އެމްއޭސީއެލްގެ އާ ސީއީއޯ އަދި އެމްޑީ ގޯޑަން އެންޑްރޫ ސްޓުއާޓް.
27 ޖުލައި 2020 - 10:08
އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް، އިއްޔެ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފި އެވެ.
އިނގިރޭސި ވިލާތަށް އުފަން ސްޓުއާޓް އެ ދެ މަގާމަށް އައްޔަންކުރީ މިދިޔަ މަހުގެ 28 ގައި ކަމަށް ވިޔަސް އޭނާ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް މި ހަވާލުވެވަޑައިގަތީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އިއްޔެ ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ 39 އަހަރު ވަންދެން އެމްއޭސީއެލް އަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އާ ސީއީއޯ އަދި އެމްޑީ ސްޓުއާޓް އަކީ ޔޫރަޕާއި މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި އޭޝިއާ އާއި އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން 20 އަހަރަށް ވުރެ ގިނަ ދުވަސް އޭނާ ހޭދަކުރެއްވީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަމުތަކުގަ އެވެ.
ސްޓުއާޓް ސޮއިކުރައްވައި، އެމްއޭސީއެލްގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން އޭވިއޭޝަން ދާއިރާ އަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް އެކުގައި މަސައްކަތް ކޮށް، އެކަމުން އަރައިގަނެވޭނެ ކަމަށެވެ. އެ ގާބިލުކަން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އެއް ކުންފުނި އެމްއޭސީއެލްގެ މުވައްޒަފުންގެ ކިބައިގައި ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އަށް ރަސްމީކޮށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކު އައްޔަން ކޮށްފައި މިވަނީ ގާތްގަޑަކަށް ދެ އަހަރަށް ފަހު އެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވި އާދިލް މޫސާ އިސްތިއުފާ ދެއްވީ ސަރުކާރު ބަދަލުވުމާ ގުޅިގެން ނޮވެމްބަރު 2018ގަ އެވެ. އޭގެ ފަހުން އެ ކުންފުނި ހިންގުމުގެ ޒިންމާ ނެންގެވީ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މޫސާ ސޯލިހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުދަން
28 July 2020
ގޭދޮށުގެ ހުރިހާ ކުދިންނަށް ވަޒީފާދީ ހަމަ ދެން ދިވެސްކު ނުފެނުނީތަށް
ކޭކް
28 July 2020
އެހެންވީމަ މިއަދުން ފަށައިގެން އެމްއޭސީއެލް ބޯޑުގަ މިތިބެނީ މަހުޖަނުންތަކަކާ ބޮޑުމުސާރަ ލިބޭ އިނގިރޭސި ވިލާތުމީހެއް. ކޮމްޕެނީގެ އާދައިގެ ދިވެހިމީހާއައް އަޅާލަންހުރީ ކާކު ދެން؟
ދިވެހީނަށް ކުރެވޭނެ - ކުރާނެ
28 July 2020
ދިވެހީން ދޯ މިހުރިހާތަންތަން މިފެންވަރަށް ގެނައީވެސް.. އދ ޓޫރިޒަމް ރާއްޖޭގަ ނުހިންގޭނެ ކަމަށް ބުނީމަ އޭރު ނާސިރު ވިދާޅުވީ ދިވެހީންނަށް ކުރެވޭނެ، ދިވެހީން ކުރޭނެ..! މީދޯ ލީޑަރޝިޕަކީ، ކަންކަން ކުރުވުން.. އޭގެ ބަދަލުގައި ދިވެހީންނަށް ނުވާކަމަށް ސައްލާކުރާ މާލަމުގައި ވާހަކަދައްކައި.. ދޮން ފަރަންޖީނަށް ނުކަތާވަރުގެ ބޮޑު މުސާރައާއި އިނާޔަށް ދިނުންތޯ ކުރެވުމަކީ. ބޭރުމީހުން ތިބިތަނަކާއި ދިވެހިން ތިބިތަނަކާއި އެބުނާ ބޮޑު ތަފާތަކުން ކުރި އަރާފައި ނުވޭ
މަތާރަން
28 July 2020
ސުމަކުން ފެށިގެން 1.5 މިލިއަން އާ ހަމަޔަށް ތި އެއާރޕޯޓުގައި ޚިދުމަތްދިނީ ހަމަ ދިވެހިން ނޫންތޯ! ބަލި މަޑުކަމާއި ހެދި ދަތުރު ފަތުރު ހުއްޓުނީމަ ބޮޑު މުސާރަ ދީގެން ބޭރުމީހަކު ގެނައުމުގެ ބޭނުމެއް ނުވިސްނުނެވެ. މަތީ މަގާމުތަކަށް ބިދޭސީން ގެނައުމަށް އަމިއްލަ ފަރާތްތަކަށް ހިއްވަރު ދިނުން ނޫން އެހެން މަންފާއެއްކުރާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ.
