ގަދަ ކަނޑުގައި ދޯނިތަކެއް ދުއްވަނީ: ރާއްޖޭގެ ކަނޑުތައް މިއަދު ވެސް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
20 ޖުލައި 2020 - 12:15
ރާއްޖޭގެ އެކި ރަށްރަށް މިއަދު މެންދުރު ފަހު އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ ކަނޑުތައް ގަދަ ވާނެތީ، ކަނޑުދަތުރު ކުރާ މީހުން މިކަމަށް ސަމާލުވާން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
Alert White for expecting wave surges. pic.twitter.com/sCucVzh14W
— Maldives Meteorology (@MetMaldives) July 20, 2020
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15-25 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވއިރު ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13-23 މޭލުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި 50 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރު މޫސުން ގޯސް ކަނޑުގަދަވުމުން ނުރައްކާތެރި ކަނޑުމަތީގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
މި މަހުގެ ކުރީކޮޅު ބައެއް ރަށްރަށަށް އުދަ އަރާފައި ވާއިރު މެޓް އޮފީހުން ބުނީ އެއީ މި ސަރަހައްދުގައި އުފެދިފައިވާ ބާނިތައް ބޮޑުވެފައި ދިޔަވަރު ބޮޑުވާ ދުވަސްވަރާ ދިމާވުމުން ކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރު ޖުލައި މަހު ފަހުކޮޅު ބައެއް ރަށްރަށަށް އުދަ އަރާފައިވާ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮ ދުޢާ
20 July 2020
ޔާ ﷲ! އަޅަމެންގެ ޤައުމު އަމާން ކުރައްވާށި.. ބަލި މަޑުކަމާއި ތަދު މަޑުކަމުން ރައްކާތެރި ކުރައްވާށި. އުދަ އެރުމުން ނާއި ވިއްސާރަގެ ގެއްލުން ތަކުން ނާއި ތޫފާން ތަކުން ސަލާމަތް ކުރައްވާ ށި .އަމާން ޤައިމެއް ކަމުގައި އަޅަމެންގެ މި ޤައުމު ލައްވާށި..އާމީން. ޔާ ރައްބުލް ޢާލަމީން