މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫއެންގެ އޮފިޝަލުން މިއަދު ނެރެދެއްވަނީ.
18 ޖުލައި 2020 - 17:03
ގައިދީންނާ މެދުގައި އަމަލުކުރަން އދ. އިން ކަަނޑައަޅާފައިވާ މިންގަނޑުތައް ނުވަތަ "މަންޑޭލާ ރޫލްސް" ހޯމް މިނިސްޓްރީން ދިވެހި ބަހަށް ތަރުޖަމާކޮށް އެ މިނިސްޓްރީގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މަންޑޭލާ ރޫލްސް އަށް ޖަލު އޮފިސަރުން އަހުލުވެރިކުރަން ކުރިއަށް އޮތް ތަނުގައި އެ މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެ އުސޫލުތައް ދިވެހިބަހަށް ތަރުޖަމާކުރީ ހޯމް މިނިސްޓްރީ އާއި ޔޫއެން އޯޑީސީ ގުޅިގެންނެވެ.
Marking the Nelson Mandela Day, @UNODC_ROSA @UNMaldives and the @HomeMinistrymv met with Vice President @FaisalNasym 🇲🇻 to present a Dhivehi translation of #MandelaRules. @UNODC is committed to assist the Govt. of Maldives in strengthening prison reforms. @alynazeer pic.twitter.com/IJ6v963qOg
— UNODC South Asia (@UNODC_ROSA) July 18, 2020
ގައިދީންނާ މެދު އަމަލުކުރަން ޖެހޭ 122 އުސޫލެއް "ދި ނެލްސަން މަންޑޭލާ ރޫލްސް" ގައި ހިމެނެ އެވެ. އޭގެ ތެރޭގައި ގައިދީންނާ ބެހޭ ރެކޯޑްތަކުގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ގައިދީން ގިންތިކުރާނެ ގޮތްތަކާއި ގޮޅިތަކުގައި ގައިދީން ބައިތިއްބަންޖެހޭ ގޮތް ވެސް ހިމެނެ އެވެ.
ގައުމުތަކުން އަމަލުކުރަން އދ.އިން ބާރު އަޅާ އެ އުސޫލުގައި ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފްތާހިރުކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންތައްތައްތަކާއި ގައިދީންނަށް އަންނައުނާއި ކެއިންބުން ފަދަ އަސާސީ ކަންކަން ފަހިކުރުމުގައި އެންމެ ކުޑަމިނުން ކުރަން ޖެހޭނެ ކަންތައްތައް ވެސް ހިމެނެ އެވެ. ކަސްރަތާއި ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ގޮތްތަކާއި ސިއްހީ ހިދުމަތްތައް ލިބިދޭންޖެހޭ ހަމަތައް ވެސް އެ ގަވައިދުގައިވެ އެވެ.
ރާއްޖޭގެ ޖަލުތަކުގައި އަމަލުކުރާ އެންމެ ދަށްމިންގަނޑަކީ މަންޑޭލާ ރޫލްސްކަމަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
#MandelaDay aa dhimaakoh #MandelaRules dhivehi bahah tharujama koh shaaiukurevumakee jaluthakah gennanvaa heyo badhalugenaumah elhunu muhimmu fiyavalheh. UNODC aa gulhigen mi usooluthakah officerun ahuluverikoh thamreen kurumuge masahkayi kuriyah oyi thanuga kuriah gendhaanan iA. pic.twitter.com/WfKRqByzty
— Imran Abdulla (@ShimranAb) July 18, 2020
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންޑޭލާ ދުވަހާ ދިމާކޮށް "މަންޑޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުކަމާކޮށް ޝާއިއު ކުރެވުމަކީ ޖަލުތަކަށް ހެޔޮ ބަދަލެއް ގެންނަން ކުރާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެ އުސޫލުތަކަށް އޮފިސަރުން އަހުލުވެރިކުރުމުގެ މަސައްކަތް، ޔޫއެން އޯޑީސީ އާއި ގުޅިގެން ކުރިއަށް ގެންދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
19 July 2020
މަންޑޭލާ އުޅުންބާ އެހެން ގައުމެއްގެ ބަޔަކު ގެނެސް ރައްވެހިކަންދޭން؟
މޯދީ
19 July 2020
ސޭކުސްތާނު މަންޑޭލާ އުޅޭއެބަ ތިކަމާ
ބޮޑުމީހާ
18 July 2020
މަންޑޭލާ ރޫލްސް އާއި އެއްޗެއް ނެތިގެން ނޫން މިއުޅެނީ. ހިންގަންތިބި މީހުން ކޮރަޕްޓުވީ، ނުބައި ނުލަފާވީ. ގާނޫނު އަސާސީއާއި ގާނޫނުތަކުގަ ވަރަށް ސާފުކޮށް އެބައޮތް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަން. ކަލޭމެންނަށް ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދެވޭނީ ރޯޔަލް ރޭޕިސްޓުންނާއި ޕާޓީގެ ހިއުމަން ޓްރެފިކިންގ ކުރާ މީހުންގެ. އެމްޑީޕީއަށް ވައްސަލާމް!
