ސޮނެވާ ޖާނީގެ މުވައްޒަފުންތަކެއް: އެ ރިސޯޓުން ބޭނުންވަނީ ދިވެހި އަންހެން މުވައްޒަފުން-- ފޮޓޯ: ސޮނެވާ
04 ނޮވެމްބަރ 2020 - 12:56
ނ. އަތޮޅުުގައި ތަރައްގީ ކޮށްފައިވާ ސޮނެވާ ޖާނީގެ ވަޒީފާ އަށް 85 މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.
އެ މަގާމުތަކަށް ކޮންމެ ގައުމެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ އެވެ. ނަމަވެސް ދިވެހިންނަށް އިސްކަން ދޭނެ ކަމަށް ސޮނެވާ ޖާނީން ބުނެ އެވެ.
- ހައުސްކީޕިން: 18
- ބަޓްލާ: 16
- ވޯޓާ ސްޕޯޓްސް ޑިޕާޓްމަންޓް: 2
- ބޯޓް ކްރޫ: 2
- "ލައިފް" ޓީމް: 6
- ރިޒަވޭޝަން އެޖެންޓް: 1
- ގިފްޓް ޝޮޕް އެސިޓެންޓް: 2
- އެއާޕޯޓް ހޯސްޓް: 2
- އެސިސްޓެންޓް އެފް އެންޑް ބީ މެނޭޖަރު: 1
- ޑެސްޓިނޭޝަން މެނޭޖަރު: 3
- އެފް އެންޑް ބީ ޓީމް: 8
- އިންޖިނިއަރިން ޓީމް: 10
- ކިޗަން ޓީމް: 14
ސޮނެވާ ގްރޫޕުގެ ސީއީއޯ ސޯނޫ ސިވްދަސާނީ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އާއި ދުނިޔޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރި ނަމަވެސް 100 އެއްހާ ވަޒީފާ އަށް މީހުން ހޯދަން ފުރުސަތު ހުޅުވާލުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ސޮނެވާގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެކި ފުރުސަަތު ހޯދައިދީ، ބާރުވެރިކުރުވުމަށް ތަފާތު މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީން ކަން އެ ކުންފުނިން ދެ އެވެ. އަންހެން ގިނަ މުވައްޒަފުން ދާއިރާއަށް ނެރުމަކީ ވެސް އެ ކުންފުނީގެ އުއްމީދެކެވެ.
ސޮނެވާ ޖާނީގެ މުވައްޒަފެއް: އެ ރިސޯޓުގެ މުވައްޒަފުންގެ 30 ޕަސެންޓް އަންހެނުންނަށް ހެދުމަށް ސޮނެވާއިން އަންނަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ސޮނެވާ
އަންނަ އަހަރު ނިމޭއިރު ސޮނެވާގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު 30 ޕަސެންޓަށް އެރުވުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ ދަށުން ހިންގާ ސޮނެވާ ޖާނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 20 ޕަސެންޓަކީ އަންހެނުންނެވެ. ސޮނެވާފުށީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 16 ޕަސެންޓަކީ އަންހެނުންނެވެ.
ސޮނެވާ އިން ވަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ހާއްސަ އެކޮމޮޑޭޝަން ކުއާޓާއެއް ވެސް ހަދައިފަ އެވެ. ކޮންމެ މަހަކު އެއްފަހަރު އަންހެނުންނަށް ހާއްސަ އެކްޓިވިޓީތައް ހިނގްާއިރު މަތީ މަގާމުތަކުގައި ތިބޭ އަންހެނުންނަށް އާއިލާއާއެކު ރިސޯޓުގައި ދިރިއުޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެ ކުންފުނީގެ އަންހެން މުވައްޒަފުންގެ ތެރެއިން ސޮނެވާފުށީގެ 25 ޕަސެންޓް އަދި ސޮނެވާ ޖާނީގެ 28 ޕަސެންޓް އަންހެނުން މަސައްކަތް ކުރަނީ ސީނިއާ މަގާމުތަކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
04 November 2020
ތިތަނުން އާދައިގެ ވަޒީފާގަނޑެއް ދިވެއްސަކަށް ދީފާނެ ތޯއްޗެ!
ގަބޫލެއްނުކުރެވޭނެ.
04 November 2020
ތީ ސޯނޫ މެން މަތި އޮމާން ކުރަން ދައްކާ ވާހަކަ ހަމަ ބިދޭސީންނަށް ވަޒީފާ ދޭނީ، އަހަރުމެނަށް އެނގޭ ސޯނޫ ދިވެހި މުވައްޒިފުންނާ ދޭތެރޭ ކަންތައް ކުރާގޮތް
އެއްދުއްޕަރުވާރު
04 November 2020
ނ.އަތޮޅުގެ އެންމެ ބޮޑު އެއްފަޅުރަށުން ނ އަތޮޅަށް ފައިދާވަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
04 November 2020
ލިއުމުގެ ފުރަތަމަ ފޮޓޯއަކީ މީގެ 7 މަސްދުވަސް ކުރިން ނަގާފައިވާ ފޮޓޯއެއް ކަމުގައިވާނަމަ ފޮޓޯގައިތިބި 4 ކުދިންގެ ތެރެއިން މިހާރު ތިޔަ ރިސޯޓްގައި ވަޒީފާގައި ތިބީ ކިތައް ކުދިންތޯ؟ ތިއީ "އިހަށްދުވަހު ވެއްދި ކުދިން" ކަމުގައިވާނަމަ ތިއޮތީ އުސްތިހާރު ކުރުމަށް ހަދާފައިވާ ބިލްބޯޑެއް ނޫންތޯ. # ރިސޯޓްތަކުގައި ދިވެހިން ގެންގުޅޭންޖެހޭ އަދަދުގެ ބަދަލުގައި "ރިސޯޓްގެ ވޭޖަރސްގެ %85 ހޭދަކުރާންވާނީ ދިވެހިންނަށް" ކަމުގައި ޤާނޫނަކުން ކަޑައަޅާންޖެހޭ.
ހަގީޣާ
04 November 2020
ހުސް ދޮގު. ދިވެހި މަސް ނުގަނެ، އިންޑޮނޭޝިއާ މަސް ގަންނަ މީހުން ކިހިނެއް ދިވެހި މުވައްޒަފުންނަށް އިސްކަންދޭނީ؟
Ali Gasim
04 November 2020
ވަޒީފާގެ ބާޒާރުގައި ތިބި ބޭރުމީހުނަށްވެލީމާ ދިވެހިންނަށް އިސްކަންދޭވަރު ހާމަވޭ ރާއްޖޭގައި ގިނަދިވެހިން މަގުމަތިވެފަ ބޭރުމީހުން ގާނޫނަށްވުރެމަތީގަ
ކުރުކުރު
04 November 2020
ރާއްޖޭގަ 150 އެއްހާ ރިސޯޓު ހިންގާއިރު ތިޔަ ސޮނެވާއެއްގެ ވާހަކަ ނޫހުގަ އަބަދު މިޖަހަނީ ކީއްވެގެންބާ. މީގެ ދެތިންދުވަހެއްކުރިންވެސް ތިޔާ ބައެއްގެ ވާހަކަ އޮތް. މިވަރަށް ޕުރޮޕެގެންޑާ ހިންގުމުގެ އަޑީގައޮތީ ކޮންކަމެއްބާ.
ކަންނެލި ބުރޯ
04 November 2020
ސަޕްލަޔަރުނަށް ޕޭމަންޓް ނުދޭތީ. ބްރޭންޑް މަލަމަތި ރީތި ކުރެވޭތޯ ބަލަނީ!
ޙިނި
04 November 2020
ޥަރައް ރަންގަޅު. ސޯނޫ މުއްސަންދިވީ މިޔާޖޭގެ ރިސޯޓުތަކުން އޭގެ އަގުވަޒަންކުރަންޖެހޭ
ރަދީފުލް ކުމާރު
04 November 2020
މި ފަޒީފާތައް ލިބެނީ ދިވެހިންނަށްތޯ ކަނޑައެޅިފައިވާ އިންސަތައަށް ދިވެހިންނަށްތޯ ބަލާ ވަރަށް ރަނގަޅަށް ފާރަވެރިވާންޖެހޭނެ. މިހެންބުންޏަސް އެނގޭ ހަމަ އެއްކަމެއްވެސްނުވާނެކަން.
ކަދީދައްތަގެމުނީރާ
04 November 2020
އަންހެނަކަށްވީތީއޭ ކިޔާފާ ކޮންމެހެން ވަޒީފާދޭކަށްނުޖެހޭ. ވަޒީފާދޭންޖެހޭނީ ގާބިލިއްޔަތުކަމަށްބަލާފާ.