ފިންސެންސް ފައިލްސްގައި ރާއްޖެ
21 ސެޕްޓެމްބަރ 2020 - 13:03
ޝައްކުކުރެވޭ މާލީ މުއާމަލާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކްގެ ޑޮކިއުމެންޓްތަކެއް ލީކުކޮށްލާފައި ވާއިރު، ރާއްޖޭގައި ހިންގާ ދެ ބޭންކަކަށް، ޝައްކުކުރެވޭ 18 ޓްރާންސެކްޝަނަކުން ފަސް ލައްކަ އަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާކަން ހާމަވެއްޖެ އެވެ.
ކުށުގެ އަމަލުތައް ހިންގާ ޖަމާއަތްތަކާއި ކުށްވެރިންނާއި އިންޓަޕޮލް އިން ހޯދަން ބޭނުންވެގެން އިއުލާނުކޮށްފައިވާ މީހުންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންނާ ގުޅުން ހުރި އެތައް މިލިއަން ޑޮލަރެއް، އެއާ މެދު ޝައްކު އުފެދޭ ހާލަތުގައި ވެސް ބޭންކުތަކުން ދައުރުކޮށްދިންކަން މި ޑޮކިއުމަންޓްތަކުން ވަނީ އެނގިފަ އެވެ.
ފިންސެންފައިލްސްގެ ގޮތުގައި، އިންވެސްޓިގޭޓިވް ޖާނަލިސްޓުންގެ ނެޓްވޯކަކުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން 2015 އާއި 2017 އާ ދެމެދު 501،359 ޑޮލަރު، ރާއްޖޭގައި ހުންނަ އެސްއެސްބީސީ އާއި ސްޓޭޓް ބޭކް އޮފް އިންޑިއާ އަށް ވަދެފައިވެ އެވެ. މި ފައިސާ ފޮނުވާފައިވަނީ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ފަވަލްޓުންގް ޕްރައިވެޓް ބޭންކް (ވީޕީ ބޭންކް އޭޖީ) މެދުވެރިކޮށް ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުންނެވެ.
ވީޕީ ބޭންކް އޭޖީ އަކީ ލެއިޗެންސްޓައިންގެ އެންމެ ބޮޑު އެއް ބޭންކެވެ. ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނަކީ ޗައިނާ ސަރުކާރުގެ ފޮރިން އެކްސްޗޭންޖް ރިޒާވް މެނޭޖްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިދާރާއެކެވެ.
އެންމެ ގިނަ ޓްރާންސެކްޝަން ހަދާފައިވަނީ ވީޕީ ބޭންކް އޭޖީ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ދެމެދުގަ އެވެ. ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން ވީޕީ ބޭންކް އޭޖީ މެދުވެރިކޮށް ސެޕްޓެމްބަރު 17، 2015 އިން މާޗް 17، 2016 އާ ހަމައަށް، ޝައްކުކުރެވޭ 12 ޓްރާންސެކްޝަނެއް ހެދި އެވެ. މީގެ ޖުމްލަ އަކީ 296،928.14 ޑޮލަރު (4.6 މިލިއަން ރުފިޔާ) އެވެ.
ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން، ވީޕީ ބޭންކް އޭޖީ މެދުވެރިކޮށް، ރާއްޖޭގައި ހުންނަ އެޗްއެސްބީސީ އަށް ނޮވެމްބަރު 27، 2015 އިން މާޗް 8، 2016 އަށް ހަ ޓްރާންސެކްޝަނެއް ހަދާފައިވެ އެވެ. މި މުއާމަލާތްތަކުގެ ފައިސާގެ އަދަދަކީ 204،430.75 ޑޮލަރު (3.1 މިލިއަން ރުފިޔާ) އެވެ.
މި 18 ޓްރާންސެކްޝަނާ މެދު ޝައްކުވާ ކަމަށް ފްލެގްކޮށްފައިވަނީ، ޓްރާންސެކްޝަންތަކުގައި މެދުވެރިއަކަށްވި އެމެރިކާގެ ބޭންކަކުންނެވެ.
ލީކުކޮށްލާފައިވާ މައުލޫމާތުގައިވާ ގޮތުން، ރާއްޖެ މެދުވެރިކޮށް އެ މުއްދަތުގައި ޝައްކުކުރެވޭ އެއްވެސް ފައިސާއެއް ފޮނުވާފައެއް ނުވެ އެވެ.
ފިންސެންފައިލްގައި ހިމެނޭ ބޭންކުތަކާއި މާލީ އިދާރާތަކުން އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. ޝައްކުވާ މުއާމަލާތްތައް ހިންގި ކަމަށް ބުނާ ބޭންކްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބޭންކުތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާބެ
22 September 2020
ޗައިނާ އިން އެއްޗެއް ޓްރާންސް ފަރ ކޮށްފިއްޔާ މިހާރު ވެދާނެ ކޮންމެފަދަ އެއްޗަކަށް ވެސް. ބަލާ މިރޭ ވެސް ތި އެމެރިކާ ރައީސް އ.ދ ޖަލްސާ ގަ އެ ޖެއްސި ވައްތަރު ޗައިނާ އާ ދިމާލަށް.
މެނޭޖަރ ސާހިބް
21 September 2020
މީހެއްގެ ބޮލަށް ކަނޑާނުލާނެބާ
އިސްމާލު
21 September 2020
ޕެނަމާ ފޭފަރުތަކުގާވެސް ދިވެހި ވިޔަފާރިވެރިންތަކެއް ހިމެނުނު.
ވާނުވާ
21 September 2020
ޗައިނާއަކީ އެމެރިކާގެ އެންމެ ހަތުރުވެރި ޤައުމެވެ. ޢެމެރިކާއިން އެބުނާކަންކަން ކިހިނެއް ޤަބޫލުކުރާނީ.....ވިސްނާލަބަލަ އިރާގައް ހަމަލަދޭން ހެދިހާ ދޮގުތަށް...ތެޔޮވަޅުތައް ދަމައިގަންނަން.....
ތިމާވެށި
21 September 2020
ދުނިޔޭގެ ބޭންކިންގް ކޮންޓްރޯލް ކުރަނީ އެމެރިކާ އިންނެވެ. ވިސާ ޓީޓީ ފަދަ ހިދުމަތަކީ އެއާނުލާ އުޅެން އުނދަގޫ ހިދުމަތް ތަކެކެވެ. އެމީހުން ފަލީހަތް ކުރަން ބޭނުން ބަޔަކު އެމީހުން ފަލީހަތް ކުރާ ނެއެވެ. އޭގެ ތެރޭގަ އެމެރިކާ އަދި އިޒްރޭލް ނުހިމެނޭނެ އެވެ. ބޮޑެތި މީޑިޔާ ތަކަކީ ވެސް އެމީހުން ކޮންޓްރޯލް ކުރާ އެއްޗެކެވެ.
ރުމާލް 2
21 September 2020
މިނިމިދިޔަ 5 އަހަރުގެ ވެރިކަަމަކީ ހުރިހާ ގޮތަކުންވެސް ތާރީޚީ ވެރިކަމެކެވެ. ވައްކަން ކުރުމުން ވެރިޔަކަށް ރަންމެޑެލް ލިބޭނަމަ ކުރީގެ ރައީސް ޔާމީނަށްލިބޭނެއެވެ.
ހަނާދު
21 September 2020
ވެންޓިލޭޓަރ ފައިލްސް ދީބަޖާ ފައިލްސް ނޫމަޑި ފައިލްސް ކޮވިޑް ފައިލްސް
ފަށަވަރުކކކ
21 September 2020
ނިމިދިޔަ ވަގުންގެ ވެރިކަމުގަ ހިންގާފަހުރި ވައްކަންތައް މުޅިންވެސް، މޫލާވަގު އޮތީ ޖަލުގަ.
އަހުމަދުއަލޯ
21 September 2020
ދަރުމަވަންތަ ފައިލްސް، ބްރިޖްފައިލްސް. ޔެމްޔެމްޕީއާރު ފައިލްސް. ފިނިމިފެންމާ ލޯންޗު ފައިލްސް. 7000 ފައިލްސް. ސަދަގާތް ފައުންޑޭށަން ފައިލްސް. ކަދުރު ފައިލސް. އަދިވެސް އަދިވެސް.....
Dhaadhey
21 September 2020
އެމެރިކާއިން ޗައިނާއާ ޖައްސާލައިގެން ކުރިނޭރިގެން ކޮށްފަނުކުރާނޭ ކަމެއް ނޭގިގެން ކުރާކަންކަން. އެމެރިކާއިން ސީރިޔާގެ ތެޔޮވަގަށްނަގައިގެން ހިންގާ ވިޔަފާރީގެ މުޢާމަލާތް ބިލިއަނުން ގުނާނެލެވޭނެ.
ނަން
21 September 2020
ހެޑްލައިން އެކަނި ކިޔާފަވެސް ހަމަ ހީކުރި ގޮތަށް ވާހަކަ އޮތީ. މިއީ މިދުވަސްވަރު އެކުޅޭ ސިޔާސީ ކުޅިވަރުގެ ބަޔަކަށް ނުވެ ނުދާނެހެން ހީވަނީ.
އުދުހޭ
21 September 2020
އެމެރިކާއިން ނުރުހޭ މީހުން ނުވަތަ ގައުމުތަކާ އެެހެން ގައުމުތަކުން މުއާމަލާތްކުރޭތޯ ކޮންމެހެން ބަލަންޖެހޭތަ؟ އެމެރިކާ އަޅާ ފިޔަވަޅެއް އަޅައިގެން އޮތީމަ ނިމުނީނުން؟ އެހެން މީހުންނަށް ކޮންހާ ދުއްޕާނެއް؟ މިކަމަކާހެދި ހުރިހާ އުދަގުލެއް އާންމު ރައްޔިތުންނަށް. އެކައުންޓަށް 100 ޑޮލަރު އަޔަސް އެ ލިބެނީ އެތަށް ލިޔެކިމެއް ހުށައަޅައިގެން އެފައިސާފޮތި ޗާޕްކުރި ހިސާބުން ފެށިގެން އެކައުންޓަށް ވަތް ހިސާބަށް ކަންކަން ގޮސްފައިވާ ގޮތުގެ ފޮތެއް ލިޔެގެންހެން ....
ވައިސޫރި
21 September 2020
އެންމެ ދެލައްކަ ތިވެދާނެ ކޮފީއެއް ޖަހާލަން ފޮނުވި ކުޑަލާރިކޮޅަކައް