ދުނިޔެ / ބޭންކިން

ފިންސެންފައިލްސް: ކަޅުފައިސާ ދައުރުކުރުމުގައި ދުނިޔޭގެ ބޮޑެތި ބޭންކުތަކުގެ ދައުރު ފަޅާއަރުވާލައިފި

21 ސެޕްޓެމްބަރ 2020 - 10:14

5 comments

ކުށުގެ އަމަލުތަކުންނާއި ނުހައްގު މަންފާގެ ގޮތުގައި ހޯދާފައިވާ ފައިސާ ދައުރުކުރުމުގައި ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުން އެތައް އަހަރެއް ވަންދެން އަދާކޮށްފައިވާ ދައުރު ހާމަވާ އެތައް ހާސް ލިޔެކިޔުމެއް ލީކުކޮށްލައިފި އެވެ.

"ފިންސެންފައިލްސް" ގެ ނަން ދީފައިވާ މި ލިޔެކިޔުންތަކަކީ އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކަށް ނިސްބަތްވާ ތަކެއްޗެވެ. މާލީ ކުށްތައް ހުއްޓުވަން މަސައްކަތްކުރާ މި އިދާރާގެ ޑޮކިއުމަންޓްތައް އެންމެ ފުރަތަމަ ހާމަކުރީ ބަޒްފީޑް އަދި އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް އިންނެވެ.

ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓް (އެސްއޭއާރް) ނުވަތަ ޝައްކު ކުރެވޭ މާލީ މުއާމަލާތްތައް ފާހަގަކޮށް ޓްރެޒަރީ ޑިޕާޓްމަންޓާއި ތަންފީޒީ އިދާރާތަކާއި ދުނިޔޭގެ އިންޓެލިޖެންސް އެޖެންސީތަކަށް ރިޕޯޓްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިދާރާގެ ލީކުވި ލިޔުންތަކުން އެނގޭ ގޮތުގައި ޝައްކު ކުރެވޭ މުއާމަލާތްތައް ހުއްޓުވަން ބޭންކުތައް އަމުރުކޮށްފައެއް ނުވެ އެވެ.

ލީކުވި ޑޮކިއުމަންޓްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ރިޕޯޓްގައި ބުނެފައިވަނީ ޖޭޕީ މޯގަން ޗޭސް، އެޗްއެސްބީސީ އަދި ޑޯޗޭ ފަދަ ބޭންކްތަކުން، މާލީ ޖަރީމާތައް ހިންގާ މީހުން ފަޅާއަރައި އެކަން އެނގުމަށް ފަހުގައި ވެސް އެފަދަ މީސްމީހުންގެ ކަޅުފައިސާ ދައުރުކޮށްދީފައިވާ ކަމަށެވެ. މިގޮތަށް 2000 ވަނަ އަހަރުން 2017 ވަނަ އަހަރާ ހަމަ އަށް ހިންގާފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ހުރި ޑޮކިއުމަންޓްތައް ވަނީ ލީކުކޮށްލައިފަ އެވެ.

"ބޭންކުތައް ތައްޔާރުކޮށް ސަރުކާރާ ހިއްސާކޮށްފައިވާ، އެކަމަކު އާންމުންނަށް ސިއްރުކޮށްފައި ހުރި މި ޑޮކިއުމަންޓްތަކުން ފެންނަނީ ބޭންކުތަކުގެ ރައްކާތެރިކަމެއް ނެތްކަމާއި ކުށްވެރިން އެ މީހުންގެ ބޭނުންތަކަށް ބޭންކުތައް ކޮންޓްރޯލްކޮށްފައިވާ ގޮތް،" ބަޒްފީޑުން ބުނެފައިވެ އެވެ. "އަނިޔާވެރިކަމާ އެކު ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި ތަރައްގީވަމުން އަންނަ ގައުމުތަކުން ނަހަމަ ގޮތުގައި ބައެއް މީހުން ހޯދާފައިވާ ފައިސާ އާއި ބުރަ މަސައްކަތުން މީހުން ހޯދާފައިވާ ފައިސާ ޕޮންޒީ ސްކީމްތައް މެދުވެރިކޮށް ފޭރި އެ ފައިސާ ދައުރުކުރުމަށް މި މާލީ އިދާރާތަކުން ވަނީ އެހީވެފައި. މި ކަން މިހެން ހިންގުމަށް ފުރުސަތު ދީފައިވަނީ ބޭންކުތަކުގެ މުވައްޒަފުން އެކަންކަން ހޯދައި ހާމަކޮށްދިނުމުން ވެސް އެކަމާ ފަރުވާލެއް ނުބަހައްޓައި."

ފަޅާއެރި ބޮޑެތި ބައެއް ކަންކަން

- އެޗްއެސްބީސީން ޕޮންޒީ ސްކީމެއްގެ އެތައް މިލިއަން ޑޮލަރެއް ދައުރުކުރި

އެޗްއެސްބީސީން ވަނީ WCM777 ގެ ނަމުގައި ހިންގި ޕޮންޒީ ސްކީމެއްގެ ފައިސާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިދީފަ އެވެ. މަކަރާއި ހީލަތުގެ މި ސްކީމަކީ އެތައް މިލިއަން ޑޮލަރެއް މުއާމަލާތްތައް އެކި ކަންކޮޅުތަކުގައި ހިންގި މަކަރުވެރި ސްކީމެކެވެ.

އެމެރިކާގެ ތަހުގީގީ އިދާރާތަކުން މި ސްކީމު ސަމާލުކަމަށް ގެނެސް މިއީ ހީލަތެއް ކަމަށް އެންގި ނަމަވެސް ބޭންކުން ވަނީ މީގެ 15 މިލިއަން ޑޮލަރު ދައުރުކޮށްދީފަ އެވެ. މި ނޯޓިސް ބެންކަށް ދިން އިރު ވެސް އެމެރިކާގެ ތިން ސްޓޭޓެއްގައި އޮތީ މި ސްކީމު މަނާކޮށް އެއީ ހީލަތުގެ ސްކީމެއްކަން އާންމުކޮށް އިއުލާނުކޮށްފަ އެވެ. އެމެރިކާ އާއި އެކި ގައުމުތަކުގެ ފަގީރުންނަށް އަމާޒުކޮށް ހިންގި މި ސްކީމުގެ ޝިކާރައަކަށްވެ އެތައް ބަޔަކަށް ގެއްލުން ވެފައިވެ އެވެ.

- އިންޓަޕޮލް އިން ހައްޔަރުކުރަން ބޭނުންވާ ސިޔާސީ މީހުންގެ ފައިސާ ވެސް ހިމާޔަތްކުރި

ޖޭޕީ މޯގަން ޗޭސް އާއި ބޭންކް އޮފް އެމެރިކާ އާއި ސިޓިބޭންކް އަދި އެމެރިކަން އެކްސްޕްރެސް އިން ވަނީ އިންޓަޕޮލް އިން ހައްޔަރުކުރަން ބޭނުންވެގެން އިއުލާނުކުރި ކަޒަކްސްތާންގެ ކުރީގެ މޭޔަރު ވިކްޓާ ޚުރަޕުނޯވްގެ އެތައް މިލިއަން ޑޮލަރެއް ވެސް އިންޓަޕޮލްގެ ނޯޓިސް އޮއްވައި ވެސް ދައުރުކޮށްފަ އެވެ. އޭނާގެ ޚިޔާނާތުގެ މައްސަލަ ބަލަން ފެށުމުން ސްވިޓްޒަލެންޑަށް ދިއުމަށް ފަހު އޭނާގެ އާއިލާ އިން ވަނީ ޖޭޕީ މޯގަން މެދުވެރިކޮށް އެ ފައިސާގެ މުއާމަލާތްތައް ހިންގައިފަ އެވެ.

- ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ މަނީ ލޯންޑަރިން އަށް ޕުޓިންގެ އެހީތެރިޔަކު ބޭނުންކުރީ ބޭންކުތައް

ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އާރްކަޑީ ރޮޓެންބާގަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ބާކްލޭސް ބޭންކް މެދުވެރިކޮށް އެ ފިޔަވަޅުތަކުން ރެކިވަޑައިގެން އަދި މަނީ ލޯންޑެރިން ވެސް ހިންގާފައިވެ އެވެ. އޭނާ އަކީ އެމެރިކާ އާއި ޔޫރަޕިއަން ޔުނިއަނުން 2014 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅު އަޅައި ޔޫރަޕްގެ ބޭންކުތަކުން އޭނާއާ މުއާމަލާތުކުރުން މަނާކޮށްފައިވާ މީހެކެވެ.

