އެމްއޭސީއެލްގެ އެކްޓިން އެމްޑީކަމުން މިއަދު ރިޓަޔާ ކުރެއްވި މޫސާ ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
26 ޖުލައި 2020 - 14:12
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެ ކުންފުނީގެ ވަޒީފާ އިން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
މީގެ 39 އަހަރު ކުރިން ފެށިގެން އެމްއޭސީއެލްގައި އެކި މަގާމުތައް ފުރުއްވަމުން ގެންދެވި މޫސާ ސޯލިހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭފުޅެވެ.
އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުކަމާ މޫސާ ސޯލިހު ހަވާލުވެވަޑައިގަތީ ވެރިކަމަށް އައި ބަދަލާ ގުޅިގެން، އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ނޮވެމްބަރު 14، 2018 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެ ދުވަހާ ހަމައަށް މޫސާ ސޯލިހު ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގަ އެވެ.
އެމްއޭސީއެލް އިން މޫސާ ސޯލިހު ރިޓަޔާ ކުރެއްވިއިރު އޭނާ އަށް ވަނީ އުމުރުން 65 އަހަރު ވެފަ އެވެ. ވަޒީފާ އިން ރިޓަޔާ ކުރެއްވުމުން އެމްއޭސީއެލް އިން ހަމަޖައްސާފައިވާ އުސޫލުގެ ތެރޭގައި މާލީ އިނާޔަތުގެ ޕެކޭޖެއް މޫސާ ސޯލިހަށް ލިބިވަޑައިގަންނަވާނެ އެވެ.
މޫސާ ސޯލިހު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެމްއޭސީއެލުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ހުރިހާ މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.
އެމްއޭސީއެލް ހިންގުމުގެ އެންމެ އިސްވެރިޔާ މިއަދު ރިޓަޔާ ކުރެއްވިއިރު، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ ގޯޑަން އެންޑްރޫ ސްޓުއާޓް ވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު އައްޔަނުކޮށްފަ އެވެ. ގޯޑަން އެންޑްރޫ ސްޓުއާޓް އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ، އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މި ހަފުތާގައި ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ބަންދު ދުވަސްތަކަށް ފަހު، އޭނާ އެމްއޭސީއެލްގެ ޚިދުމަތަށް ރަސްމީކޮށް ނުކުމެވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭކް
28 July 2020
ކޮންގްރެޓްސް ޓު އިބްރާހިމް ނޫރައްދީން އެންޑް ހިސް ބޯޑް އޮފް ޕަޕެޓްސް. ބޭނުންވި ބޯޑްގެ ފެށުން މިއޮށް އައީ.
ބަންޑާރީ
27 July 2020
މެނޭޖިން ޑިރެކްޓަރ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ ގޯޑަން އެންޑްރޫ ސްޓުއާޓް ހުންނަވާ ގެކޮޅު ކުލި 65000.00 ރުފިޔާ އެކޮމެޑޭޝަންގެ އެހެނިހެން ޚަރަދަށް ދުވާލަކަށް 2500.00 ރުފިޔާ މުސާރައަށް މަހަކު 35000.00 ޑޮލަރ . އަނެއްހެން ބަލާއިރު ވަރަށް ކުޑަ މުސާރައަކަށް މިބޭފުޅާ ގެނެވިފައި މިހުރީ. ދިވެހިންގެ ތެރޭގައި މިތަން ހިންގާލެވޭވަރުގެ ބޭފުޅަކު ހަމަނެތީ. މީގެ ކުރިންވެސް މިތަން ހިންގާނެ ރަނގަޅު މީހަކު ނުލިބިގެން ދިވެހިން ލައިގެން ތަން މިހިންގުނީ.
