ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލިއުމެއްގައި ސޮއިކުރައްވަނީ. އަތޮޅު ތެރެއަށް ގެންނަ މުދަލުގެ ޑިއުޓީ ކުޑަކުރާ އިސްލާހު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ/ރައީސް އޮފީސް
23 ޖުލައި 2020 - 19:45
އަތޮޅުތެރޭގެ އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކަށް ގެންނަން މުދަލުގެ އިމްޕޯޓް ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އިމްޕޯޓް ޑިއުޓީ އަށް ބަދަލު ގެންނަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ފާސްކުރީ އަތޮޅު ތެރޭގެ ބަނދަރުތަކަށް ގެންނަން ހުރިހާ މުދަލަކުން ވެސް 50 ޕަސެންޓް ޑިއުޓީ ކުޑަކުރާ ގޮތަށެވެ. އެކަމަކު އޭގެ ތެރޭގައި ދުންފަތާއި ބަނގުރަލާއި އޫރުމަސް ނުހިމެނޭނެ އެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ގާނޫނަކަށް ވަނީ ވެފަ އެވެ.
އެ އިސްލާހު އޮތްގޮތުން އަތޮޅުތެރޭގެ ރަސްމީ ބަނދަރުތަކަށް ބާލާ މުދަލުން ޑިއުޓީ ކުޑަ ކުރެވޭނީ އެ ސަރަހައްދެއްގައި އެ މުދަލެއް ގުދަން ކުރުމުންނެވެ.
މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑު ކުރުމަށާއި އެފަދަ ބާވަތްތަކުން ނަގާ ޑިއުޓީގެ މަދުވެގެން ތިން ޕަސެންޓް ޚާއްސަ ފަންޑަކަށް ޖަމާ ކުރަން ލާޒިމް ކުރުމާއި ކާރާއި ވޭން ފަދަ އުޅަނދުތަކުގެ ތެރެއިން އާ އުޅަނދުތަކުގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަ ކުރުމަށާއި އަދި ބޭނުން ކޮށްފައި ހުންނަ އެފަދަ އުޅަނދުތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި ލަގްޒަރީ ކޮސްމެޓިކްސް އާއި ސެންޓުގެ ޑިއުޓީ ކުޑަ ކުރުމާއި އެނަޖީ ޑްރިންކްސްގެ ޑިއުޓީ އެ އިސްލާހުގެ ދަށުން ދެ ގުނައަށް ވަނީ ބޮޑުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއޒ
24 July 2020
ގެޒެޓް ކުރެވިފައިވަނީ އިމްޕޯރޓް އެކްސްޕޯރޓް އާއި ބެހޭ ގާނޫނު، މިޤާނަޫނުގެ ދަށުން ވަރަށް ގިނަ މުދަލުގެ ޑިއުޓީ % ވަނީ ބޮޑުވެފަ، މިކަމުގެ ސަބަބުން މުދަލުގެ އަގު އުފުލި ވިޔަފާރިތައް ބަޤުރޫޓް ވެދާނެ ކަމުގެ ކަންބޮޑުވުން ވަރަށްގިނަ ވިޔަފާރިވެރިން ދަނީ ފާޅުކުރަމުން! ކޮންމެފަހަރަކު އެމްޑީޕީ ވެރިކަމަށް އައިސް ޤައުމުގެ އިޤްތިސާދާއި ކުޅެ ޤައުމު އިދަޖައްސާލައެވެ.
