މާލެ: މޭ 25، 2017: ދިރާގުގެ ހެޑް އޮފީސް: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އޯގަސްޓް 2020 - 12:58
ދިރާގުން ހޯމް ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި، އިތުރު ޑޭޓާ އާއި ސްޕީޑް ލިބޭނެ އެވެ.
ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ހޯމް ފައިބާ ބްރޯޑްބޭންޑުގެ އާ ޕެކޭޖުތަކެއް މި ތައާރަފުކުރީ، ޑިޖިޓަލް ޓެކްނޮލޮޖީއާ އެކު، ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިވާ ވަގުތެއްގަ އެވެ. މި ބަދަލު ގެނައީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި އެ މީހުންގެ ބޭނުންތަކަށް ބަލައިގެން ކަމަށް ދިރާގުން ބުނެ އެވެ.
ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާ އެކު، ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި އަވަސް ސްޕީޑު ވެސް ލިބޭނެ އެވެ. ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑުގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑު މި މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ހޯމް އިންޓަނެޓް
ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސަރު ވިދާޅުވީ، ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތަކަށް މި ގެނައި ބަދަލަކީ އެ ކުންފުނިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހު ފީން 21-40 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ އެވެ. އެގޮތުން ޑިޖިޓަލް ކޮށް ކިޔަވައި، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައްތައް ކުރުމަށް އިތުރު ފަސޭހަތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Dhiraagu
Dhiraagu - Leading digital services provider in the Maldives
ދިރާގު ވެބްސައިޓުން އަލަށް ގެނައި ބަދަލުތަކުގެ ތަފްސީލު ލިބޭނެ
ރާއްޖޭގެ ގޭބިސީގެ 76 ޕަސެންޓަށް މިހާރު ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ލިބޭނެ އެވެ. އަލަށް ގެނައި ބަދަލާ އެކު 16 ރަށެއްގައި މިހާރު ދިރާގުން ވަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެދުމާފަންނު މެދުހެންވޭރު
02 August 2020
ހެޔޮނުވާނެ، އަންލިމިޓެޑް ޕެކޭޖެއް ތަޢާރަފުކޮށްބަލަ، 2 އެމްބީޕީއެސްގައި ނަމަވެސް
އަލި
01 August 2020
ފާޑެއްގެ އޮޅުވާލުމެއް.
އެކްސް
01 August 2020
ޔާނު ތިބުނާ ކޮލިޓީ އަރާ ޢިރުކޮޅަކާ "ކަނެކްޝަން ސްލޯ" " އިންޓަރނެޓް ގުޅުން ކެނޑިފަ" މިހުންނަ ލަފްޒް ތައް ރަމްޒުކޮށްދެނީ ދރގ.
ޔާނު
02 August 2020
އެކްސް ކުޑަ ކޮށް އިންޓަނެޓް ވޯރކް ކުރާގޮތް ގޫގްލް ކޮއްލަބަލަ... ޓްރައިޓް ކަރެކްޓް ދި އިޝޫ!
މޫސަ87
01 August 2020
ބިލުން އެންމެރުފިޔާއެއްވެސް މަދެއްނުވޭ ހުސްފޮނިވާހަކަ
ގުއިބެ
02 August 2020
ކަލޭ ހަބަރު ކިޔާބަލަ ރަނގަޅަށް..ބިލުން މަދެއްނުވާނޭ..ސްޕީޑް މަތިވެފަ އެލޮވެނސް ބޮޑުވާނީ...
ޔާނު
02 August 2020
ވާނުވާ ނޭނގިހުރެ ހަމަ ކޮމެނޓް ކުރޭ... މޫސަ87 30ރ އަށް ގަންނަ އެއް ޕާން، މިހާރު ދެ ޕާން ލިބުނީމަ އެވީއަގު ހެޔޯ ދޯ. ދެންބުނޭ މަ ދެޕާން ބޭނުމެއްނޫނޭ!
ޟަމީމް
01 August 2020
ސަޅި!
ާއަސާ
01 August 2020
ބުރޯ ...އަޕްލޯޑް ސްޕީޑް އިތުރު ކޮއްބަލަ... ހާދަ ފަހަތެއްގަ ދޯ ތިއުޅެނީ
ދިރާޖު
01 August 2020
ހަމަ މަރެއް ދެލޯފުޅާ. މިއަދު މީ މިފެށުނު މަހުގެ އެކެއް. ދެންމެ ބެލެންސް ބަލާލިއިރު 25ޖީބީ ގެތެރެއިން ބާކީ އިނީ 6ޖީބީ ކަމަށް ދިރާގު ސިސްޓަމުން ދައްކަނީ. މިވަރަކަށް ދޯ ސްޕީޑު ފާސްޓްވާނީ. ޢަދި މީ އެބުނަ ފައިބަރެއްވެސް ނޫންތޯއްޗެއް. ދެންމަ ހީހީ.ދިރާޖު.