ބަންޑާރީ
27 July 2020
މިއޮތީ އަހަރެންބުނާ ދުވަސްއައިސްފަ. ދެންވީ ލިބުނުތަޖުރިބާގެ އަލީގައި ޤައުމަކަށް ފަރުދަކަށް ކޮށްދެވޭނެކަމެއް ފުރުޞަތެއްނޯންނާނެ. ގުދާރު ބިންދައިގެނ ދާވަރުގެ ބުރަމަސައްކަތް ކުރާމީހުން 65 އަހަރުވީމާ އެމީހުން ވަރުބަލިވީކަމަށްބެލިދާނެ. އެކަމަކު ތަޢުލީމީ މުސްކުޅިން އެމީހުންގެ ތަޖުރިބާއާއި މަޢުލޫމާތު އެހެންމީހުންނަށް ފޯރުކޮށްދިނުމަށް އެމީހުންގެބޭނުން ނުހިފަންވީ އަޅޭފަހެ ކީއްވެތަ. މިދަންނަަނީ 65 އަހަރުވީމާ ޑޮކްޓަރަކުވެސް ނަގާއެހެލާފަ ބަހައްޓަވީތޯއޭހަމަ
ރަމަ
27 July 2020
ތީ ހަގީގީ ބަތަލުންނަކީ އެއްބަޑަސް ކޮއްކޮއަކަސް އެއޮންނަންޖެހޭ ކަމެއް އެކަމެއް އޮންނަންވާނެ ގޮތަކަށް ބައްޓަންކުރީމާ އެނިމުނީ. މަނިކުފާނަށް ފާގަތި ދުވަސްތަކަކަށް އެދެން.
ހާސްވެފައި
26 July 2020
ރިޓަޔާރ ކުރީ ދިރިއުޅުން ކިހާވަރެއްގެ އުސްމިނަކަށް ގެންދެވުނު ހިސާބުންތޯ؟ އަހަރެންވެސް ވަޒީފާގައި 30 އަހަރު ވާނެ މި އަހަރު އެކަމަކު ރިޓަޔާރ ކުރަން ކިތަންމެ ބޭނުންވިއަސް އިތުރުގޮތެއްނެތް އަދި އިތުރު ތިރީސް އަހަރު ވިއަސް އަލި މަގެއް ފެންނާކަށް ނެތް!
ޝާހިދާ
26 July 2020
އޯލް ދަބެސްޓް
ލޢިލާ
26 July 2020
އަންނިގެ ބާރު ހިނގާ ވެރިކަމެއްގަ އިގިރޭސިވިލާތުގެ ރައްޔިތުންނަށް ވަރަށް ގިނަ މަގާމްތައް ދޭނެ އޭނާގެ ވެރިކަމުގަ އައިޖީއެމްއެޗް އިސް މީހަކަސް ބިދޭސީއ ހުރި އަދި ރައީސްއޮފީހުގަ ވެސް ބިދޭސީން ތިބި
އެންދެރި
26 July 2020
ކުންފުނީގެ ބޮޑެތި މީހުންގެ ހަގީގަތް އެނގޭނީ އެކައެންޓް ތައް ބަލާމީ އެވެ. މުސާރަ އާ ނުބައްދަލެވެ.
ޓަކި މޫނާ
26 July 2020
މަ މިހިރީ ތިތަނުން ހަރީފް ކެނޑޭނެ ދުވަހެއްގެ އިންތިޒާރުގަ.
ޢެހެންތަ ހީވަނީ
26 July 2020
މިދިވެހިފަސްގަޑުން އުފެދިފަނެތީތަ މޫސާސޯލިހުއިސްތިއުފާދީ ރިޓަޔަރ ކުރުވީމަ ދެންއެމަގާމާހަވާލު ވާނެ މީހަކު ބޭރުންދާއޮޑިއޮޑިން މީހުންގެނެސް ބަލަދު ބަލަހައްޓަން މިހަވާލުވަނީ . މިވެސް ރައްޔިތުމީހާއަށް ހެއުއެދޭވަރުން ކުރާހާކަންކަން ދުތަ . ؟ . ގައުމުގެ ދަރިންގެ އަގުވަޒަން ނުކުރޭ . ބޭކާރު ބަޔަކަށްރައްޔިތުންހަދައިފި .
ައަހު މަދު
26 July 2020
އެއީ ޖަޒީރާވަންތަކަ މަކީ.