އަލޯރާ ޕޭން ހޯމް ވެބްސައިޓުގެ ސްކްރީންޝޮޓެއް--
15 ސެޕްޓެމްބަރ 2020 - 15:17
ގެއަށް ބޭނުންވާ މޮޅެތި ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގެ މަޝްހޫރު އަލޯރާ ޕޭން ހޯމްގެ ވެބްސައިޓު ތައާރަފު ކޮށްފި އެވެ.
މިއީ ގޭގައި ތިބެގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަލޯރާއިން ތައާރަފުކުރި ވެބްސައިޓެކެވެ. އަލޯރާއިން ވިއްކާ ހުރިހާ އެއްޗެއް މި ވެބްސައިޓު މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
އަލޯރާއިން ބުނީ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަވާނެ ހެން ކޮންމެ ދުވަހަކު ވެބްސައިޓް އަޕްޑޭޓް ވާނެ ކަމަށް ވެސް ބުންޏެވެ.
ވެބްސައިޓު މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް އޮންލައިން ޕޭމަންޓު ވެސް ދެއްކެ އެވެ. އަލޯރާ އިން ބުނީ ޑެލިވަރީގެ ހިދުމަތް ދޭނީ ހިލޭ ކަމަށެވެ.
ވެބްސައިޓު ތައާރަފުކުރުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް އަލޯރާއިން މިހާރު އެބަ ކުރިއަށް ގެންދެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ބެޑިން އެކްސަސަރީސް އިން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
16 September 2020
އިބޫގެ އާއިލީ ވިޔަފާރިއަކީ މީތަ؟