އެމްޓީސީސީގެ ސީއީއޯ އާޒިމް ގުރައިދޫ ބިންހިއްކުމުގެ މަސައްކަތް ބައްލަވައިލައްވަނީ-- ފޮޓޯ: މިހާރު
23 އޯގަސްޓް 2020 - 20:07
ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓެއް ޖަހާނެ އެވެ.
ބިން ހިއްކުމުގެ އިތުރުން މި މަޝްރޫއުގެ ދަށުން ޕިކްނިކް އައިލެންޑެއް ވެސް އެ ރަށުގައި ގާއިމްކުރާނެ އެވެ. މުޅި ޕްރޮޖެކްޓަށް 80 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ، ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް ނިންމައިލެވޭނެ ކަމަށެވެ. ނަމަވެސް މުޅި މަޝްރޫއު އެއްކޮށް ނިމޭނީ އަންނަ އަހަރު އޭޕްރިލް މަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުއްމީދު މި ކުރަނީ ބިން ހިއްކުމުގެ މަސައްކަތް ސެޕްޓެމްބަރު 18 އަށް ނިންމާލެވޭނެ ކަމަށް. ގާތްގަނޑަކަށް މި ހިއްކެނީ ކޮންމެ ދެ ދުވަހަކުން ހެކްޓަރެއް. އެހެންވީމާ ފުދޭވަރަކަށް ބާރުމިނުގައި މި މަސައްކަތް ކުރިއަށް މިދަނީ،" އާޒިމް ވިދާޅުވި އެވެ.
ގުރައިދޫ ބިން ހިއްކުމަށް މަހާ ޖައްރާފު ބޭނުން ކުރަނީ-- ފޮޓޯ: މިހާރު
ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަނީ މަހާޖައްރާފު ބޭނުންކޮށްގެންނެވެ. އެހެންކަމުން ބިން ހިއްކުމުގެ މަސައްކަތް އެހެން ރަށްތަކަށް ވުރެ އަވަހަށް ނިމޭނެ އެވެ.
ކޮވިޑް-19އާ ގުޅިގެން އެމްޓީސީސީގެ ބައެއް މަސައްކަތްތައް ކުޑަ ދުވަސްކޮޅަކަށް ހުއްޓިފައި އޮތަސް މިހާރު ވަނީ އަލުން ފަށައިފަ އެވެ. އާޒިމް ވިދާޅުވިގޮތުގައި، ކޮވިޑާ ގުޅިގެން މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުއްޓަސް ހަވާލުކޮށްފައިވާ ތާރީޚަށް ނިންމަން މަސައްކަތް ކުރާނެ އެވެ.
"އަޅުގަނޑުމެންގެ ބާރުގައި ހުރި ކަމެެއް ވެއްޖެއްޔާ ކުރަމުން މިދަނީ. އަޅުގަނޑުމެން ބާރުގައި ނެތް ކަންތައްތައް އެބަހުރި. މިސާލަކަށް ބޭރު ގައުމުތަކުން ސަޕްލައި ލިބުން ދަތިކަން އެބައުޅޭ. މި ކަންތައް ވެސް މަޑުމަޑުން މިދަނީ ރަނގަޅު ވަމުން،" އާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
211111
24 August 2020
ސުކުރިއްޔާ ރައީސް ޔާ މީން .... ރަތައްޤީ އަކީ ކޯއްޗެއްޖަން އަންގާދީ ބޮޑު އަގެއްދީފާ މަހާޖައްރާފް ގެނައި މަ ފެނއނަތަފާތު މީ...... އެކަ މު ކަންކަން ސަރުކާރައް މެނޭޖު ނުވެގެން މިދަނީ ... (( ބުނީ ބުރިޖު ބޭކާރޭ ، މަހާޖައްރާފު ބޭކާރޭ .. ރަސްފަންނު ބޭކާރޭ .. ދަރު މަވަންތަ ހޮސްޕިޓަލް ބޭކާރޭ...7000 ފުލޭޓު ބޭކާރޭ...............!!!!!!!!!!!
ހަސަން 2345
24 August 2020
ފެނޭތަ ތަމެންނަށް ފެނޭތަ ރައީސް ސޯލިހު ދަނީ ވައުދުތައް ފުއްދަމުން ތަރައްގީ ގެންނަމުން.
ހުޅުޅޭ ބޮޑުމީހާ
24 August 2020
ފެނޭތަ ބިން ހިއްކަން ބޭނުން ކުރަނީ އެއްކަލަ މަހާޖައްރާފް ސުކުރިއްޔާ ތަރައްޤީގެ ބާނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އަށް
ޙިނި
24 August 2020
މިވެސް ހެއްވާ ކަމެއް ދެއުޅިއެއްނުވާ ސިޔާސަތު ބިންހިކާވަރައް ހިއްކަނީ، މާލެޔައް ހިޖުރަކުރާ ވަރައް ހަމަ ޖިޖުރަކުރޭ.
ސަފީރު
23 August 2020
ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މިހާދަށުދަރަޖައަށްވެއްޓުނީމަ ދެންކީކޭބުނާނި.
ޖިރާފު
23 August 2020
މަހާ ފެންނަ ކޮންމެފަހަރަކު ހާދަ ޔާނުމަތިން ހަނދާންވެޔޭ..
ޖަބޭ
23 August 2020
މިނޫނީ އަމިއްލައަށް ކުންފުނިތަކުގެ ލާރިގަ ޕްރޮމޯޓުވާން އުޅޭ މީހެއް މަށެއްނުދެކެން.
ވަތަން އިސްކުރަންޖެހޭ
23 August 2020
ސާބަހޭ ރައިސް ޔާމިންގެ ތަރައްގީ. ދިވެހިންނަކީ ފުދުންތެރި ބަޔަކައް ހަދާދިން ރައިސް ޖަލުގަ. ޒާތީ ހަސަދަ ވެރިކަން ކުރާ ސަރުކާރުމީ.
ޝޮކްތެރަޕީ
23 August 2020
ގުޅީ ފަޅު ނުހިއްކީ ރައިސް ޔާމިން ހިއްކިތަނަކައް ވެދާނެތީ. މިހާރު ގުޅީފަޅު މިހިއްކަނީ120މިލިޔަންޑޮލަރައް. ރާއްޖޭގަ ބިންހިއްކާ އެއްޗެ އޮއްވާ ސަރުކާރުން މިހެދީ ވަރައް ބޮޑުގޯހެ.
ބިން ހިއްކާ.. މަހާ ޖައްރާފް
23 August 2020
ދުރު ވިސްނޭ ވެރިއެއްގެ ދުރުވިސްނުމުގެ ފައިދާ.. ޝުކުރިއްޔާ ރައީސް ޔާމީން ??
ވައިސޫރި
23 August 2020
ކޮބާތަ މެންބަރު ރިޒާ ޔާމީނުގެވެރިކަމުގާ ހިއްކާދޭނެކަމައްބުނިބިން ހިއްކަންމިޖެހުނީ ހަމަ އެޑީޕީއައްދޯ ރިޒާބާރައްއައްޖަހާ