31 އޮކްޓޯބަރ 2020 - 07:47
މައްކާގެ ހަރަމްފުޅުގެ ފެންސްތަކެއް ފަޅާލައި ހަރަމްފުޅަށް ވަންނަ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ސައޫދީ ގަޑިން ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު ހަރަމްފުޅު ސަރަހައްދަށް ކާރު ވަދެގެން ގޮސް ގޭޓުގައި ޖެހުނު ހާދިސާގައި ހައްޔަރުކޮށްފައިވަނީ ސައޫދީ މީހެކެވެ. މިއީ އޭނާ ގަސްތުގައި ކުރި ކަމެއްކަން ނުވަތަ އެކްސިޑެންޓެއް ކަމެއް އަދި ނޭނގެ އެވެ.
ކާރު ވަދެގެން ދިޔަ މަގުގައި ހުރި ޕްލާސްޓިކް ފެންސްތައް ވަނީ ފަޅާލައިފަ އެވެ. ފެންސްތައް ފަހަނަޅައި ގޮސް ކާރު ޖެހުނީ ހަރަމްފުޅަން ވަންނަން ހުންނަ ބޮޑެތި ގޭޓްތަކުގެ ތެރެއިން ގޭޓް ނަންބަރު 89 ގަ އެވެ. ކާރުން ޖެހުމުން ފެންސްތަކާއި ގޭޓް ހަލާކުވި ނަމަވެސް ހަރަމްފުޅަށް ގޮސް ތިބި މީހަކަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ސައޫދީ ގެޒެޓުން ރިޕޯޓްކޮށްފައިވެ އެވެ.
ކޮވިޑް-19 ފެތުރޭތީ ހަރަމްފުޅު އާންމުންނަށް ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ކުރިން އޮންނަ ގޮތަށް އެއްފަހަރާ ގިނަ ބަޔަކަށް އެތަނަށް ވަނުމުގެ ހުއްދަ އަދިވެސް ނުދެ އެވެ. ރޭގެ ހާދިސާއާ ގުޅިގެން ހަރަމްފުޅު ބަންދުކުރުން ފަދަ އެއްވެސް ކަމެއް ނުކުރެ އެވެ.
ހަރަމްފުޅުގެ 89 ނަންބަރު ގޭޓުގައި ޖެހުނު ކާރު
ސައޫދީގެ އޮކާޒް ނޫހުން ބުނީ ހަރަމްފުޅު ތެރެއަށް ވަން ކާރުގެ ޑްރައިވަރު ހައްޔަރުކޮށް ސުވާލުކުރުމަށް މިހާރުވަނީ ޕްރޮސިކިއުޓަރުންނާ ހަވާލުކޮށްފައި ކަމަށެވެ.
ހަރަމްފުޅު ސަރަހައްދަށް ވަން ކާރު ނެރެގެން ގެންދަނީ
ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު ގޮސް ގޭޓުގައި ޖެހުމާއެކު، އެތަނުގައި ތިބި މިހުން ދުވެފައި ކާރު ކައިރިއަށްދެ އެވެ. އަދި އިރުކޮޅަކުން އެ ކާރު ކޮއްޕާފައި ނެރެގެން ގެންދެ އެވެ.
The security officials then themselves pushed the car at the area to protect all worshippers and from further damage.
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) October 30, 2020
May Allah protect Masjid Al Haram and the guests of Allah. pic.twitter.com/aCSOpbq5Ar
ހަރަމްފުޅު ސަރަހައްދަށް ވަދެ ގޭޓްގައި ޖެހުނު ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފައި
ސައޫދީން ވަނީ ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި، ސައޫދީން ބޭރުގައި ތިބި މީހުން ހަރަމްފުޅަށް ޒިޔާރަތްކޮށް އުމްރާވުން މަނާކޮށްފައި އޮތް އޮތުން މާދަމާ އިން ފެށިގެން އުވާލާން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
31 October 2020
ސައޫދީ ވިއާމް ނޫހުން ބުނީ ކާރު ދުއްވަން އިނީ ބުއްދި ހަމަނުޖެހޭ މީހެއްކަމަށް.
ފަހުދު
31 October 2020
އެމީހާ ހައްޔަރު ކުރެވުނީ ވަރައް އަނިޔާވެރި ގޮތަކައްކަމައް ފޮޓޯއިން ފެނޭ. އެއީ އެމީހާ ގަސްތުގައި ކުރިކަމެއް ކަންވެސް އެންގޭނީ ތަހުގީގު ކުރުމުން
ދޫހަމް
31 October 2020
ހަރަމް ފުޅާ މިސްކިތާ ވަކިކުރަން އެގޭތަ ނޭގެންޏާ މީހަކު ކައިރީ އަޙަލަން ނުކެރެނއޏާ ގޫގަލް ކޮށްލާ
900 ޑިގުރީ
31 October 2020
ތިވެދާނެ ފުރާންސްގެ ކުޅިގަންޑަކަށް ނުވަތަ އެމެރިކާ ނުވަތަ އިންޑިޔާގެ ހިންދޫންގެ ރޭވުމަކަށް
އިކުތިސޯތީ ޗޯރ
31 October 2020
ހަމަވެދާނެ ޗަ އިނާ ކަމަކަށްވެސް
ބަޑީ
31 October 2020
ތީ ޗައިނާ ކަމަކަށް ނުވާންވީ ސަބަބަކީ ކޮބާބާ؟ އެމީހުން އެ ޤައުމުގަ ތިބި މުސްލިމުންނަށް ހަދަމުންދާގޮތް ނުފެންނަނީތޯ؟
ތާރީހުކިޔަވާ
31 October 2020
1979 ގައި ސައުދީގެ ހައްދުފަހަނަ އެޅި ޖަމިއްޔާއެއް ކަމަށްވާ އަލްއިހްވާން އިން ހަރަމްފުޅު ހިސާރުކޮށް އެތަށް ހާސް ބަޔަކު ހޮސްޓޭޖުން ގޮތުގައި ހިފެހެއްޓުމުން އަލުން ސައުދީ ސަރުކާރުގެ ބާރުގެ ދަށަށް ގެނެވުނީ ދެހަފުތާ ފަހުން ފަރަންސޭސި ސްޕެޝަލް ފޯސަސްގެ އެހީތެރިކަމާ އެކީ.
ާއަލިމޯޑު
31 October 2020
އިންޑިއާގެ ހިންދޫންގެ ކަމަކަށް ވެދާނެޔޭ ބުނީމަ އެމްޑީޕީ ކުދިންގެ ހިތަށް ހާދަ ތަދުވެއްޖެޔޭދޯ.އަޅެ ކަލޭމެން އިންޑިއާއަށް ބަލަދު އަރާފަ ތިބީތަ. ރާއްޖެ ހިފަން ޖެހޭކަމަށް ބުނި އިންޑިއާގެ ސުބަރަމާނިއަން ވަނީ ސައޫދީގައި ހުންނަ ގެފުޅު ގޮއްވާލަން ޖެހޭކަމަށް ބުނެފަ.
ވެދާނެ
31 October 2020
ވެދާނެ ދޯ ބިން ސަލުމާނުގެ ރޭވުމަކަށްވެސް. ހަޝޯގީ ކޮށާ ކުދިކޮށްލަން ރޭވިމީހަކު މިކަންވެސް ރާވަފާނެ.
ސިޔާ.ް
31 October 2020
މިންވަރު ކުރެއްވި ކޮންމެ ކަމެއްވެސް ދާނީ ވަމުންނެވެ.