އަހުމަދު3333
01 August 2020
ޑޭޓާ ކެޕް ކޮންސެޕްޓްދޫކޮއްލާ ހަމައެކަނި ސްޕީޑައް އަގު ނަގަަންވީނު... ކޮންޑޭޓާ ޑޭޓާ އެއްތޯ.. ތިބޭފުޅުންގެ އަތުގައި އެވަރުގެ ބޭންޑްވިތެއްނެތިއްޔާމު އިތުރުކުރަންވީނުންތޯ.. ޑޭޓާ ކެޕް އަޅުވަނީ އޭގެސަބަބުން އިންޓަނެޓް ބޭނުންކުރުމުގައި އާރޓިފިޝަލް ޑިމާންޑެއް އުފައްދަން.. އިންޓަރނެޓް ސާރވިސްޕްރޮވައިޑާއަކީ ކޭބަލް ގުޅާދޭފަރާތް.. ބޭންޑްވިތުހުރިއްޔާ ކިތަންމެ ޖީބީއެއްބޭނުން ކުރިޔަސް އެމީހުންނައްކީއްތޯ. ލޯޑްއަރާނީ ފޭސްބުކަށް ގޫގުލްގެ ސާރވާތަކައް..
ސައިމާ
01 August 2020
އެކޮޔަށް ޕިއަރިންގ އެއީ ކޯއްޗެއްކަން އިނގޭހެނެއް ހިއެއްނުވޭ. ނިކަން ރިސާޗުކޮށްލާފައި އައިސް ދޭހަވިއެއްޗަކާ، ތިކޮށްފައި އިން ކޮމެންޓާހުރި ފަރަގު ބަލާލަބަލަ. ފަހަރެއްގައި ކުޑަކޮށް ލަދުގަނެފާނެ. އެކަމަކު އެއީ މައްސަލައެއްނޫން. މިސްޓޭކްވެސް ހެދޭ ފަހަރުވެސް އަންނާނެތާ.
ރާއްޖޭގެ ގެދޮރުނެއް މީހާ
01 August 2020
ތިޔަޑާޓާޔާ ޑޭޓާޔާ ހުރިހާ އެއްޗެއްފްރީކޮއްދިނީމަވެސްމަސްނިމުމުގެކުރިން ހުސްވޭތިޔަ ބުނާ ސްޕީޑް ފާސްޓްކަމުންމަސްފެށޭއިރެކޭ ނިމޭ އިރެކޭ ތަފާތެއް ނުހުރޭ!އެހެންބަޔަކު ހިދުމަތެއް ދީފާނެތީ މޮޅެތިވާހަކަ ދައްކާގެން ގޮތްދޫނުކުރަން މަށަށްވާނޭ ކިޔާފަ ހަމަހިފަނީ ދަމަނީ!!މަށަށް ވެސްދިނީ ލޮޓި ބޮޑުޕެކޭޖެއްނަގައިގެންލާރިދައްކަދައްކާހަމައަވަދި! އަދި މިމީހުންގެ ކަސްޓަމަރ ކެއާރ އަށް ގުޅާގެން ބަރާބަރު 1ގަޑިއިރު ހުއްޓަސް ބުނާނީހަމަ މިހެން ކުޑައިރުކޮޅަކުންޖަވާބްއަރުވާނަން!
ރނ އދރ
01 August 2020
ތިވެސް ދެން މޮޅު އެއްޗެއް ޖަހާލީ ދޯ؟
ޔާނު
01 August 2020
ތީ މޮޔައިން އުޅޭފާޑު، ކޮންމެ ގޮތަކަށް ބެއްޔަސް، ދރގ ގެ އިންޓަރނެޓް މާބޮޑަށްވެސް ކޮލިޓީވެފަ އަގުހެޔޮ. އޮނަރަބްލް އަފީފު ދީދީ، ކުޑަކޮށް ކޮމްޕެއަރކޮށްލަބަލަ! ތްރޮޓްލް ވާކަން އެނގޭދޯ؟ https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx
މޫސާބެ
01 August 2020
ޔާނު އަށް ދިރާގުން ފުރީކޮށް ޑާޓާ ދޭ ދޯ
ޔާނު
01 August 2020
ނޫނޭ މޫސާބެ...ހަމަ ގަނެގެން ޑޭޓާރ ބޭނުންކުރަނީ...