- ޔޫއޭއީގެ މަރުކަޒީ ބޭންކުން 142 މިލިއަން ޑޮލަރު

ޑޮކިއުމަންޓްތަކާ ހަވާލާދީ ބީބީސީން ބުނީ 2011 އަދި 2012 ވަނަ އަހަރު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން، ޝައްކުކުރެވޭ މުއާމަލާތްތަކުގެ ފައިސާތަކެއް ދައުރުކޮށްފައިވާ ކަމަށާއި މި މުއާމަލާތްތަކުގެ އަދަދު 142 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. މި މުއާލަމާތް ހިންގީ ގުނިޝް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ މުއާމަލާތްތަކާ މެދު ޝައްކުވާ ކަންކަން ހުރިކަން އިނގިރޭސި ވިލާތުގެ ބޭންކަކުން ޔޫއޭއީގެ މަރުކަޒީ ބޭންކަށް އެންގުމުން ވެސް އެކަން ނުހުއްޓުވާ އޮތުމުން އެ ކުންފުނިން ދިޔައީ ޔޫއޭއީގެ ބޭންކުތަކުން އާދައިގެ ގޮތުގައި މުއާމަލާތްތައް ހިންގަމުން ކަމަށް ރިޕޯޓްގައިވެ އެވެ.

- ޑޯޗޭ ބޭންކުން ޓެރަރިޒަމާއި ޑްރަގްގެ ފައިސާ

ޑޯޗޭ ބޭންކުން ވަނީ ރާވާއިގެ ޖަރީމާތައް ހިންގާ މީހުންނާއި މަނީ ލޯންޑަރިން ހިންގާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ޓެރަރިސްޓުންނާ ގުޅުން ހުރި މީހުންގެ ފައިސާ ދައުރުކޮށްދީފަ އެވެ. އެ ބޭންކުގެ އެންމެ އިސް ވެރިންނާއި މެނޭޖަރުންނަށް މިއީ ޝައްކު ކުރެވޭ މުއާމަލާތްތައްކަން އެނގޭއިރު ވެސް އަޅާނުލައި ދޫކޮށްލައިގެން ތިބިކަން ވަނީ ހާމަވެފަ އެވެ.

ހާމަވި ކަންކަމާ ބެހޭ ގޮތުން ބޭންކުތަކުން މިހާރު އަންނަނީ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 29%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބުރުލް ސަލީމް

21 September 2020

ބޭންކުތައް ނުލަފާ. ސިޔާސީމީހުން ނުލަފާ. ނުލަފާނޫނީ ކާކު؟ ސަހާދެއް ބޯހަލާކު.

The name is already taken The name is available. Register?

ކަކުނިބޯ

21 September 2020

ރާއްޖޭގެބޭންކްތަށްވެސް މިހާލަތުގައި ޓީޓީ ހުއްޓުވައިނުދޭ އަދި ރިކޮއިސްޓް ކޮއްލީތީވެސް ޗާޖްކޮށްލާ ބޭންކަށް ފައިދާ ވީކަމެއް ހަރާމް

The name is already taken The name is available. Register?

ދިވެހި ނަޖީބު ރައްޒާޤު

21 September 2020

ހެލި ކޮޕްޓަރު ތަކުގައި ޖުމްހޫރީ މައިދާނުން ބޭރު ކުރި "ކީސާ" ތަށް ކޮބާތަ؟

The name is already taken The name is available. Register?

ޙެލްކޮޕެ123

21 September 2020

“ކީސާ ތަށް “ ނޭނގެ އެކަމަކު ކީސާތައް އެހެރީ،،

The name is already taken The name is available. Register?

ޝާޑު

21 September 2020

ވެދާނެ އަރުތޫރު ބުރަދާސްްއަށް ފޮނުވިއެއްޗެއްކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454