ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ފާސްކުރި ބޭފުޅުން (ކ-ވ) އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު، މިހާރުގެ ފިނޭންސް މިނިސްޓަރު އަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު ޖިހާދު އަދި މިހާރުގެ އޮޑިޓަ ޖެނެރަލް ހަސަން.
10 އޯގަސްޓް 2020 - 15:16
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ލޯނުތަކާއި ދައުލަތުން ދީފައިވާ ގެރެންޓީތަކުގެ ސައްހަކަން ޔަގީން ކުރުމަށް އެ ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރުގެ އިތުރުން މިހާރު މާލީ އިދާރާތަކުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން މަޖިލީހަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނި އޮތްވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދިވަޑައިގެން މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފަ އެވެ. އެ މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީއަކަށް ގެންދަން މިއަދު ފާސްކޮށް މިއަދުގެ ޖަލްސާ ނިންމާލުމާއެކު އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވައިފަ އެވެ.
Ameer dharani manage kuravvaaleh rangalheh noon: Nasheed
The most trusted news source in the Maldives
Mihaaru
ދަރަނީގެ މައްސަލަ މަޖިލީހަށް ހުށަހެޅުން
ކޮމެޓީ އަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް މަޖިލީހަށް ހާޒިރު ކުރުމަށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވީ އެ ލޯނުތައް ނެގި މުއްދަތުގައި ފިނޭންސް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހާޒިރުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ފަހުން ނައިބު ރައީސްކަން ވެސް ކުރެއްވި ޖިހާދާއި މުނައްވަރެވެ.
އެ ދެ ހުށަހެޅުން މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރީ ވޯޓްގައި ބައިވެރިވެ ވަޑައިގަތް 56 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީގައި ނަޝީދު ވިދާޅުވީ އެކިއެކި ކަންކަމަށް ސަރުކާރުން ގިނަ އަދަދެއްގެ ރަށް ކުއްޔަށް ދީފައިވާއިރު ބައެއް ކުންފުނިތަކުން އެ ރަށްތަކުގެ ހެޑްލީސް ބެންކްތަކުގައި ބަހައްޓާ ކަމަށެވެ. އެގޮތަށް ބެންކްތަކުގައި ހެޑްލީސް ބެހެއްޓެނީ ސަރުކާރުން އެކަމަށް ހުއްދަ ދިނީމަ އެވެ. އެ ހެޑްލީސްތަކަކީ ދައުލަތުން ދޭ ގެރެންޓީއެއް ކަމަށް ބައެއް ބެންކްތަކުން ގަބޫލު ކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ ރާއްޖޭގެ ރަށްތަކުގެ ހެޑްލީސްތައް މިވަގުތު ހުރީ ކޮންކޮން ބެންކްތަކެއްގައިތޯ އެއީ އަޅުގަނޑު ހިތުން މި މަޖިލީހަށް ސާފުވެފައި އޮންނަން ޖެހޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މައުލޫމާތު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީގައި ސިޓީއަކުން ދަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދަރަނީގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިހުމާލެއް ނެތް ކަމަށެވެ. ނަޝީދު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދައުލަތް ދަރާފާނެ ކަމުގެ ބިރު މިދިޔަ ހަފްތާގައި އިހުސާސް ކުރެވުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަމިއްލަ ކުންފުންޏަކަށް ދައުލަތުން ދީފައިވާ ގެރެންޓީއެއްގެ ކަންކަން ރަނގަޅަށް ނުބަލަހައްޓާ އޮތުމުން ދިމާވި ކަންކަން ރައީސަށް އެނގިވަޑައިގެންނެވިއިރު ކަންކަން އޮތީ ވަރަށް ލަސްވެފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނަށް ސުންގަނޑި ހަމަވުމުގެ ކުރިން ނުދެއްކުނު ފައިސާ ސަރުކާރުން ދައްކަން އެންގުމުން އެ ފައިސާ ދައްކާފައިވަނީ ބީއެމްއެލް މެދުވެރިކޮށް ސިޔާމްގެ ކުންފުންޏަށް ލޯނެއް ދީގެން ކަމަށް ތުހުމަތު ކުރެ އެވެ.
ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
ނަމަވެސް ޖުލައި މަހުގެ ކުރިން އެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ލޯނުގެ ޕްރިންސިޕަލް އަދަދާއި އިންޓްރެސްޓް އަދި އެހެނިހެން ފީތައް ދެއްކުމަށް ގެރެންޓާގެ ހައިސިއްޔަތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ޗައިނާގެ އެގްޒިމް ބޭންކުން ސަރުކާރަށް އެންގި އެވެ.
ސިޔާމްގެ ކުންފުނިން ދެއްކީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައްކަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިތި މޫސަ
11 August 2020
މީ އަޅެފަހެ ސަރުކާރެއްހިންގަނީތަ؟ ނޫނީ ކަސައުޓީކަހަލަ ސިލްސިލާ ސީރީސެއްކުޅެނީތަ؟
އޮސްކާވީ
11 August 2020
ކަސޯޓީއަށްވެސް ހުތުރު ތިހެން ބުނީމާ!!
