މުނިފޫހިފިލުވުން

މަހޭޝް ބަޓަށް ތުހުމަތުކުރި މީހަކަށް ދައުވާކުރަނީ

ލުވީނާ އަދި މަހޭޝް.

އަމިއްލަ ދިރިއުޅުމާއި އާއިލާ ހަލާލުކޮށްލަން މަހޭޝް ބަޓް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ލުވީނާ ލޯދް ކިޔާ ބަތަލާއަކު ކުރި ތުހުމަތުތަކާ ގުޅިގެން ދައުވާކުރާނެކަމުގެ އިންޒާރު ދީފި އެވެ.

ބަތަލާއިން ކަމަށްވާ އާލިއާ ބަޓާއި ޕޫޖާ ބަޓްގެ ބައްޕަގެ މައްޗަށް ތުހުމަތުތެއްކޮށް އިންސްޓަގްރާމްގައި ހޮނިހިރު ދުވަހު ލުވީނާ އާންމުކުރި ވީޑިއޯއެއްގައި ބުނީ އޭނާ ކައިވެނިކޮށްގެން އުޅުނީ މަހޭޝް އަށް ބޮޑުބޭބެ ކިޔާ ސުމިތު ސަބްރަވާލާ ކަމަށާއި އޭނާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަން އެނގިގެން ވަރިވާން ކޯޓަށް ހުށަަހަޅާފައިވާ ކަމަށެވެ.

މަހޭޝް ޕްރޮޑިއުސްކޮށް، ޕޫޖާ 2010 ގައި ޑައިރެކްޓްކުރި ފިލްމު "ކަޖްރާރޭ" ގެ ރޯލެއް ކުޅުނު ލުވީނާ ބުނި ގޮތުގައި ސުމިތަކީ މަހޭޝްގެ އާއިލީ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް އިން ގެނެސްދިން ފިލްމުތައް ކަމަށްވާ 2015 ގެ "މިސްޓަ އެކްސް" ގެ ބަތަލާ އަމީރާ ދާސްތޫރާއި 2015 ގެ ފިލްމު "ޚާމޯޝިޔާ" ގެ ބަތަލާ ސަޕްނާ ޕައްބީ ފަދަ އެތައް ބަޔަކަށް މަސްތުވާތަކެތި ސަޕްލައިކޮށް ދިނުމުގައި އިސް ރޯލެއް އަދާކުރި މީހެކެވެ. އަދި ސުމިތަކީ އެތައް އަންހެނުންނެއްގެ ފޮޓޯ ގެންގުޅެ، އަންހެނުން ޓްރެފިކްކޮށް، މަހޭޝް އަށް އަންހެނުން ފޯރުކޮށް ހޯދައިދޭން ވެސް އެހީވެފައިވާ މީހެއް ކަމަށާއި މި ކުޅިގަނޑެއް ކުޅެނީ މަހޭޝް އަޑީގައި ހުރެގެން ކަމަށް ބުނެފައިވެ އެވެ.

"އޭނާ އަކީ މުޅި އިންޑަސްޓްރީ [ބޮލީވުޑް] ކޮންޓްރޯލްކުރަން އުޅޭ ޑޮންއެއް. އަދި އޭނާގެ ދަލުގައި ނުޖެހޭ މީހުންގެ ދިރިއުޅުން ހަލާކުކޮށްލަން އަަބަދު ވެސް ނުބައި ރޭވުންތައް ރާވައި، އެތައް އަންހެނުންގެ ދިރިއުޅުން މިހާތަނަށް ހަލާކުކޮށްލާފައިވާ ވަރަށް އަޑިނުބައި މީހެއް މަހޭޝް އަކީ،" ލުވީނާ ބުންޏެވެ.

އޭނާގެ ވީޑިއޯގައި ބުނީ މަހޭޝްގެ ފަރާތުން އެތައް ގޮތަކުން އެތައް ފުރައްސާރައަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ލުވީނާ ބުނީ އާއިލާ އަށް ވެސް ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށެވެ. އެގޮތުން އެ މީހުން ދިރިއުޅޭ ގެއިން ވެސް ނެރެލަން މަހޭޝް މަސައްކަތްކޮށްފައިވާ ކަމަށް ލުވީނާ ބުންޏެވެ.

"މި މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރަން ކުރި މަސައްކަތްތައް ވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވޭ. އެއްވެސް ޕޮލިސް ސްޓޭޝަނަކުން އަހަރެންގެ މައްސަލަ ބަލައެއް ނުގަނޭ. އެހެންވެ މި ހާލަތުގައި އަހަންނާއި އާއިލާގެ އެއްވެސް މީހަކަށް ގެއްލުމެއްވެއްޖެ ނަމަ އެކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ މަހޭޝް އާއި ސުމިތުގެ އާއިލާގެ މީހުން،" ލުވީނާ ބުންޏެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ވިވޭޝްގެ ގާނޫނީ ވަކީލުންގެ ޓީމުންގެ ފަރާތުން ނައިކް ނައިކް އެންޑް ކޯ އިން އާންމުކުރި ބަޔާނެއްގައި ބުނީ މަހޭޝްގެ މައްޗަށް ކުރި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އެ ތުހުމަތުތަކަކީ ހަމައެކަނި ދޮގު ވާހަކަތަކެއް އެކަންޏެއް ނޫން. ލުވީނާ ވީޑިއޯގައި ދައްކާފައި ހުރި ވާހަކަތަކަކީ މަހޭޝްގެ އަބުރަށް ވެސް އަރައިގަތުން. އެހެންވީމާ މިކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." ބަޔާނުގައި ބުންޏެވެ.

ދާދި ފަހުން "ސަޅަކް 2" ގެނެސްދިން މަހޭޝް، 72، އަކީ އަބަދު ވެސް އޭނާއާ ބެހޭ ގޮތުން ތަފާތު އަޑުތައް އަރާ މީހެކެވެ. އެގޮތުން ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ރައްޓެހިވެގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ އާއި މަހޭޝްއާ ދެމެދު ވެސް އަޑި ނޭނގޭ ގުޅުންތަކެއް އޮތް ވާހަކަ މި ފަހުން މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވިފައިވެ އެވެ. ރިއާ އަކީ ވެސް މަހޭޝް ބަޓް ޕްރޮޑިއުސްކުރި ފިލްމެއް ކުޅުނު ބަތަލާއެކެވެ. އެއީ 2018 ގެ "ޖަލޭބީ" އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީށް

26 October 2020

ޕަރުވީން ބާބީ ގެ މޮޔަވުމުގަ ވެސް މަހޭޝް ގެ އަތެއް ވޭ! މަހޭޝް ވެދާނެ ވ އަޑި ނޭގޭ ނުބައި މީހަކަށް! .. ކަންގަނާ ގެ މޮޔަ ކަމުގަ ވެސް މަހޭޝް ގެ އަތެއް ވޭ! ކަންގަނާ އަކީ ވެސް ހަމަ މަހޭޝް ގެނައި މީހެއް !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454