03 އޮކްޓޯބަރ 2020 - 17:14
މުޅި ރާއްޖޭގެ ތަރައްގީ އަށް ބަލާ އިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަކީ ތަރައްގީގެ ހަބަކަށްވާން ޖެހޭ ކަމަށާއި މި ސަރުކާރުގެ ވިސްނުމާއި އަމާޒު ވެސް ހުރީ އެ ދިމާއަށް ކަމަށް އިނޮމިނިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް އަލުން ފެށުމުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ވަގުތު ވެސް އައްޑޫގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ބައެއް މަޝްރޫއުތައް ހުރީ ނިމުމުގެ މަރުހަލާގައި ކަމަށެވެ. އޭގެ ތެރޭގައި ތާރު އަޅައިގެން މަގުތައް ހެދުމާއި ބިންހިއްކުމާއި ގަން އެއާޕޯޓް އިތުރަށް ތަރައްގީކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މިކަންކަމަކީ އައްޑޫގައި ކުރިއަށް ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަންކަމެވެ. އެހެންވެ ސަރުކާރުކަން ކަންކަން ކުރަން ބޭނުން ވަނީ ހަމައެކަނި ފޮޓޯއެއް ދައްކައިލުމުގެ ބޭނުމުގައި ކަމަށާއި ސަރުކާރު އޮތީ އިހުލާސްތެރިކަމާ އެކު ހިދުމަތްކުރަން ކަމަށް ވިދާޅުވި އެވެ.
"Developing Addu as a key economic hub is one of the highest priorities of the Govt. Projects for the development of the roads and drainage system of Addu, reclamation of land, expansion of Gan Int Airport are already underway to achieve HEP's vision" -Min. Fayyaz Ismail @faya_i pic.twitter.com/3zz0PnNDJF
— Economy & Trade (@MoEDmv) October 3, 2020
މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑުއާ އެކު ރާއްޖޭގެ އެންމެ ދެކުނުގެ ޓޫރިޒަމް ކުރިއަރުވައި ތަރައްގީ ކުރުމަކީ ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް އިންޓަނެޝަނަލް އެއާޕޯޓް ކަމަށްވާ ގަން އިންޓަނެޝަނަލް އެއާޕޯޓަކީ ހަގީގީ އިންޓަނެޝަނަލް އެއާޕޯޓަކަށް ހެދިއްޖެ ނަމަ އެތައް ގޮތަކުން ފައިދާ އާއި ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒ ވިދާޅުވި ގޮތުގައި އަލުން ސީޕްލޭން ފެށުމަކީ ވެސް މި މަސައްކަތުގެ މުހިއްމު ބައެކެވެ.
"މި ސަރުކާރުގެ ފަރާތުން ކަންކަން މި ކުރަނީކީ ކޮންމެހެން ފޮޓޯއެއް ނަގާލަން ކުރާ ކަންކަމެއް ނޫންކަން ސާބިތުކުރަމުން މި ދަނީ. މިތަނުގެ ފަހަތުގައި އެއާ ޓެކްސީއެއް އޮތްތަން ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ރަނގަޅު، މާދަމާ އަދި މި ހިދުމަތް ފެށެނީއެއް ނޫން. މައުލޫމާތު ލިބިފައިވާ ގޮތުގައި ސާލީސް ފަސް ދުވަހުގެ ތެރޭގައި ދުވަސްތެރޭގައި [ސީޕްލޭން] ގެ ހިދުމަތް ފެށޭނީ. އެކަމަކު މިހާ ކުލަގަދަކޮށް މި ހަފުލާ [ސޮއިކުރުމުގެ ހަފުލާ] މި ބޭއްވީ މި މެސެޖު މާކެޓަށް ދިނުމަށް."
ފައްޔާޒް ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުން ހަމައެކަނި ފައިދާވާނީ ހަމައެކަނި އައްޑު އަށް ކަމަށް ދެކިގެން ނުވާނެ އެވެ. އަދި އެކަން ގުޅެނީ މުޅި ދެކުނާއި މުޅި ރާއްޖެއާ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުރަތަމަ ކުރާނީ ކޮން ކަމެއްތޯ؟ މިއީ ވަރަށް ބޮޑަށް އުފެދޭ ސުވާލެއް. އެނދު އިތުރުކުރީމަތޯ ފްލައިޓް އިތުރުވާނީ. ނޫނީ ފްލައިޓް އިތުރުކުރީމަތޯ އެނދު އިތުރުވާނީ؟ މިކަހަލަ ތާށްޓެއްގައި މިތިބީ. މިކަންކަން ހައްލުކުރުމަށް ރައީސް އިރުޝާދު ދެއްވި ކާމިޔާބުވާނޭ ގޮތަކަށް ކުރެވެން ހުރި ކަންކަން ބެލުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހުވަދޫ އަތޮޅުގައި ހުރި ރިސޯޓްތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ބެލުމަށް ރައީސް އެންގެވި. އެއާ އެކު އެމަސައްކަތް ފެށިގެން ދިޔައީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 October 2020
އެސްޓީއޯއާއިއެކު 50 އަހަރުގެ ކޮންޓްރެކްޓެއް ހަދާ 80 މިލިޔަން ގެލަން ޖެޓްފިއުލް ސްޓޯރޭޖް ގަމުގައި ހަދާ ތެޔޮ ސަޕްލައިކުރުން ހަވާލު ކުރާންޖެހޭ. # ގަމުގައި ސިފައިން ތިބި ސަރަހައްދުހުސްކޮށް އިންފްލައިޓް ކޭޓަރިންއާއި އެއަރލައިން ލައުންޖް ތަކާއިއެކު މެނޭޖްކޮށް ހިންގާން ބީޗް ހިމެނޭ 600 ކޮޓަރީގެ ސިޓީ ހޮޓަލެއް ކޮންވެންޝަނަލް ހޯލާއިއެކު އިންވެސްޓަރ ފައިނޭންސް އުސޫލުން ތަރައްޤީކޮށް 90 އަހަރަށް ހިންގާނެ ބައިނަލް އަޤުވާމީ ޕާޓީއެއް ހޯދާ ހަވާލުކުރާންޖެހޭ.
