ކުޅިވަރު

ފުރަތަމަ ޑިވިޝަން ކްލަބްތައް ޕްރީ ސީޒަނަށް އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު

މިދިޔަ އަހަރު އޭދަފުށީ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމާއި އޭދަފުށީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން: ދަގަނޑޭ (ކ) ބޯޅަ ފޮނުވާލާއިރު އޭދަފުށީގެ މަޖިއްޓެ ކައިރީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމުން ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސްގެ ނަމުގައި ފުރަތަމަ ޑިވިޝަން ޓީމުތަކާ އެކު ހެދި އެގްރީމެންޓްގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ކްލަބްތައް އަތޮޅު ތެރޭ އެކި ހިސާބުތަކުގައި ޕްރީ ސީޒަން ޓްރެއިނިން ކޭމްޕް ކުރިއަށްގެންދިއުމަށް ފުރުސަތު ދީފި އެވެ.

އެފްއޭއެމުން މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމާ އެކު ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގައި ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޖުމްލަ ކޮންމެ ޓީމަކަށް ތިން މިލިއަނެއްހާ ރުފިޔާ ދޭން ނިންމާފައިވާއިރު، އެކަން ކުރާނީ ބަހާލައިގެން ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެވެ. އެގޮތުން ފައިސާ ދޭން ނިންމާފައިވަނީ ލީގުގެ ކޮންމެ ބުރަކަށާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އެގްރީމެންޓްގައި ހިމެނޭ ވަކި ކަންތައްތަކެއް ފުރިހަމަވަމުންދާ މިންވަރަށް ބެލުމަށް ފަހު އެވެ.

ކޮންޓްރެކްޓް ބިނާވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށެވެ. އެއީ ކްލަބް ލައިސަންސިން، އެކެޑަމީ އެންޑް ޔޫތު ޑިވެލޮޕްމަންޓް، ކްލަބް މެނޭޖްމަންޓް، ކްލަބް ފައިނޭންޝިއަލް ރިޕޯޓް، ސީނިއާ ވިމެންސް އެކްޓިވިޓްސް، ސީއެސްއާރް އެކްޓިވިޓީސް އަދި ޕްރޮމޯޝަނަލް އެކްޓިވިޓީސް އެވެ. މީގެ ތެރޭގައި ދެން ހިމެނިފައިވާ ކަންތައްތަކުގެ ތެރޭގައި ޕްރީ ސީޒަން އަށް އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު ހިމެނޭ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ހަގީގަތުގައި މި ކަމަކީ ކްލަބްތަކުގެ ސީއެސްއާރް އާއި ޕްރޮމޯޝަނަލް އެކްޓިވީޓްސްގެ އިތުރުން ޓީމުގެ ޕްރީ ސީޒަނަށް އެހީތެރިވުމުގެ ގޮތުން ފަށައިގަނެވޭ ކަމެއް ކަމަށެވެ.

"އެގްރިމެންޓްގައި ހިމެނޭނެ ޕްރީ ސީޒަނަށް އަތޮޅު ތެރެއަށް ދެވޭ ގޮތަށް. ވަކި ފައިސާގެ އެހީއެއް އެލޮކޭޓް ކުރެވިފައިވޭ މިކަމަށް. ހަގީގަތުގައި އޭގެ ބޭނުމަކީ ރަނގަޅު ޕްރީ ސީޒަނެއް ވެސް ލިބއޭގެ ތެރެއިން ފުޓްބޯޅައިގެ މާކެޓިން އަށް ވެސް ކްލަބްތަކަށް ފުރުސަތު ހޯދައިދިނުން،" ޖަވާ ވިދާޅުވި އެވެ.

މި އަހަރު ކޮވިޑް-19ގެ ސަބަބުން ކްލަބްތަކަށް އަތޮޅު ތެރޭގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދެވޭނެ ފުރުސަތެއް ނެތެވެ. އެކަމަކު އަންނަ އަހަރު ގިނަ ކްލަބްތަކުގެ ޕްރީ ސީޒަން އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޖަވާ ފާހަގަކުރެއްވި އެވެ.