ދޮންމަ
18 July 2020
މީ ހުން މެރުމައްފު ޖަލައްލާ މީ ހާ ގެ ހައްގު ތައް ކަށަވަރު ކުރަން އުޅުނީމަ ވަނީ ޖޯކަ ޖޯކަ ޖޯކަކައް .. ބާޢީ ލުތުފީ މެ ކަހަލަ އަދި ޕައިލެޓު ސާ ހިދު ....
ޕޮލުސް
18 July 2020
ކަލޭ ބޮޑުވެ ސިކުނޑި ތަންދޮރު އޮޅުން ފިލީމަ ކަލެ އައްވެސް ވާނުވާ އިނގެގިންދާނެ. ރަނގަޅަށް ކިޔަވާ ތަހުޒީބު ވާތި
މަރީހާ
18 July 2020
ކޮން މަންޑޭލާ ރޫލްސްއެއް. އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ދީނުގައި އޮންނަ ރޫލްސްތަކާ އެއްގޮތަށް ޖަލުގައިވެސް، ކޯޓުތަކުގައިވެސް، ހުރިހާ ތަނެއްގައިވެސް އަމަލުކުރަން. ޝެއިޚު އިމްރާނުމެން އިސްލާމްދީނޭ ކިޔާފަ މަގާމެއް ލިބުނީމަ، ދުނިޔޭގެ ފައިދާއަށް ގެއްލި، ހުޅަނގުން ޖަހާ ބެރަށް ނަށާތަން މިހާރު ފެންނަނީ.
ޕޮލުސް
18 July 2020
ކަލޭ މެން ދީނުގަ އޮވޭތަ ޖަލު ހިންގަންވާ ގޮތް. ވާނުވާ ނޭގި އަނގަ އެރުވީމަ އަގު ވެއްޓޭނީ. ކަލެއަށް ވާނުވާ ނޭގުނަސް މި އަޅާގެ އިސްލާމް ދީނުގަ އިންސާނިއްޔަތުކަމާ ރަހުމް އިސް ކުރަން، ވަކި ގޮތެއް ކަނޑައެޅިފަ ނެތް ކަންކަމައްވެސް. އެގޮތުން މީ ޖަލުތަކަށް ރަނގަޅު ގަވައިދާ އުސޫލެއް
ކަކުނިބޯ
19 July 2020
ދީނުގައޮވޭ ޖަލު ހިހިންގަންވީގޮތްވެސް، ކުއްވެރިވާގިތްވެސް، ހަލާލު، ހަރާމް އަދި އަބުރު، ވަލުޖަނަވާރުންގެބައި، މަދަނީ މައްސަލަތަށް އަދި ހެކި އަދި އިގޭތަ ތިޔަކަ ހަލަ ޤަމާރުންނާއި ހިމާރުންނަށް ކަންކުރަން އޮންނަގޮތްވެސް އޮވޭ. އިސްލާމްދީނު އޮޅުންފިލުވަންޔާ ރަސޫލާގެ ހަޔާތުގެ ސިޔަރަތު، ހަދީސް، ޤުރުއާން ބަލާ ހޯދާ މަސައްކަތްކުރީމަ އިގޭނެ އަދި ގޫގުލް ކޮށްލިޔަސް އެގޭނެ ރަނގަޅުގޮތގައި އަތުގައޮތްފޯނު ބޭނުންކޮލަންވެސް ނޭންގޭ އުތަ
މުހައްމަަދާ
20 July 2020
ދީނުގަ އޮންނަ ގޮތް އިނގޭތީ ތާ ޖަނަވާވަރަށް ހިމާރަށް ތިގޮވަނީ.
މުއްލާ ޙައިބަތު ޒައިދު
18 July 2020
ޖަލުތަކުގެ މައްސަލަ މަންޑޭލާގެ ރޫލްސް އަކުން ހައްލުކުރަން ވިސްނުމަށްވުރެ ތަކެތީގެ އަގުހެއުކޮށް ކުށްމަދުކޮށް އިސްލާމްދީނުގެ ރިވެތި އާދަ ތަކަށްފެތި އުޅެ ޢާއިލީ ގުޅުމާ ތިމާގެކަން ވާޞިލްކޮށް އުޅެގެން ނޫނީ ޙައްލެއް ނެތް ކުށްކުރުން ނުހުއްޓުވާ މަގުކަންމަތީ ގުރޫޕު ހަދައިގެން ތިބެނީ ކަމަށްތޯ ނޫން އެއީ ފަތްވިއްކާތަން މިކަންކަން. ނުހުއްޓުވާ މަންޑޭލާ ކަހހަލަ ރޫލްސް އަކިން ނުފުދޭނެ
އިޔެ1
18 July 2020
ޖަލުގައި ބޭސް ފަރުވާ ނުދެވި އެތައް ބަޔަކު މަރުވެ ދިޔައިރުވެސް ތިޔަ މަންޑޭލާ ރޫލްސްގެ ވާހަކަ ގޮވިން. ޖަލަށްލެވޭ އަދަބަށްވުރެ ބޮޑު އަދަބެއް ދެވިގެން ނުވާނެ. ބަލިވީމައި ބޭސްކުރެވެން ޖެހޭނެ. ސޮލިޓަރީ ކޮންފައިންމެންޓު ގޮޅިތަށް ބިމާ ހަމަކުރަން ޖެހޭ.