ބީއެމްއެލް ހެޑް އޮފީސް: ބޭންކުގެ ފައިދާ މިދިޔަ ކުއާޓާގައި ވަނީ އިތުރުވެފައި--
01 ނޮވެމްބަރ 2020 - 10:06
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބާލައިރު 34.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 224.4 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލުން ނެރުނު "ކުއާޓާލީ" ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގައި ބޭންކަށް ލިބުނު ސާފު ފައިދާ ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 152.3 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ތިން ވަނަ ކުއާޓާގެ ސާފު ފައިދާ އިތުރުވި ނަމަވެސް ބީއެމްއެލުން ލަފާ ކުރާ ގޮތުގައި ޕްރޮވިޝަން ޗާޖު އިތުރުވުމާ ގުޅިގެން މި ހިނގާ ކުއާޓާގައި އެ ނަތީޖާ ހާސިލެއް ކުރެވޭނެ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި މި ހިނގާ ކުއާޓާ ވެގެންދާނީ ދަތި އުނދަގޫ ކުއާޓަރަކަށެވެ. އެހެންނަމަވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް މެދުކެނދުމެއް ނެތި ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކުއާޓާގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވީ ނަމަވެސް މި އަހަރުގެ ބާކީ ބައިގައި ޕްރޮވިޝަން ޗާޖް ބޮޑުވާނެ ކަމަށް ލަފާކުރެވޭ. އެހެނަސް ބޭންކުން މުޖުތަމަ އަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިހާރު ހުރި ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމުގެ ގޮތުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން ދާނެ،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލްގެ ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގައި ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 646 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 639 މިލިއަން ރުފިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔުބޭ
02 November 2020
ބޭންކުން ޑިވިޑެންޑް ހިއްސާދާރުންނަށް ނުބަހާ ކޮން ބޭކާރު ވާހަކައެއް، ބޯޑުން އެބަޖެހޭ އެމްއެމްއޭ އިން އެންގި ނަމަވެސް ޑިވިޑެންޑް ބަހަން، އެމްއެމްއޭ އިން ޕޮލިޓީޝަނުންގެ މުސާރަ ވެސް ލައްކައިން ލިބޭ މީހުންގެ މުސާރަ ކުޑަކުރާކަށް ވެސް ނޭންގުނު.
އަޅޭޖީބު
01 November 2020
އަޅެ ކީއްތަވާބީ ތިކަމުގަ އުފަލުގަ 5 ރުފިޔާ ގަނޑު ނަމަވެސް ތިޔަ ބޭންކުގަ ހުރި އެކައުންޓުތަކަށް ފޮނުވާލަން
ސަންޕަ
01 November 2020
ކޮންމެ ދުވަހަކު އަރާއިރާއެކު ބޭންކްގެ ދޮރުހުޅުވާފަ އޮއްސޭއިރާއެކު ލައްޕާލީމާ ދުވާލަކަށް 2 މިލިޔަން ރުފިޔާ ފައިދާ. ހުކުރު ހޮނިހިރު ނުހުޅުވިޔަސް 2 މިލިޔަން ފައިދާ!
ބބބ
01 November 2020
ރައްޔިތުން ފެލާ ބޭންކް
ބަނގޫޓުވި މީހާ
01 November 2020
މަޖްލިސް ގެ ވަރަށް ގިނަ މެންބަރުންނާ، "އިޚުލާސްތެރި" މީހުންނަށް ބީއެމްއެލް ފިޔަވާ ރާއްޖޭގައި ހުންނަ ބޭންކަކުން 15.42 ގެ ރޭޓުން ވިއްކާ ޑޮލަރުތައް 19ރ އިން 19.70ރ ދެމެދުގެ އަގުތަކަށް ގްރޫޕްތައް ހަދައިގެން އޭގެ ނާޖާއިޒު ފައިދާ ނަގަމުން ދާއިރުވެސް ބީއެމްއެލް އިން ތިޔަކުރާ ހިތްވަރަށް ސާބަސްދެން! ކްރެޑިޓް ލިމިޓްތައް މަތިކޮށް ބީއެމްއެލް އިން ސިޔާސީ މީހުންނާ ކުރިން މި ބުނި 'ޢިއްޒަތް ތެރިން' ނަށް ދޫކޮށްފައި ހުރި ކާޑުތަކުގެ ނާޖާއިޒު ފައިދާ ނަގަން ފެށުމުން އޭގެ ދުއްޕާން ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ޖެހުނު ކަންވެސް މި ނޭވާގައި ފާހަގަކުރަން! މި އޮތް ސްލޯ ރެޖީމް އޮއްވާ އިކޮނޮމީ ރަގަޅު ވާނެކަމަކަށް އަންދާނުކުރެވޭ!
ނަހަމަ
01 November 2020
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ އަރުވައިގެން ދެރަ ނިކަމެތިމީހާ ދަވާލަން ލޯނުގެ އިންޓަރެސްޓްތައް ވެސް ކުޑަނުކޮށް ހިފަހައްޓަނީ. މުއްސަދި މީހާ ނުދައްކާ އޮންނަ ލޯނަށް ގޮތެއް ނުހެދުނީމާ ދެރަމީހާގެ މުދާކޮޅު ވެސް ވިއްކާލައިގެން އެބައި ފޫބައްދަން މަސައްކަތްކުރަނީ. ނުހައްޤުން ފައިސާ ހޯދާ މީހުން މީއީ
ހާސަރު
01 November 2020
ކިތަންމެ ފައިދާއެއް ވިއަސް އަދިވެސް މިދިޔަ އަހަރުގެ ފައިދާވެސް އަދިވެސް ނުބަހާ! އެހެން ހުރިހާ ކުންފުނިތަކުން ފައިދާބަހައިފި. ނޫހުންވެސް ބެންކްގައި މިވާހަކަ އަހާލަބަލަ.
ބައިރޯ
01 November 2020
ބެންކު ބޯޑްގަ ތިބެނީ ކޮންބައެއްތަ
ޝަރުތުކުރެވޭނެއޭ
01 November 2020
ބީއެމްއެލް އަށް ލިބޭ ފައިދާ އިތުރު ކުރުމަށް ޓަކައި އެބަޖެހޭ މާލެ ސަރަހައްދުން 100 ފަޅު ބީއެމްއެލް އަށް ދޭން ދެން ބީއެމްއެލް އަށް އަންގަންވީ އެފަޅު ތައް ބީއެމްއެލް އިން އެމްޓީސީސީ އަށް ކޮންޓްރެކްޓްދީގެން އެ ފަޅު ތައް ހިއްކާ ބަނދަރު ހަދާ ތޮށިލާ ހެދުމަށް ފަހު އެފަދަ ފަޅު ތަކުން 10 ހާސް އަކަފޫޓްގެ 10 ހާސް ބިން ކޮންމެ މަހަކު ވިއްކާނީ ބިމެއް 1 މިލިއަން ރުފިޔާ އަށް އެއިރުން ދެން އެފަދަ ބިން ތަކުގައި ގެދޮރު ހަދާއިރު ލޯން ނަގަން ޖެހޭނީ ބީއެމްއެލް އިން ކަމަށް
ނެތީމޭނެތީމޭ
01 November 2020
ތިންވަނަ ކުއާޓާގައި ބީއެމްއެލްގެ ފައިދާ 258 މިލިއަން ރުފިޔާއަށް އަރައިފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ވެރިކަމުގަިއ ތިބި ނަމަ މިއަދު ތިޔާ އަދަދު ގުނާނީ 258 ބިލިއަން ރުފިޔާ އިންނޭ މަމެން ބުނަން ނެތީމޭ...