ބޮޑުހުސޭނު
28 July 2020
ދިވެހިންގެ ޖީލެއް ހަލާކު ކޮށްލައިފި، އަންޕްރޮފެޝަނަލް ޖޮބްސްގަ ބޭރުމީހުން، ދިވެހިން ތިބީ ބިޑިބޯން ވާނުވާގަ. ޕްރޮފެޝަނަލް ޖޮބްސްގަ ބޭރު މީހުން، ފޯރާމީހުން ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކޮށްފި. ގޭންގްސްޓާރސް ޕެރެޑައިސް.
ފޫހި
28 July 2020
އެމްޑީޕީއަށް ވޯޓް ދިނުން ނިމުނީ. ގައުމުގެ މުހިންމު ތަންތަން ބިދޭސީންނަށް ދިނުމާއި ބިދޭސީން މަތީ މަގާމުތަކަށް ލަނީ ދިވެހިން ނިކަމެތިކޮށްފަ. ގައުމެއް ކުރިއަރާދާނީ ގައުމުގެ ދަރިންގެ އުފެއްދުންތެރިކަމާއި ގައުމުގެ ދަރިންގެ މަސައްކަތުން.
ހަސަން ފިކުރީ
28 July 2020
ކުރިން ހުރި އާދިލް މޫސާ އަކީ ދިވެއްސެއް ! ވީ ކޮންކަމެއް؟ ކުރިން ހުރިހާ އެމްޑީންނަކީ ވެސް ދިވެހިން . އެކަމަކު ހަމަ ބާލިދީ ބަހައްޓައިގެން ދޯ އެއާޕޯޓް ހިންގީ.
ހަސަނަ
28 July 2020
ވަރަށް ބޮޑަށް އެނގިފަ ތި ހުރީ.
ސަގަރޭ
28 July 2020
އެސްޓީއޯ، ފިޔުލް ސަޕުލައިސް، ފެނަކަ، ސުޓެލްކޯ، މިފްކޯ، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއ މްޓީީޑީސީ، އައިއޭއެސް، އެގުރީ ކޯރޕަރޭޝަން ހުސް ހުވަދޫ މީހުން އެ ހިންގަނީ، ކީއްވެ އެ މްއޭސީއެލް ހުވަދޫ މީހުންނަށް ނުހިންގެންވީ، ހަ މަ ދިވެހިންނޭ އެއީ ވެސް.
ޙާލަތު
27 July 2020
ތިމަޤާމް ދިވެއްސަކަށް ނުދިނީ ކީއްވެތޯ. ހެޔޮނުވާނެ ކިޔަވައިގެންތިބި ދިވެހިންގެ އަގުވައްޓާނުލާ. ކިތައްހާސް ޑޮލަރުތޯ މުސާރައަކީ. ޤައުމުގެ މައިދޮރަށި ބޭރުމީހެއްގެ އަތްމައްޗަށް ދޫކޮއްލުން ބަލައިނުގަނެވޭނެ.
ކުުދެދެދެ
28 July 2020
ދިވެހިން ގާބިލު ނުވޭ. އަދި ޒިމްމާދާރުކަން އެެހާބޮޑު. ކަޓުޖެއްސުން ނޫކަމެއް ދިވެހިން ނުކުރާނެ. އެއީ ހަގީގައް.
ގައިސް1
27 July 2020
މީނައުޅުނު ކުންފުނިތަކުގެ ނަން ނަންތައް ހާމަނުކުރީ ކީއްވެބޭ، ކޮންމެ ސަރުކާރެއް އޮތަސް ދިވެހިން އަދިވެސް ބައިތިއްބަން ބޭނުން ވަނީ 1980، މިވޯޓުޓު ހޯދަން އަންނަ މެންބަރުންނައް ނުކެރޭ މިވަރު ކަމެއްވެސް ކޮއްދޭކައް.
ގަބުޅި ބޯ
27 July 2020
ސަރުކާރަށް ދިވެއްސަކަށް ޒިންމާދާރު ވަޒީފާއެއް ދެވޭކަށް ނެތް! ދިވެއްސަކަށް ދެންޏާ ދޭން މިޖެހެނީ ސިޔާސީ އެކްޓިވިސްޓަކަށް. ގާބިލްކަމާއި ހުނަރަށް ބަލައިގެން ދިވެއްސަކަށްދީފިނަމަ އެކްޓިވިސްޓުން ބޮޑާ ހާކާނެ ! ޢެހެންނޫނަސް، އަބަދުވެސް ސިޔާސަތަކީ މައި ދޮރޯށި ބޭރު ބައެއްގެ ބެލުމުގެ ދަށުގައި ބޭއްވުން!
ފޮޑި2
27 July 2020
ގާބިލްކަމާއި ހުނަރަށް ބަލައިގެން ދިވެއްސަކަށްދީފިނަމަ ަަަަަަަަަަަަަަަަަައެކަކުވެސް ނުރުހޭ. ޙާސަކޮދިވެހިން. އ