މޮޔަ ގޮލައެއް.
04 October 2020
ފައްޔާޒުމެން ތިއުޅެނީ އައްޑުއަށް މާބޮޑަށް ހެޔޮއެދޭ މީހަކަށް ހެދިގެން އައްޑޫ މީހުންގެ ހިތުގައި ނަޝީދުއަށް އޮތް ލޯބި ނަގާލާނެ ގޮތެއް ހޯދަންވެގެން.
ސަަމާސާ
04 October 2020
ކޮޗިންފެރީ އައި ދުވަހު ކުޅުދުއްފުށި އުތުރުގެ ތަރައްގީގެ ހަބަކަށް ވިއްޔޯ..ތިޔަ ހެދުނީ ދެކުނުގެ ހަބަކަށް އައްޑޫ...ދެން މިހާރު ހުންނާނީ ހުސް ހަބުތައް އަދި އިހަވަންދިއްޕޮޅު އެއީ އެން މެ ބޮޑު ހަބު.. މޮޅުކަ މަކީ ހުރިހާ ބޮޑެތި ޕްރޮޖެކްޓެއް މާލޭގައި....
ޒައާ123
04 October 2020
ތިއީ ކަނޑުގަ އަޅާލާ ފަދަ ރޮނގެއް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިތިނި މުނީ ދެން ވޯޓްކައިރީވީ މަ އަނެއްކާވެސް ހަބަކަށް ހަދާވާހަކަ ދެއްކީ މަ ރަނގަޅުވާނެ...
އޮނަރަބްލް އަފީފު ދީދީ
04 October 2020
ޓްއަރިޒެމްއާއި ބާނާ މަސްކޮޅު އެކްސްޕޯޓްކުރުމަށްވުރެން ފުޅާކޮށް ގޭންއެއަރޕޯޓާއިމެދު ވިސްނައި Strategic point ގެ ގޮތުން ގަން އޮތްތަނުގެ ބޭނުން ހިފާންޖެހޭ. # އޮސްޓްރޭލިއާ، ނިއުޒީލަންޑުން އެފްރިކާބައްރަށް ކުރާދަތުރުތަކާއި ބޮމްބޭ ޑިއްލީ، ބެންގަރލޯރ އިން ސައުތުއެފްރިކާއަށާއި ގަލްފްބައްރަށް ކުރާބައެއްދަތުރުތަކާއި ބީޖިންގ، ކޮންގކޮންގް، ޝެންގްހާއީ އިން އޮޝޭނިއާއަށް ކުރާދަތުރުތަކުގައި އަރާމްކޮށްލުމަށް ބޯޓާއި ފެސެންޖަރުން މަޑުކޮށްލާ ހިތްގައިމުތަނަކީ ގޭން ކަމުގައިހަދާންޖެހޭ.
ރަދީފްއޮފިޝިއަލް
04 October 2020
ވަރަށް ރަނގަޅު ކަމެއް.އައްޑޫ ރައްޔަތުންނަށް ފަސޭހަތަކެއް ލިބި ކުރިއަރަގެންއޭ ފެހޭ އޭ މައްލިބޭ އުފަލަަށް.މަގޭ މަހާ ވަޑިލާފެއި އޮތް ފަސްގަނޑަ ތަރައްގީވެ ރައްޔަތުން އުފަލި ވޭނޑުން އޭ މަ އެދޭ ގޮތް.ޝުކުރިއްޔާ ސަރުކާރު.
ނެގުނުކަތީބު
04 October 2020
އައްޑޫ ރައްޔިތުންނަށް ނަނާ ހުވަފެން ދައްކަންފެށީތޯ؟
މުޥައްޒަފުމީހާ
04 October 2020
އައްޑޫ ރައްޔިތުން މިހާރުބޭނުމެއްނުވޭ ތި ތަރައްޤީގެ ވާހަކަ އަޑުއަހާކަށް، ތި ތަރައްޤީ ބަލާބަލާ މިހާރު ފޫހިވެއްޖެ، އެހެން ނޫނަސް ތި ފައްޔާޒަކީ މާކަންތައްކުރެވޭފެންވަރުގެ މީހެއްވެސްނޫން، ކޮއްމެ ކަމެއްގަ އޮންނާނީ އަމިއްލަ މަސްލަހަތު އިސްކޮށްފަ، ވަޒީފާއާއިބެހޭ ޤާނޫނަށް ގެނުވި އިސްލާހުން އެކަން ވަރަށް ރަނގަޅަށް އެއްމެއްނަށްވެސް އެނގިގެންގޮސްފި، އިކްނޮމިކް މިނިސްޓަރަކަށް މަސައްކަތްތެރިންގެ ހައްޤު ހިމާޔަތްކޮށްނުދެވޭނެކަން ތިފައްޔާޒު ވަނީ ސާބިތުކޮށްދީފަ
ފަސީ
04 October 2020
ކޮބާ އިލެކްޝަނެއް ކައިރިވަނީތަ؟؟؟؟؟؟
އައްޑޫ މީހާ
04 October 2020
ހމމމމމ....އަފިރިން އޮޅިގެއޭ މިކޯ