭއިރު އޮންލައިންކޮށް އެކަން ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެންވެ، މިނިސްޓްރީން ނިންމީ، ލިސްޓް އެކުލަވާލުމުގައި ހަމަހަމަކަން ގެއްލިދާނެތީ ކުރީގެ ލިސްޓަށް ޒަކާތް ބަހާށެވެ.
ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް މި އަހަރު ކުރީކޮޅު ވަނީ އިތުރު ފުރުސަތެއް ހުޅުވާލައިފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ ފިތުރު ޒަކާތް ބެހީ، އެ ލިސްޓަށް ރިއާޔަތްކޮށެވެ. އަދި އެއީ 2017 ވަނަ އަހަރުގެ ލިސްޓެއް ނޫންކަން ވެސް މަޖިލީހަށް އަންގާފައިވާނެ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ މުދަލު ޒަކާތް ބެހުމުގެ ކުރިން، ފަގީރުންގެ ދަފުތަރު މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި އެކަން ކުރަމުން އަންނަނީ ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ ލަފައާ އެއްގޮތަށް ކަމަށް ބުންޏެވެ.
"ލޮކްޑައުންގެ ހާލަތުގައި، މި ފަދަ ނާޒުކު ކަމެއްގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އަވަސް އަރުވާލައިގެން ހަމަހަމަކަން ގެއްލޭ ގޮތަށް ލިސްޓަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އަދި ކަށަވަރުވެފައިވާ 1441 ވަނަ އަހަރުގެ ލިސްޓަށް ޒަކާތް ބެހުމަކީ އެންމެ ރަނގަޅު ގޮތެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ވަނީ މިފަދަ މައްސަލަތަކުގައި، އާއްމު މަސްލަހަތު ގެއްލި، މުޖުތަމައުގައި ފަސާދަ އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާނައީ ދެންވެސް މާނައީ ކިޔާލަ ކިޔާލާ ތިބޭ
15 July 2020
ޤަބޫލް ކޮވިޑާހުރެ އެންމެންތިބީގޭގަ އެކަމަކު ޑަކްޓަރީ ކަން ކިޔަވަންދާން 1 ކުއްޖަކަށް ފުރުޞަތު ދީފަ އެބައޮތް 43 ވަނާގަ އޮތީވެސް ޒަކާތު ފަންޑުން ކުއްޖަކު ފޮނުވާނެކަން އިއުލާނެއް ނުކުރޭ އެކަމަކު މަތީ ތައލީމުގެ ވުޒާރާއިން ނެރުނު ލިސްޓްގަ މާދަށްކޮށް މާކްސް އޮތް ކުއްޖެއް މަތިން މާކްސް ލިބިފަ ތިބި ކުދިން ތިއްބާ އަޑި ނޭނގޭ ގޮތަކަށް ކޮށް ނިންމާ އިއުލާނު ކޮށްފަ އޮތީ އެހެންވީމަ ވަރަށް އިންޞާފުވެރި ބޭރުން ޖަރީކޮށް ދަޅަ ދެއްކިޔަސް އެތެރޭގަ ދުވަނީ ކުނި ފުޅަ
ދިއްދޫމީހާ
14 July 2020
ބަލަ މިޔޮފަދަ ޒަމާނުގާ ތިދަކަނީ ކޮންކަހަލަ ވާހަކައެ، އާދައިގެ ފިހާރަ ތަކުންވެސް އެޕްލިކޭޝަން ތައްޔާރު ކޮއްގެން ލޮކްޑައުންގާ ހިދުމަތްދިން އިރު ގައުމެގެ އިސްލާމިކް މިނިސްޓްރީގަ ނެތީތޯ އެވަރު ކޮއްލާނެ ފެންވަރު، އަނެކާ މިވާހަކަވެސް ރައީސް އަރިހަގޮސް ދެންނެވީމަ ރައީސް ކީރިތި ކުއްރައްވާނީ، ކާލޭމެންނާ ހެދި އަހުންގެ ރައީސް ކީރިތި ކުއްރެވުން ނޫންކަމެ ނުވޭ، ރައީސް އެއްގޮތަކަ ކީރިތި ނުކުއްރައްވާތި...