އެގްރީމެންޓްގައި ހިމަނާފައިވާ ގޮތުން ޕްރީ ސީޒަނަށް ކަނޑައަޅާފައިވަނީ އެއް ލައްކަ ރުފިޔާގެ ބަޖެޓެކެވެ. އެ ފައިސާ ދޭނީ ކްލަބްތަކުން ޕްރީ ސީޒަން ނިންމާލުމަށް ފަހު ޓްރެއިނިން ކޭމްޕްގެ ފައިނޭންޝިއަލް ސްޓޭޓްމަންޓާއި އެހެނިހެން ހުރިހާ ބިލެއް ހުށަހެޅުމުންނެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ވަނީ މީގެ ކުރިން ވެސް އެކި ރަށްތަކަށް ޓްރެއިނިން ކޭމްޕްތަކަށް ގޮސްފަ އެވެ. އެ ގޮތުން މާޒިޔާ އިން މިދިޔަ އަހަރު އދ. މަހިބަދޫ އަށް ދިޔައިރު، ކްލަބް އީގަލްސް ވަނީ ބ.އޭދަފުށްޓަށް ގޮސްފަ އެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމެނޭ ޓީމެއް ވަނީ އޭދަފުށީ ޓާފް ދަނޑު ހުޅުވި މެޗުގައި ކުޅެފަ އެވެ.

އަތޮޅުތަކަށް ޓްރެއިނިން ކޭމްޕްގައި ފުރަތަމަ ޑިވިޝަން ޓީމުތަކުން ދިއުމަކީ ދުރު ރާސްތާ ޕްލޭނުގައި އޮތް 2023 ވަނަ އަހަރު މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ލީގު ކުޅެން އޮތް ވިސްނުމަށް ވެސް އެޅޭ ބިންގަލެކެވެ. ސަރުކާރާއި އެފްއޭއެމުން އަންނަނީ އަތޮޅު ތެރޭގައި ޓާފް ދަނޑުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ސަރުކާރުގެ ވިސްނުމަކީ ފަސް އަހަރު ތެރޭ 100 ޓާފް ދަނޑު އެޅުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މިދިޔަ އަހަރު އެފްއޭއެމުން ފެށި ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 20 ދަނޑު އަޅަން ވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ޑިވިޝަން ޓީމުތަކުން ޓްރެއިނިން ކޭމްޕް ދާނެ ރަށްތައް ނިންމުމުގެ އިހުތިޔާރު އެ ކްލަބެއްގެ އަތްމައްޗަށް ދޫކޮށްލާފައިވާއިރު، ޓާފް ދަނޑު އަޅާފައިވާ ރަށްތަށް އިހުތިޔާރު ކުރުމުން ޓްރެއިނިން އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.

6 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

7ބޯރާހި

20 September 2020

މިކަން ހުއްޓުވަން ރަށްރަށު ރައްޔިތުން ނިކުންނަންޖެހޭ ހިސާބަށް މިކަންތައް މިދަނީ، ޔޫރަޕުގެ މުއްސަނދި ކުލަބުތަކުން ތާޑުވޯލްޑު ގައުމުތަކަށް ޓުއާތަކުގަ ދާހެން ކ.މާލޭ ކަންމަތީ ޓީމުތަކަށް ޓެކްސް ފައިސާއިން މިލިއަނުން ހަރަދުކޮށްގެން "ރާއްޖެތެރެއަށް" މިފޮނުވަނީ. ލަދުކޮބާތަ. އަހަރެމެންގެ ޓެކްސް ފައިސާއިން ހަމައެކަނި ކ.މާލޭ ކަންމަތީ ބޯދިގު ގުރޫޕުތަކުން ފުޓުބޯޅަކުޅެން އެތައް ސަތޭކަ މިލިއަނެއް ހަރަދުކޮށްފަ މިއަހަރު އަތޮޅުތަކަށް އެފޮނުވީ ބާކީވި ބޯޅަކޮޅެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 September 2020

