29 ޖުލައި 2020 - 13:43
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް، ތިން ވަނަ ދައުރަކަށް މުހައްމަދު ތޮލާލް އިންތިހާބުވެވަޑައިގެންފި އެވެ.
އޭނާ އިންތިހާބު ކާމިޔާބުކުރެއްވީ، ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ވާދަކުރައްވައި 15 ވޯޓް ހޯއްދަވައިގެންނެވެ. ޔަޒޫ އަށް ހޯއްދެވުނީ އެންމެ ވޯޓެކެވެ.
އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމް، އަހުމަދު އަޒީލް ވަނީ 15 ވޯޓް ހޯއްދަވައިގެން ދިފާއުކުރައްވައިފަ އެވެ. އެ އަދަދަށް ވޯޓް ހަމަކުރައްވައިގެން، ހަޒާންދާރުގެ މަގާމަށް ހޮވިވަޑައިގަތީ މުސްތަފާ މުހައްމަދެވެ. މި ދެ މަގާމަށް ވެސް އިތުރު ކެންޑިޑޭޓަކު ވާދަނުކުރެ އެވެ.
އެކްސްކޯ އަށް ހޮވިވަޑައިގަތީ 15 ވޯޓާ އެކު މުހައްމަދު ޝުޖާއު އާއި 14 ވޯޓާ އެކު ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އަދި 13 ވޯޓާ އެކު ހުސެއިން އަމީން ނަސީރެވެ. ދެން ވާދަކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އަށް ދެ ވޯޓް ލިބުނުއިރު، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަށް ލިބުނީ އެންމެ ވޯޓެކެވެ.
އެކްސްކޯގެ އަންހެން މެމްބަރުގެ މަގާމް ކާމިޔާބުކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ޔާސްމީން އަބްދުﷲ އެވެ. އޭނާ ވަނީ 15 ވޯޓް ހޯއްދަވައިފަ އެވެ.
އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ ދައުރުގައި ރާއްޖޭން ވަނީ އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ލިބުން ހިމެނެ އެވެ. އަދި އޭޝިއާ ފެންވަރުގެ މުބާރާތްތަކުން ވެސް ވަނީ ކާމިޔާބީ ހޯދައިފަ އެވެ. މީގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ލެވެލްގައި މި ކުޅިވަރުގެ ތެރެއަށް ވަންނަ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިކްކެޓް
01 August 2020
ކަލޯ ޑިކްޓޭޓަރަކަށްވަނީ މައުމޫނު ކިޔާ މީހަކު 30 އަހަރަށް ވެރިކަންކުރުން. އެހެންމީހަކު 30،40 އަހަރު ވެރިކަން ކުރަންޏާ އެއީ ދީމުގުރާތީ ވުން.
ނަޝީދު.
31 July 2020
ތިގޮތަށް 40 ދައުރަށް ރައީސްކަން ކުރީމާ ކިޔަނީ ޑިކްޓޭޓަރު. ޖަމިއްޔާތަކުގެ ގާނޫނު އިސްލާހުކުރަންޖެހޭ އެކަކަށް ދެ ދައުރަށްވުރެން ދިގުކޮށް އެއްވެސް މަގާމެއް ނުފުރޭގޮތައް.
އަލީ ހުސެއިން
30 July 2020
މައުމޫންގެ 30 އަހަރުގެ ހިޔަނީގަ އުޅޭ ބައެއްމީ، ކަމިޝަނަރ އޮފް ސްޕޯރޓްސް އެބަޖެހޭ 2 ދައުރައްވުރެ ގިނަ ދުވަހު ނުތިބެވޭގޮތައް އެސޯސިއޭޝަންގެ ހިންގާ ގަވައިދުގަ ހިމަނަން މަޖްބޫރު ކުރަން
އައްޔަ
29 July 2020
ތިތާކުނެތް އެތުލެޓިކްސްއަށް ހެޔޮއެދޭ ބައެއް. ހަމަ އަމިއްލަ އެދުމައިގެން އުޅޭ މީހުންތީ. އަމިއްލަ އަންބޮޑި ބޮޑުކުރަން.
އޯކޭ
29 July 2020
ތި އެސޯސިއޭސަން އަނެއްކާވެސް ޔާމިން މެޑަމް އަތްދަށަށް.
ޝިހާނު
29 July 2020
ޢެއްވެސް ހާޅެއްގައި ޔާމީން މެޑަމް އަތްދަށަށް ދިޔައީކީ ނޫން! ޠޮލާލް އަކީ ސިޔާސީ ކޮންމެ ފިކުރެއްގެ މީހެއް ކަމުގަ ވިޔަސް އެތްލެޓިކްސް އަށް ވަރަށް ޑެޑިކޭޓެޑް މީހެއް! ޠޮލާލް އާއި ވާދަކުރާނެ އެފެންވަރުގެ މީހެއް ކުރިމައްޗެއް ނުލާ!
ރަދީފްއޮފިޝިއަލް
29 July 2020
އެތުލެޓިކްސް ، ސްވިމިންގް އަދި އޮލިމިކް ކޮމިޓީ އަބަދުވެސް އެއްބަޔަކު ޑޮމިނޭޓްކުރާތަން މިފެންނަނީ.ސްވިމިންގަ އެސޯސިއޭޝަނުގަ ވެސް ކޮންމެވެސް ޗަމްޕޫއެއް އިންނަވާތާ އަހަރެންގެ އުމުރުން ވީދުވަހެއް މިވީ.ވ.ވެދުން
ޝާޑު
29 July 2020
މަރުހަބާ ތޮއްލެ.