މޫސުން ގޯސްވެ، ކަނޑުގަދަވުން: ވައިޓް އެލާޓް ނެރެފައި ވަނީ ހަވީރު 4:00 އާ ހަމައަށް -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
23 ޖުލައި 2020 - 12:59
ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު އެލާޓް ނެރެފި އެވެ.
މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ހއ. އާއި ރ. އަތޮޅާ ދެމެދަށާއި ގއ. އިން ފެށިގެން އައްޑޫއާ ހަމަ އަށް ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެލާޓްގެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/TKvpZOuGi2
— Maldives Meteorology (@MetMaldives) July 23, 2020
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް
އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކުރަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކަނޑު ގަދަވާނެ ކަމަށް ބެލެވޭތީ އާއި ރާޅުގައި ތިން ފޫޓާއި ހަ ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް ބެލެވޭތީ އެވެ. އެހެންވެ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ވަނީ އެދިފަ އެވެ.
މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް އިއްޔެ ވެސް މެޓް އޮފީހުން ހުދު އެލާޓު ނެރުނެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު އަންނަނީ އުދަ އަރައި ގެއްލުން ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy