ލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާ ބޯޓެއް ޖައްސަނީ-- ފޮޓޯ: މިހާރު
05 ނޮވެމްބަރ 2020 - 13:08
މިިދިޔަ މަހު ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) އިން 1،148 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރެކޯޑުކޮށްފައިވާ މޫވްމަންޓްގެ ތެރެއިން 640 މޫވްމަންޓަކީ ބައިނަލްއަގުވާމީ މޫވްމަންޓުތަކެވެ. އަދި އެތެރޭގެ އުދުހުންތަކުގެ 508 މޫވްމަންޓް ވަނީ ރެކޯޑުކޮށްފަ އެވެ.
މިއީ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 418 މޫވްމަންޓް އިތުރުވުމެކެވެ. ސެޕްޓެމްބަރު މަހު ރެކޯޑު ކޮށްފައިވަނީ 730 މޫވްމަންޓެވެ.
October 2020 stats @VelanaAirport pic.twitter.com/leSeKn5VRH
— Maldives Airports Company Ltd - MACL (@MACLmedia) November 4, 2020
އެމްއޭސީއެލުން ކުރި ޓްވީޓެއް--
މިދިޔަ މަހުގެ ވީއައިއޭގެ ޕެސެންޖާ ޓްރެފިކް ވެސް ވަނީ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، މިިދިޔަ މަހު އެކި ގައުމުތަކުން 25،520 މީހުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު އެކި ރަށްރަށުން ވީއައިއޭ އަށް 6،416 މީހުން ވަނީ އައިސްފަ އެވެ.
މީގެ އިތުރުން 22،828 މީހުން ރާއްޖޭން ބޭރަށް ގޮސްފައިވާއިރު ވީއައިއޭއިން އެކި ރަށްރަށަށް 6،284 މީހުން ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން މިދިޔަ މަހުގެ ނިޔަލަށް 16 އެއާލައިނަކުން އަންނަނީ ރާއްޖެ އަށް ދަތުރުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy