މިފްކޯގެސީއީއޯ އިސްމާއިލް ފައުޒީ މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ:މިހާރު
23 ސެޕްޓެމްބަރ 2020 - 19:23
މަސްވެރިންނަށް ދޭންޖެހޭ ފައިސާ އިން މިހާތަނަށް 80 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ގާތްގަނޑަކަށް 83 މިލިއަން ރުފިޔާ ކަމަށެވެ. މި ފައިސާ ދީ ވަރަށް އަވަހަށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުރިހާ ފައިސާއެއް ވެސް ދެމުން އަންނަނީ އެކައުންޓް ނުވަތަ މަސްވެރިޔާ ކާޑު މެދުވެރިކޮށެވެ.
"ކުރިން ފައިސާ ދެމުން އައީ ގަނޑުކޮށް އުފުލައިގެން. މިހާރު މަސްވެރިޔާ ކާޑުގެ ސަބަބުން އެކަން ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައި މިވަނީ. މަސްވެރިޔާ ކާޑު ނެތް މަސްވެރިންނަށް ވެސް އަޅުގަނޑުމެން ބާރުއަޅަނީ ކާޑު ހައްދަން،" އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯއިން ވަނީ މަސްވެރިން ކިރުވާ މަހުގެ ފައިސާ ހަފުތާއެއްގެ ތެެރޭގައި ދިނުމުގެ ގޮތުން އެ ކުންފުނިން މަސް ގަންނަމުން އައި ފިކްސްޑް ރޭޓު ދޫކޮށްލުމަށް ނިންމައިފަ އެވެ. މިއާ އެކު ކުންފުނީގެ ކޭޝްފްލޯ ރަނގަޅުވެ ބާޒާރުގައި މަހުގެ އަގު ބޮޑުވާ ދުވަސްވަރު މަސްވެރިންނަށް ބޮޑު ފައިދާއެއް ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު މީހާ
24 September 2020
ހެހެ.. ރަނގަޅަށްވިއްޔާ އަނެއްކާވެސް ސަރުކާރުން ރައްޔިތުންނަށްޓަކައި ފައިސާކޮޅެއް ކޭސް ފްލޯއަށް އިންޖެކްޓްކޮށްލީ ތި. ކޮންމެ ސަރުކާރަކުންވެސް މަސްވެރިންނަށްވާ ވައުދުތައް ފުއްދަން ގެންގުޅޭ އަސާގަނޑަކަށް މިފްކޯމިވަނީ.. ދައުލަތަށް ފައިދާވާ ވިޔާފާރި ކުންފުނުޏެއް ގޮތަށް އޭގެ އަމިއްލަ ޒާތުގައި މިފްކޯ ހިނގައިގަންނޭނެ ދުވަހެއް ދައްކަވާށި...