އިންޑިއާ ހައި ކޮމިޝަނަރު ސުދީރާއެކު ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން. --ފޮޓޯ/ޓުވިޓާ
20 ޖުލައި 2020 - 17:38
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާ މިއަދު ބައްދަލުކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން ސްރީ ލަންކާ އަށް ރާއްޖެ އިން ކަނޑައެޅުއްވި ސަފީރު މުހައްމަދު ހުސެއިން ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.
މި ބޭފުޅުން އިންޑިއާއާ އެކު ވާހަކަތަކެއް މި ބޭއްވީ މި ބޭއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސް ދައުރެއް އަދާކުރި ކަމަށް ފުލުހުން ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހުރިހާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރުމާ އެކު އޭނާ މިނިވަން ވުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އަސާސެއް ނެތް ދައުވާތަކެއް ކަން ސާބިތުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ދާދި ފަހުން ޕީޕީއެމްގެ ލީޑަޝިޕުން ވަނީ އިނގިރޭސި ސަފީރާ ވެސް ބައްދަލުކޮށްފަ އެވެ.
އިންޑިއާ ސަފީރާ އެކު ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ބައްދަލުކުރެއްވި އިރު މި ސަރުކާރުން އިންޑިއާއާ ގާތް ގުޅުމެއް ބާއްވާތީ އިދިކޮޅުގެ ފާޑުކިއުން ބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާތް ގުޅުމެއް ބޭއްވީ ޗައިނާއާ އެވެ.
ސަބަބެއް ކަމަށް ކުރީގެ ސަރުކާރުން ދައްކަނީ، ރާއްޖޭގެ މަޝްރޫއުތަކަށް ޗައިނާ އިން އެހީވުމެވެ.
މި ވެރިކަން ފެށުމާ އެކު އިންޑިއާއާ އޮންނަ ގުޅުން ވަނީ ބަދަހިކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުވާކުރައްވައި ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި އިންޑިއާ އިން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެ، މިހާތަނަށް އެކި މަޝްރޫއުތަކަށް އިންޑިއާ އިން އެހީދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟިތްރަތުލް މުންތަހާ
21 July 2020
އަހަ ކިހިނެއް ތިހެދީ ؟؟ ގޮތްހުސްވީ ދޯ ؟؟
އަބުދުﷲ
21 July 2020
އަޅެ އަހަރުމެންގެ އަދުރޭ ބާކީ ކޮއްލީތަ؟
އޭބީ
21 July 2020
އަނެއްކާވެސް އުނބަށް؟؟؟؟ ދުވަހެއްގެ ކޮޅުންވެސް ވެރިކަމަށް އާދެވޭއިރަށް އަނެއްކާވެސް ބުނާތި ރާއްޖޭގެ ދާޚިލީ ކަންކަމާއި ބޭރު މީހުންނާއި ނުބައްސާށޭ. ލަދެއްވެސް ނުގަނޭދޯ
ނެގުނުކަތީބު
21 July 2020
ތީ ވަރަށް ކަޑަކަމެއް! އަހަރެމެން ބޭނުމެއް ނުވޭ އަހަރެމެންގެ ކަންކަމުގެ ތެރެއަށް ބޭރު އެއްވެސް ބަޔަކު ވައްދާކަށް! އެނގިގެން މިދަނީ އެބައެއްގެ މަޞްލަހަތު ހިމާޔަތް ކުރުމަށް އިޒުރޭލާއިވެސް މަޝަވަރާ ކުރާނޭކަން. މެންދުރުގެ އިރު އެނގޭފަދައިން އިންޑިޔާއިން މި މީހުންނާއި މެދު އެއްވެސް ކަމެއް ރަނގަޅަށް ނުކުރާނޭ އިރުވެސް ގޮސް އާދޭސް ކުރީމާ ހިނިއާދޭ.
ރަށު އޮޑި
21 July 2020
އަތްމަތިދަތިވީ ކަންނޭގެ،. ތީހުސްބަލިކުދިން،. އެއްޗެއް ދިރުވާލަން ރާވަނީ، ވަހީދު ތީ މާކެޓިން ޕުރެޒިޑެންޓުތޯއްޗެ ތިބުރޭންޑް މިހާރަކު ނުހިނގާނެ.
ގައުމުގެ ދޫ
21 July 2020
ސިޔާސީވެރިން މީ ހަމަ އާދަޔާ ޚިލާފު ބައެއް. އެހެން ބަޔަކު ކަމެއްކޮށްފިތަ އެއީ ގޯސް، ގައުމިއްޔަތާ ޚިލާފު ކަމެއް. ނަމަވެސް ހަމަ އެކަން އެބައިމީހުން ކުރަންވެއްޖިއްޔާ އެތަކެއް ހާސް ސަބަބުއޮންނާނެ އެކަން ކުރާންޖެހޭ، އަދި އެއީ ކުރުން ޖާއިޒު އެކަމުގެ ސަބަބުން ގައުމިއްތަށް އެއްވެސް ނުރަނގަޅު އަސަރެއް ކުރާނޭ ކަންކަމެއް ނޫން. ހިތާމައަކީ، މި ފަދަ ސިޔާސީ ފަރާތްތަކުގެ ފަހަތުން އާންމުން ދުވާދުވުން ހުއްޓުމަކަށް އަދިވެސް ނާންނާތީ. ހޭލާށޭ ދިވެހިން!
އަހުމަދުބޭ
22 July 2020
މިއީ މަވެސް މިދައްކާވާހަކަ، ރައްޔިތުންވެއްޖޭ، މިސިޔާސީ ވެރިން ބޮއިކޮޓް ކުރަން، އެވެރިން ތަނަކަށް އެއްވެ އެގޮވައި ގޮވެލި އަޑުއެހުން ހުއްޓައިލައި އަތްޖަހަން ނުދާން، ކޮންމެ ބަޔަކުވެސް މިގޮވައި އެއްޗެއް މިގޮވަނީ އެވެރިންގެ އަމިއްލަ އެދުމަށްކަން، ރާއްޖޭގެ ސިޔާސީ މަސްރަހު ރަގަނޅު ކުރެވޭނީ ރައްޔިތުން މިކަމާ ފުންކޮއްވިސްނާ ސިޔާސީ ވެރިންގެ އުނގަށް ފޭބުން ހުއްޓުވިގެން، އެވެރިންގެ އުނގަށް ފައިބެންތިބެ ދެން އެވެރިން ނަށް އިނގިލިދިއްނުކުރޭ
1234
21 July 2020
މިމީހުންނަކީ ލަދުވެސް ގަންނަންއެގޭ ބަޔެއްނޫން
ބައިރޯ
20 July 2020
އަނެއްކާ ދާޙިލީ ކަންކަމާ ބޭރު މީހުންނަ ބެހޭގޮތްވީތަ
ހުއްބުލް ގަލަން
20 July 2020
ހައްހައްހައްހާ، އެއްކަލަ އިންޑިއާއަށް މަލާމާތް ކުރަމުން ހޯބޯލަވަމުންދިޔަ މީހުން އިންޑިއާ ސަފީރުގެ ފައިބުޑަށް ތިރިވީދެއްތޯ.
އާދަނު2
20 July 2020
މާސްކުވެސް ނާޅާ.. ސޯޝަލް ޑިސްޑެންސެއްވެސް ނެތް!!