ތިލަފުށީގައި ހުންނަ ވިލާ ހަކަތައިގެ ޕްލާންޓް: އެ ކުންފުނިން ވިއްކާ ދިހަ ކިލޯގެ ގޭސް ފުޅީގެ އަގު ވަނީ ހެޔޮކޮށްފައި. ފޮޓޯ: ވިލާ ގޭސް
01 ޖޫން 2016 - 18:43
ވިލާ ހަކަތަ އިން ވިއްކާ 10 ކިލޯގެ ކައްކާ ގޭސް ފުޅިއަކުން 10 ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ވިލާ ހަކަތައިން ބުނީ ކުރިން 210ރ. އަށް ވިއްކަމުން ގެންދިޔަ ކައްކާ ގޭސް ފުޅި އަކުން 10 ރުފިޔާ މިއަދުން ފެށިގެން ހެޔޮކުރީ ބާޒާރުގައި މުދަލުގެ އަގު ހުރި ގޮތަށް ބަލާއި ކަސްޓަމަރުންނަށް ހެޔޮ އަގުގައި ކައްކާ ގޭސް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"މި ފަހަރު އަގު ހެޔޮކުރީ ރޯދަމަހާކޮށް އާއްމުކޮށް ގޭގޭގައި ބޭނުންކުރާ ސައިޒުގެ ގޭސް ފުޅި. މި ނޫން އެހެން ސައިޒުގެ ފުޅިތައް ވެސް އަޅުގަނޑުމެން ވިއްކަމުން ގެންދަން،" އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ކ. ތިލަފުށީގައި ހުންނަ ޕްލާންޓުން 22 ކިލޯގެ ފުޅީގެ އިތުރުން 40 ކިލޯގެ ފުޅި ވެސް ވިއްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy