ކުޅިވަރު / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އައިއޯއައިޖީ ބޭއްވޭނެ ގޮތްތަކެއް ހޯދޭނެ: މަރުޒޫގު

އައިއޯއައިޖީގެ ވަފުދާ އެކު މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަރުޒޫގު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމާ ބެހޭގޮތުން ގޮތެއް ނިންމަންޖެހޭނީ ވަރަށް ފުޅާ ދާއިރާއެއްގައި ޓެކްނިކަލް މީހުންނާ ވެސް މަޝްވަރާކުރެވިގެން ކަމަށާއި އޭނާ ގަބޫލުކުރާގޮތުގައި އައިއޯއައިޖީ ބޭއްވޭނެ ގޮތްތަކެއް ހޯދޭނެ ކަމަށް އޮޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ތެެރެއިން 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި މިހާރު އޮތްގޮތުން 2023 ވަނަ އަހަރު މުބާރާތް ނުބޭއްވޭނެކަން ޔަގީންވެފައިވާ ކަމަށާއި ސަރުކާރުން ވަނީ 2025 ވަނަ އަހަރަށް ގޭމްސް ފަސްކޮށްދޭން އެދިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ފަހުގެ ނިންމުމެއް ނިންމާނީ ކެބިނެޓުން ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަރުޒޫގު ރޭ ވިދާޅުވީ ރާއްޖެ އަށް ނުބޭއްވިއްޖެނަމަ އެހެން ގައުމުތަކުން ތިބީ ގޭމްސް ހޯސްޓްކުރަން ބަލަ ބަލާ ކަމަށާއި އެހެންވުމާ އެކު މި ވަގުތު އެންމެ މުހިއްމީ އައިއޯއައިޖީ ބޭއްވޭނެ ގޮތްތަކާ މެދު ކަމުގެ ތަޖުރިބާކާރުންނާ އެކު ވާހަކަ ދެއްކުން ކަމަށެވެ.

"ކޮންމެހެން ނުޖެހޭ ފަސް ތަރީގެ ގޭމްސް އެއް ބާއްވާކަށް. ހަގީގަތުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަކީ މާ ބޮޑު ފެންވަރެއްގައި ބާއްވާ ގޭމްސް އެއް ނޫން. މީގައި ޖެހެނީ ގައުމުތަކުން އެތުލީޓުން އައިސް ރަނގަޅަށް ވާދަކޮށްލެވޭ މަގެއް އޮތުން،" މަރުޒޫގު ވިދާޅުވި އެވެ.

"އަޅުގަނޑާ ދިމާވޭ އައިއޯއައިޖީ ބޭއްވޭނެ ކަމަށް އަދިވެސް ގަބޫލުކުރާ ކުޅިވަރުގެ ވިސްނުމުގެ ބޭފުޅުން. އެ މީހުންގެ ހިޔާލުތަކެއް ވެސް އެބަހުރި. އަޅުގަނޑު ބޭނުންވަނީ ސަރުކާރުން ވެސް އެހާ އަވަސް އަރުވާލާފައި ގޭމްސް ލަސްކުރުމުގެ ވާހަކަތައް އެހާ ބާރަށް ދެއްކުމުގެ ބަދަލުގައި ޓެކްނިކަލް ބޭފުޅުންގެ ހިޔާލު ވެސް ހޯދައިގެން ކުރިއަށްދާން. މިކަން ކޮށްލެވޭނެ ފޯމިއުލާ ނެރެވޭނެ ދިވެހިން އެބަތިބި."

މަރުޒޫގުގެ ސުވާލަކީ ހަމައެކަނި ވަކި ކަންކަމަށް ބަލަައިގެން ގޭމްސް ފަސްކުރުން ނޫނީ މި ފުރުސަތު ދޫކޮށްލަން ވިސްނުމުގެ ބަދަލުގައި މިހާރު ލިބިފައި އޮތް ވަގުތުގެ ބޭނުން ހިފައިގެން ވެސް ކަންކަން ރޭވިދާނެ ކަން ފެންނަން އޮތްއިރު އެ ގޮތަށް މަސައްކަތް ނުކުރަނީ ކީއްވެތޯ އެވެ. އޭނާގެ ނަޒަރުގައި އައިއޯއައިޖީގެ ޕްލޭން އެންމެ ފުރަތަމަ އައި ދުވަހުން ފެށިގެން ވާހަކަ ދެކެވުނީ އެންމެ ވޯސްޓް ކޭސްގައި ވެސް މުބާރާތް ބޭއްވޭނެ ގޮތްތައް ހޯދޭނެ ކަމަށް ގަބޫލުކޮށްގެންނެވެ. އަދި އެ ގޮތަށް ބަލާއިރު އަދިވެސް މި ފުރުސަތު ނަގާނުލުން މުހިއްމުކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

"(އައިއޯއައިޖީ) ބާއްވަން މަސައްކަތްކޮށްފިއްޔާ ބޭއްވޭނެ، 2023 ގައި ނުބޭއްވިދާނެ. އެކަމަކު އަށް ވަރަކަށް ނޫނީ ނުވަ މަސް ލަސްކޮށްލާފައި ހަމަ ބާއްވާލެވޭނެ. ފައިވް ސްޓާ ފެންވަރުގައި ނޫނަސް ރާއްޖޭގައި އެބަހުރި މި ވަގުތަށް ބެލިޔަސް ގޭމްސް ހޯސްޓްކުރެވޭނެ ގޮތްތައް. ބައެއް ކުޅިވަރުތައް މަދުކޮށްފައި ވިޔަސް. ހަމައެކަނި ނެތީ ޕޫލާއި އެތުލެޓިކް ޓްރެކް ކަހަލަ ތަންތަން. ދެން މިހިރީ ހައްލު ހޯދޭނެ ކަންތައްތައް. މިހާ ވަރަށް ވެސް މިކަން ކުރެވޭނެ ގޮތެއް ސަރުކާރަށް ފެންނަން ނެތިއްޔާ އަޅުގަނޑު ދެން ގަބޫލުކުރާނަން ނުބޭއްވޭނެކަމަށް،" ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އެކި ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ވާހަކަތަކަށް އިޝާރާތްކޮށް މަރުޒޫގު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް އެންމެ ބޮޑަށް އެނގޭނީ ސަރުކާރަށް ކަމަށާއި ހަމައެކަނި އިގްތިސާދީ މައްސަލަތަކަށް ވިސްނައި ގޭމްސް ފަސްކުރުމަކީ އޭނާ އެހާ ބޮޑަށް ގަޔާވާ ވާހަކަތަކެއް ނޫންކަން މަރުޒޫގު ފާހަގަކުރެއްވި އެވެ. އެެހެން ވިދާޅުވި ކަމުގައި ވިޔަސް މިއީ ގިނަ ޒުވާނުންގެ ވަޒީފާތަކަށް އަސަރުކޮށްފައިވާ ވަގުތެއްކަން ގަބޫލުކުރާ ކަމަށާއި ގޭމްސް އެއް ހޯސްޓްކުރުމަކީ ވެސް އޭގެން ވެސް ވަޒީފާތަކެއް އުފެދިގެން އަންނަނާނެ ކަމެއް ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

ފަސް ތަރީގައި ނޫނަސް އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހޯދޭނެ - މަރުޒޫގު

މަރުޒޫގު ވިދާޅުވީ ގޭމްސް ބާއްވަން ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ފައިސާގެ މައްސަލަކަމަށާއި ދެން ދައްކަނީ އޮލިމްޕިކްސް ފަދަ މުބާރާތްތައް ފަސްކުރަމުންދާ ވާހަކަ ކަމަށެވެ. އެކަމަކު ސާފުކޮށް ފެންނަން އޮތް ކަމަކީ ފަސްކުރަމުންދަނީ މި އަހަރާއި އަންނަ އަހަރު އޮންނަ ގޭމްސް ނޫނީ ބައެއް މުބާރާތްތައް ކަމަށާއި 2022 ގެ ފަހުން އޮތް އެއްވެސް މުބާރާތެއް އަދި ފަސްކޮށްފައިނުވާކަން މަރުޒޫގު ފާހަގަކުރެއްވި އެވެ.

"މިސާލަކަށް 2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސް ބާމިންހަމްގައި އެ އޮތީ. މިއައި ކަންކަމާ އެކީ އެ މީހުން ޕްލޭން އެއްކޮށް ޗޭންޖްކުރީ އެކޮމަޑޭޝަން އާއި ޓްރެއިނިން ސެންޓަރުތަކާތަންތަނަށް. ގާތްގަނޑަކަށް އެ މީހުންގެ ކޮސްޓްގެ 60 ޕަސެންޓް ކަޓް ކޮށްފައި ކުރިއަށްދާން މި އޮތީ ރާވާފައި. މިކަހަލަ ގޮތަކަށް އަހަރެމެން ވެސް ޕްލޭނެއް ހަދާލުން ރަނގަޅު،" މަރުޒޫގު ވިދާޅުވި އެވެ.

ރާއްޖޭން 2023ގެ އައިއޯއައިޖީ ދޫކޮށްލައިފިނަމަ ގޭމްސް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމަކީ މަޑަގަސްކަރާ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން އަސަދު

04 November 2020

މި ފަހަރު ނުބާއްވަންޏާ ދެން މިކަމެއް މިރާއްޖެއަކަށް ފުރުސަތެއް ނުލިބޭނެ.އެންމެ އަވަހަށްވެސް ދެންލިބޭނީ 2027ގެ ފަހުން.އޭރުން އަނެއްކާވެސް ޖެހޭނީ ވާދަކުރަން.ވޯޓު ހޯދަން ހިގަންޖެހޭނެ.އަނެއްކަމަކީ އެތްލީޓުންގެ ޢުމުރު ނުހިފހެއްޓޭނެ.ރާއްޖޭގަ މިތިބީ މަދު އެތްލީޓުންކޮޅެއް.އެމީހުންގެ ޢުމުރު ބޮޑު ނުވަނީސް މެޑަލްޓޭބަލުން ރަގަޅު ހިސާބަކަށް ދެވޭތޯ މަސައްކަތް ކުރަންޖެހޭ.އެހެންނޫނީ ކުޅިވަރަށްވެސް ދިވެހިންނަށްވެސް ލިބޭނެ އެއްޗެއްނެތް.

The name is already taken The name is available. Register?

ބެލެނިވެރިން

03 November 2020

ފުރަތަމަކަމަކައް ބާސްކެޓް ގަ ގެން ގުޅޭ ސުޕުން ބޭރުވާނެ ގޮތެއް ހައްދަވާ ދެއްވުން އެދެން އާދޭސް ކޮއްފަ ބުނަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454