މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 21 ހައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ބޮބީ ޑިއޯލްގެ އަލަތު ވެބް ފިލްމު "ކްލާސް އޮފް 83" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް އިން ގުޅިގެން ގެނެސްދޭ ތިން ވަނަ އުފެއްދުމެވެ. އަތުލް ސަބްރަވާލް ޑައިރެކްޓްކޮށްފައިވާ "ކްލާސް އޮފް 83" ގައި ބޮބީ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބޮބީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ހައުސްފުލް 4" އިންނެވެ.

މި މަހުގެ 21 ގައި "ކްލާސް އޮފް 83" ނެޓްފްލިކްސް އިން ސްޓްރީމްކުރާ އިރު މި މަހުގެ 28 ގައި ބޮބީގެ ވެބް ސީރީޒް "އާޝްރަމް" އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރާނެ އެވެ. އޭގެ ޑައިރެކްޓަރަކީ ޕްރަކާޝް ޖާ އެވެ.

ޝަކުންގެ ފިލްމު ލަންކާގައި

މި އަހަރުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި ޑައިރެކްޓަރު ޝަކުން ބަޓްރާގެ އާ ފިލްމު ޝޫޓްކުރާނީ ސްރީ ލަންކާގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ލޮކްޑައުންއާ ދިމާކޮށް މެދުކަނޑާލާފައިވާ އިންޑިއާގެ ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އަލުން ފަށާނެ ކަމަށް ބެލެވޭތީ މި އަހަރުގެ ފަހުކޮޅުގައި ޝަކުންގެ ފިލްމުގެ ޝޫޓިން އަށް ލަންކާ އަށް ދާނެ ކަމަށެވެ. ނަން އަދި އިއުލާންކޮށްފައި ނުވާ މި ރޮމޭންޓިކް ތުރިލާގެ ތަރިންނަކީ ދީޕިކާ ޕަދްކޯނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން އަނަންޔާ ޕާންޑޭ އެވެ. ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 12 ގަ އެވެ.

ޝަކުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "ކަޕޫރް އެންޑް ސަންސް" އެވެ.

ސުނިލްގެ އާ ޝޯއެއް

"ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކުރިން ހިއްސާވި މަޝްހޫރު ކޮމީޑއަން ސުނިލް ގްރޯވާ އާ ޝޯއަކާ އެކު އަންނަން ތައްޔާރުވާން ފަށައިފި އެވެ.

މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސްޓާ ބާރާތުން ގެނެސްދޭން ހަމަޖެހިފައިވާ ނަމަކީ "ގޭންގްސް އޮފް ފިލްމްސްތާން" ކަމަށާއި މިއީ ވަރަށް މަޖާ ޝޯއަކަށްވާނެ ކަމަށެވެ. އެކަމަކު އޭނާ ކުރިން ކަޕިލް ޝޯގައި ދެއްކި ޑރ. މަޝޫރް ގްލާޓީ އާއި ގުއްޓީގެ ކެރެކްޓާ އާ ޝޯ އިން ނުފެންނާނެ ކަމަށާއި އަންނާނީ މުޅިން އާ ކެރެކްޓާއަކާ އެކު ކަމަށް ބުންޏެވެ.

ސަލްމާން ޚާންގެ "ބާރަތު" އާއި ޓައިގާ ޝްރޮފްގެ "ބާގީ" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ސުނިލް ބުނިގޮތުގައި އޭނާގެ އާ ޝޯއިން ފެންނާނެ ފަންނާނުންގެ ތެރޭގައި "ބިގް ބޮސް 11" ކާމިޔާބުކުރި ޝިލްޕާ ޝިންޑޭ އާއި ޑރ. ސަންކެތު ބޯސްލޭ އާއި ސުގަންދާ މިޝްރާ އާއި ސިދާތު ސާގަރް އާއި ޖަތިން ސޫރީ އާއި ޕަރިތޯޝް ތުރިޕަތީ ހިމެނެ އެވެ.

ނަމަވެސް ޝޯ ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. ކަޕިލްގެ ޝޯއިން ވަކިވި ފަހުން ސުނިލްގެ ޝޯއެއް ސްޓާ ޕްލަސް އިން 2018 ގައި "ކާންޕޫރް ވާލޭ ކްރާނާސް" ގެ ނަމުގައި ވެސް ގެނެސްދިނެވެ.

"ޔޭ ރިޝްތާ" ގެ ދެ ތަރިންގެ ދެ ލަވައެއް

ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލެތާ ހޭ" ގެ ދެ ތަރިން ކަމަށްވާ ޝިވާންގީ ޖޯޝީ އާއި މުހުސިން ޚާންގެ ވީޑިއޯ ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 11 ގައި އާންމުންނަށް ދޫކޮށްލާ ލަވައިގެ ނަމަކީ "ބާރިޝް" އެވެ. މީގެ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"ބާރިޝް" އަކީ ޕާޔަލް ދޭވްގެ މިއުޒިކަށް އޭނާ އާއި ސްޓެބިން ބެން ކިޔާފައިވާ ލަވައެކެވެ. މީގެ ޅެން ހަދާފައި ވަނީ ކުނާލް ވަރުމާ އެވެ. އަދި ވީޑިއޯ ޑައިރެކްޓްކުރީ އާރިފް ޚާނެވެ.

"ބާރިޝް" އަކީ ޝިވާންގީގެ ދެވަނަ ވީޑިއޯ ލަވަ އެވެ. އެކަމަކު މިއީ ލޯބިވެރިޔާ މުހުސިނާ އެކު އޭނާ ފެނިގެންދާ ފުރަތަމަ ވީޑިއޯ ލަވަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީށް

09 August 2020

ބޮބީ ހާދަ ތަފާތޭ! ވ ހަރު ވައްތަރު ޖަހާފި! ހެހެހެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454