ފީފާއާއި އޭއެފްސީ ރާއްޖެއަށް ދީފައިވާ މެންބަރ ޝިޕް އަކީ މާލޭގެ ޓީމް ތަކުގެ ތަރިކައެއް ކަމުގައި ހަދައި އެފްއޭއެމްގެ ނަމުގައި އެސޯސިއޭޝަން ހަދައި ހަމައެކަނި މާލޭޓީމްތަކަށް ވޯޓްލެވޭގޮތަށް އޮތް އޮތުން ބަދަލުކޮށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލްޒޯން އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ޒޯން ކަމުގައި ހަދާ ސަރަހައްދީ އެސޯސިއޭޝަން ރެޖިސްޓްރީކޮށް އެފަރާތްތަކުން އިންތިޙާބުކުރ ނެޝަނަލް ފުޓްބޯލް ފެޑަރޭޝަނެއް ޤާއިމްކުރާންޖެހޭ.

The name is already taken The name is available. Register?

ވައިސޫރި

20 September 2020

ރާއްޖެތެރޭގާ ކައުންސިލްތަކުން އިސްނަގާގެން ބާއްވާ މުބާރާއްތަކައް އެފްއޭއެމުން އަތްބާނާކައް ނުޖެހޭނެ އެއީ ކައުންސިލް ތަކުގެ ގުޅުންރަނގަޅު ކުރުމައްޓަކައި ހިންގާ ހަރަކާތްތަކެއް އެފްއޭއެމް އަކީ ސަރުކާރުގެ ބާރުނުފޯރާ ވަކިބައެއްގެ ބެލުމުގެ ދަށުގާވާތަނެއް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 September 2020

ތިއީ ބޭކާރު ކަމެއް. ތިކަމުގެ ސަބަބުން އެއިން ސަރަހައްދަކަށް ލިބޭނެ އެއްވެސް ކުރިއެރުމެއްނެތް. މާލޭމީހާ ޗުއްޓީ ހަދާލަން ތިފައިސާ ހޭދަކޮށްކޮށް ތިބޭ. # ކައުންސިލްތައް ގުޅިގެން އެފްއޭއެމް އާއި ނުލާ މާ ފޯރިގަދަ މުބާރާތް ތަކެއް ބޭއްވިދާނެ. # މިކަން ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލްޒޯން އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ޒޯން ކަމުގައި ކަޑައަޅާ މިޒޯން ތަކުގެ މެދުގައި "މޭޔާރސް ކަޕް" ގެ ނަމުގައި މުބާރާތެއްބާއްވާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 September 2020

މިއީ ހަމަ ދަޅަދެއްކުމަށް އެއްބަސްވުމުގެ ބޭރުން ދައްކާ ވާހަކަތަކެއް. އެއްބަސްވުމުގެ މައިގަނޑު ނުގުތާ ތަކުގެ ތެރޭގައި ނުހިމެނޭ ކަމެއްގެ ވާހަކަ ނޫސްތަކުގެ ސުރުޙީގައި އެޅުމުގެ ބޭނުމެއްނެތް. # އެފްއޭއެމް އާއި މާލޭގެ ކްލަބްތަކުން މާލޭގައި މުބާރާތް ކުޅެން ދޫކޮށްލާފައި ރަށްރަށުގައި ހުރި ގަނޑުތައް ކައުންސިލްގެ ބެލުމުގެދަށަށްގެނެސް ސަރަޙައްދީ މުބާރާތް ތަކެއް ކައުންސިލުން ކުރިއަށް ގެންގޮސްގެން މެނުވި ސަރަޙައްދުތަކުގައި ކުޅުންތެރިން އުފެދި ފްޓްބޯޅައިގެ ފޯރި ނުހިފާނެ.

The name is already taken The name is available. Register?

މަހިބަދޫ

20 September 2020

އަވަހަށް އާދޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454