އޮނަރަބްލް އަފީފު ދީދީ
24 July 2020
އެސްޓީއޯއިން ރާއްޖެއެތެރެކުރާ ކާޑްގެ ހުރިހާ ބާވަތް ތަކާއި ހިލަ ހިލަވެލި ސިމެންތި ފަދަ މުދާ ބޭރުން ސީދާ އައްޑޫޕޯޓަށް ގެނެސް އައްޑޫގެ ގުދަންތަކުގައި ސްޓޯރކޮށް މާލެ ހިމެނޭގޮތުން އައްޑޫއިން ރާއްޖެތެރެއަށް ގެންދާންޖެހޭ މުދާ އުފުލުން ނުވަތަ ލޮޖިސްޓިކް އެއްބަސްވުމެއް އެސްޓީއޯގެ ޙިއްސާއޮތް ޤައުމީ ޝިޕިންގ ލައިން އާއިއެކު ހަދައިފިނަމަ މިހާރު ރަށްރަށަށް ތަކެތި ފޮނުވުމަށް ކުރާންޖެހޭ ޙަރަދަށްވުރެން ޙަރަދު ކުޑަވެފައި ރަނގަޅު ޓްރާންސްޕޯޓް ނެޓްވާކެއް ޤާއިމްކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
23 July 2020
އަކަކިލޯ މީޓަރެއް ހަމަނުވާ މާލޭގެ މަގުތަށް ވެހިކަލްތަކުން ފުރިފައިވާތީ މާލެއަށް ވެހިކަލްގެ ބޭނުމެއްނެތްކަމަށް ބަލައި އެފަދަ ވެހިކަލްތަކުން %100 ޑިއުޓީ ނެގުމަކީ ކޮށްގެން ވާނެކަމެއްނޫން. # ލާމް އަތޮޅާއި އައްޑޫސިޓީ ފަދަ ބިންބޮޑު ރަށްރަށުގައި ކުދިން ސްކޫލަށް ގެންދިއުމަށާއި އާއިލާގައި ތިބި ދުވަސްވީ މީހުނާއި ބަލިމީހުން ހޮސްޕިޓަލަށާއި ތިމާގެ މީހުނަށް ޒިޔާރަށްކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް ކޮންމެހެންވެސް ކާރު ބޭނުންވޭ. ލ އަދި އައްޑުއަށް ވެހިކަލް ޑިއުޓީފްރީކުރޭ.
ވިސްނަބަލަ
23 July 2020
މާލެ ސަރަހައްދުން ގޯތިބޭނުންވާމީހުނަށް ތި ސަރަހައްދު ތަކުން ގޯތި ދޭކުރަން ފެނޭ. މާލޭމީހުނާއި ރައްރަށުން ބަދަލުވާން ބޭނުންމީހުނަށް ތިސަރަހައްދު ތަކުންގޯތި ދޫކުރަން ފަށަންފެނޭ...
ކޯއްޗެއްހަދާނަމޭތޭ
23 July 2020
މާލެ ސަރަހައްދަށް އެތެރެ ކުރާ މުދަލުން ވެސް ޖެހޭނެ ޑިއުޓީގެ %60 މާފުކޮށްދޭން ސަބަބަކީ އެންމެ ބޮޑު ރިސްކް ނަގައިގެން ޖީއެސްޓީ އަށް ވެސް މަކަރު ނަހަދާ ޖީއެސްޓީ ބަރާބަރަށް ދައްކަނީ މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނޭ ރާއްޖެތެރޭ ވިޔަފާރިވެރިންގެ ޓްރެކް ރިކޯރޑަކީ އެއީ ޖީއެސްޓީ އަށް މަކަރާއި ހީލަތް ހެދުމޭ މިކަން ދަންނަން ޖެހޭނެއޭ މަޖްލީހުގެ ރައީސް މަޖްލީހުގެ ރައީސް މާލެ ސަރަހައްދު ތަމްސީލް ކުރާ އިރު މާލެ ސަރަހައްދަށް އެއްވެސް ކަމެެއް ކޮށް ނުދީ ތިޔާއުޅެނީ
ބޮޑު ވަޒީރު
23 July 2020
ވޭޕިން އާ އީ ސިނގިރޭޓް ހުއްދަ ކުރަން ގެނައި އިސްލާޙެއް އެކަން އެ އޮތީ ކުރެވިފައި. މަކަރާ ޙީލަތް.
ހިސްޓްރީއަކީ
23 July 2020
ރާއްޖެތެރޭގެ ބަނދަރު ތަކަށް ނަގާ ޑިއުޓީގެ %50 ކުޑަ ކޮށްފައި އަދި އެފަދަ މުދަލެއް ރާއްޖެތެރޭ ގައި ގުދަން ކުރާނަމަ އެފަދަ ގުދަނެެއްގެ ކުއްޔާއި އަދި އެތަނުގެ ސެކިއުރިޓީ އާއި އަދި އެފަދަ މުދާ ބަލަހައްޓަން މީހުން ރާއްޖެތެރޭ ގައި ބޭތިއްބުމުގެ ޚަރަދު ބޮޑުވާނެއޭ ޑިއުޓީ ކަނޑާލި %50 އަށް ވުރެން ބޮޑަށް ދެން އެފަދަ ގުދަނެއްގައި ރާއްޖެތެރޭ ރަށްރަށުގައި ވާނެ ގޮތަކީ އެމެން ސިޔާސީ ހަސަދައިގެ ދަށުން އައިސް މުދަލާއި އެކު ހުރި ގުދަނުގައި ރޯކޮށްލާނެއޭ މީއޭ އެމެންގެ