ވިޔަފާރި / އެސްޓީއޯ

އެސްޓީއޯގެ ސާފު ފައިދާ އާއި އާމްދަނީ ވެސް ދެވަނަ ކުއާޓަރުގައި ދަށަށް

އެސްޓީއޯގެ ހެޑް އޮފީސް: ކުންފުނީގެ ފައިދާ ކޮވިޑް-19އާ ގުޅިގެން ވަނީ ދަށްވެފައި -- ފައިލް ފޮޓޯ: މިހާރު

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބުނަސް އެ ކުންފުނީގެ ސާފު ފައިދާ އާއި އާމްދަނީ ވެސް ދަށްވެއްޖެ އެވެ.

އެސްޓީއޯ އިން އާއްމުކުރި "ކުއާޓަލީ" ރިޕޯޓު ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ 10 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާއަކީ 114 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނަސް ދެވަނަ ކުއާޓަރުގެ އާމްދަނީއަކީ 1.2 ބިލިއަން ރުފިޔާ އެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެސްޓީއޯގެ ސާފު ފައިދާ އާއި އާމްދަނީ ދެވަނަ ކުއާޓަރުގައި މިހާ ބޮޑަށް ދަށްވީ، މިދިޔަ މާޗު ގައި ރާއްޖެ އިން ފެނުނު ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުންނެވެ. މި ބަލީގެ ސަބަބުން ހުރިހާ ގައުމެއްގެ ވެސް އިގްތިސާދަށް އަސަރު ކޮށްފައިވާއިރު، މި އަހަރު ގިނަ ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާ ދަށަށް ދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވެސް ވަނީ ލަފާ ކޮށްފަ އެވެ.

އެސްޓީއޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެ ތަނުން ވަނީ މިދިޔަ އަހަރުން ފެށިގެން ހިންގުމުގެ ހަރަދު ކުޑަކޮށްފަ އެވެ. މި ފިޔަވަޅުގެ ސަބަބުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 358 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފަ އެވެ.

17 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 42%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާސަރު

01 August 2020

މިދިޔަ އަހަރުގެ ފައިދާ އަދިވެސް ނުބަހަނީ ކީއްވެ!؟ ދަތި ދުވަސްވަރު ފައިދާގެ ލާރިކޮޅު ލިބުނަސް ކޮންމެސް ލުޔެއް ލިބޭނެދޯ. އެސްޓީއޯ އެކަނިއެއް ނޫން ބެންކުންވެސް ފައިދާ ނުބަހާ!

The name is already taken The name is available. Register?

މަރުމމމަރުމޯލު

01 August 2020

ސާބަހޭ. ކޮންމެ ފަހަރުކުވެސް ހިއްސާގެ ފައިދާ ބަހަނީ އަހަރީ ޖަލްސާގެ ފަހުން ދޯ.

The name is already taken The name is available. Register?

ޝޫޝީ

01 August 2020

2019 ގެ ސާފު ފައިދާ،އިން ހިއްސާދާރުންގެ ހިއްސާގެ ފައިދާ ލިބެންޖެހޭ ފަރާތްތަކަށް އެ ފައިދާ ދެވުނުބާ؟

The name is already taken The name is available. Register?

މަރުމޯލު

01 August 2020

އަދި އަހަރީ ޖަލްސާ ނުބާއްވާކަން ނޭނގޭތަ. އެޖަލްސާ އިން ދޯ އަދަދު ފާސްކުރާނީ. ސަހަރޯ ހީވޭ.

The name is already taken The name is available. Register?

ލުއިނުލިބޭ

01 August 2020

އެއްޓީ އޯ ތަންތަނަށް ވުރެ ދިރާގު ތަންތަން ކުރީގަ ޓެރިފް އިންތިހާ އަށް ބޮޑުކޮން

The name is already taken The name is available. Register?

ޖަންބެ

31 July 2020

ދެން ހުރިހާ ތަނަކުން ގެއްލުން ވީމަ ބުނާނީ އެއީ ކޮވިޑްގެ ސަބަބުންނޭ. މިސް މެނޭޖްމެންޓެއް ކޮރަޕްޝަނެއް ނުފެންނާނެ

The name is already taken The name is available. Register?

ނަޝީދު.

31 July 2020

އެސް.ޓީ.އޯއިން ފައިދާވުން، ސްޓެލްކޯއިން ފައިދާވުން، އެމް.ޑަބްލިއު،އެސް،ސީ އިން ފައިދާވުން މީ ބޮޑެތި ޖޯކު! ތިތަންތަން ހިންގަންޖެހޭނީ ކިރިޔާ ހަރަދުތައް ހަމަޖެއްސޭވަރަށް. ބޮޑެތި ފައިދާހޯދާކަށް ނޫން!

The name is already taken The name is available. Register?

ވިސސަމްސާ

01 August 2020

އެހެން ތަންތަނުގެ ގޮތެއް ނޭނގެ. އެކަމު އެސްޓީއޯ އަކީ ރައްޔިތުން ދޭ ޓެކްސް ފައިސާ އިން ހިންގާ ތަނެއް ނޫން. އެހެންވީމަ ނުޖެހޭ ކޮންމެހެން ކިރިޔާ ވާވަރަށް ހިންގާކަށް.

The name is already taken The name is available. Register?

ނާސިރު ބޭނުމީ މިނިވަންކަން.

31 July 2020

އެސްޓިޔޯއައްތަ ގެއްލުންމިވަނި މުޅިރާއްޖެއަވެސް ގެއްލުން މިވަނީ މި ސަރުކާރުގެ ހިންގުން ތެރިކަން ނެތުމުން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

31 July 2020

ކުރީގެ ސަރުކާރުން އެސްޓިޔޯއައް ބޯޓުފަހަރު ގެންނަނީ ގަނެގެން. މި ސަރުކާރު ބޯޓުފަހަރު ގެންނަނީ ކުއްޔައް ޤައުމު ދަރާ ގޮތައް. މީ 2 ސަރުކާރުގެ ތަފަތަކީ

The name is already taken The name is available. Register?

ނެތީމޭނެތީމޭ

31 July 2020

އެސްޓީއޯގެ ފައިދާ ދަށަށް ދިޔައީބާ ނުވަތަ ކޮވިޑްގެ ދަނޑިވަޅުގެ ބޭނުން ކޮށްގެން އެސްޓީއޯ އަށްވީ ފައިދާ އިން ބައެއް އެތަނުގެ ބޮޑުންގެ ޖީބަށް ކަހާލީބައޭ މީއޭ މަމެންނަށް ޑޭ ޑްރީމްސް ގެ ގޮތުގައި ފެންނަ އެއްޗަކީއޭ މަމެެން ބުނަން ނެތީމޭ...

The name is already taken The name is available. Register?

ތިރިބެ

31 July 2020

104މިލިޔަނަކީ އެތަނައްބަލާއި ސުމެއް ކަންމަތީ ފިހާރައައް އެއްރުފިޔާ ފައިދާވިއަސް މާރަގަޅު ސުކޭލައްބެލީމަ

The name is already taken The name is available. Register?

މާއެނގޭ

31 July 2020

ދެލޯފުޅާ އެއީ 3 މަހުގެ ފައިދާ. އެއަށް ވުރެބޮޑު ފައިދާ އެތަނުން ހޯދަންވެއްޖެއާ ރައްޔިތުން ކޮޅަކައް ނުހުންނާނެ.

The name is already taken The name is available. Register?

ނަން

31 July 2020

އަނެއްވާހަކަ. ކޮންއިރަކު އެސްޓީއޯއަށް ގެއްލުންވީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454