ޢިހްސާސް
10 August 2020
ޔާ މީނު ބުނި ދަރަންޏަށް ފައިސާ ހޯދީ މޭ ދައުލަތް ހިންގަން. ޢަދި އެދަރަނި އަދާކުރާނެ ގޮތްތައްވެސް ތި މަންނާއަށް އެނގެއޭ. ވީ މާ މިސަރުކާރަށް އެކަން ކުރަން ނޭންގެންޏާ ޔާ މީނަށް ގުޅަންވީނު. ނޫނީ ވެރިކަން ދޫކޮށްލަންވީނު.
ހަކީމު 2
11 August 2020
މަވެސް ތިޔަކަން ކޮއްލާފާނަން... ދެންމަށާ ހަވާލުކުރަންވީނު...
އެންދެރި
10 August 2020
މިހާރު މަހަކު ތިން ހަތަރު ބިލިއަން ނަގާ އިރު އެމައްސަލަ ބެލޭނެ ގޮތެއް ނެތެވެ. އުޅެނީ އެއް ބައެކެވެ. ދަރަނި މައްޗަށް ދަރަނި އެވެ. މެނޭޖް ކުރުމުގަ މައްސަލަ އެބަ އުޅެ އެވެ. އަދިވެސް މާހަރަދު ބޮޑީ އެވެ.
އިބިރިހިންބެއްޔާ
10 August 2020
ކީކޭ ބުނާނީ. ޤައުމު ހިންގަނީ މި ބާކީބެތަ؟
ގައިސް1
10 August 2020
ވައްކަން ކޮއްގެން އުފެއްދި އިކޮނޮމިކް ބަބުލް އަބަދުވެސް ފަޅައިގެންދާނީ ދައުރުބަދަލުވީމަ
ވަތަން އިސްކުރަންޖެހޭ
10 August 2020
ވެރިކަން ކުރަން ނޭގެންޏާ އިސްތިއުފާދީ.
ޝޮކްތެރަޕީ
10 August 2020
ލަންކާ ރައްޔިތުންނަ ވިސްނިއްޖެ އިންޑިޔާ ޖަހަމުންދާ އަދަގޮނޑި. ދިވެހިން ލަންކާ މިސާލަކައް ނަގައިގެން އަނެއްކާވެސް ޗައިނާގެ އެހީތެރިކަމާއެކީ ރާއްޖެ ތަރައްގީޔާ ދިމާލައް މިސްރާބު ޖަހަން ޖެހޭ. އިންޑިޔާގެ ބޭނުމަކީ އަސްކަރީ ބާރުވެރި ކަމައް ރާއްޖެ ބައްޓަން ކުރުން. މިހެން ހެދީމަ މިނިވަން ވިޔަފާރިއެއް ނުކުރެވޭނެ ބައެއްގެ އަޅުވެތި ކަމުގަ ރާއްޖެ އޮންނާނީ.
އިސްމާލު
10 August 2020
ފައިނޭންސް، އެކައުންޓިންގ އަދި އިކޮނޮމިކްސް އަކީ ދިވެހިންނަށް ކުރެވޭނެ ކަންތަކެއް ނޫން.
ހަކީމު 2
11 August 2020
ދެން ޕުރޮފެސަރ އިސްމާލު ހަވާލުވާންވީ ނޫންތޯ
ސަރުކާނު
10 August 2020
ނަޝީދު މަންޒަރުން ގެއްލޭތީ ޖެއްސި ސްތަންޓެއް. ހެހެހެ
ޙިނި
10 August 2020
މޮޅު އިކޮނަމިސްޓެއް ވެރިކަންކޮއްލާ ނިމުނުއިރު ކައި ބާކީވެފަ އޮތީ ގައުމުގެ ތޮށިގަންޑު.
ގިނި
10 August 2020
ކަނީއޭ ކިޔައިގެން އެވެރިކަން ވައްޓަން ހިފާފަ ތިބި ކުދިންނަށް ހަޖަމުނުވިބައިތަކުގެ ތެރޭ ބޮޑު ބްރިޖަކާ 25ބުރީގެ އިމާރާތަކާ އަދިވެސް އެތައް ބޮޑެތި ބިޔަ ޕްރޮޖެކްޓަކުގެ ފެށުން ހުރީ ފެންނަން. ކައިފަ ކޮށްދިން މަސައްކަތްތައް ފެންނަން ހުރުމުން ލައްކަތަނުން ކަޑަވާނެ.
ޙަބީބު
11 August 2020
އިކޮނަ މީ ވަރުގަދަ ބަލާބަލަ ބޭފުޅާ ކެޔަސްބުޔަސް ގިރިޔަސް ރައްޔިތުންގެ ޖީބުވީ ތަނަވަސް އެތެރެކުރި މުދާވީގިނަ ތަރައްގީގެ މަސްރޫއު ނުހިނގާ ރަށެއްނުދާނެ މިސާލަކައް ބަލާ މާލޭ ކުނިކޮށި ކޮންވެރިޔަކައް އެކަންކުރަން އެނގުނީ ތިކަހަލަ ގޯސްމެސެޖުދީ ރައްޔިތުން ބޮލައް އެރެން ދެންނޫޅޭ ހަނާވަނީ ފަނާވަނީ