ކުޅިވަރު / ޔޫރޮޕާ ލީގް

ރޭންޖާސް އާއި ބެންފީކާ އެއްވަރު، މިލާނަށް ނާކާމިޔާބު

ބެންފީކާގެ ގްރިމާލްޑޯ (ކ) ކައިރިން ރޭންޖާސްގެ މޮރޭލޯސް ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

06 ނޮވެމްބަރ 2020 - 11:56

ލިޒްބަން (ނޮވެމްބަރު 6) - ޔޫރޮޕާ ލީގުގެ ފުރަތަމަ ދެ މެޗުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ރޭންޖާސް އާއި ބެންފީކާ 3-3 އިން އެއްވަރުވިއިރު، އޭސީ މިލާން އަމިއްލަ ދަނޑުގައި ލިލް އަތުން 3-0 އިން ބަލިވެއްޖެ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ ބެންފީކާ އިން ލީޑުނެގީ ރޭންޖާސްގެ ކޮނާ ގޯލްޑްސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި ބެންފީކާގެ ނިކޮލަސް އޮޓަމެންޑީ އަށް ރަތް ކާޑެއް ދެއްކުމުން ބެންފީކާ އިން މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އޭގެ ފައިދާނަގައި ރޭންޖާސް އިން ތިން ގޯލު ޖެހި އެވެ. ރޭންޖާސް އިން އެއްވަރުކުރި ގޯލަކީ ބެންފީކާގެ ކުޕީޑޯ ގޮންކާލްވެސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބެންފީކާ އިން ލީޑުނެގި ގޯލުތައް ޖެހީ ގްލެން ކަމާރާ އާއި އަލްފްރެޑޯ މޮރޭލޯސް އެވެ.

ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް އަތުން މެޗުގެ ތިން ޕޮއިންޓް ގެއްލުނީ ފަހު 13 މިނިޓް ތެރޭ ބެންފީކާ އިން ދެ ގޯލު ޖެހުމުންނެވެ. ބެންފީކާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މި ގޯލު ކާމިޔާބުކުރީ ރަފާ ސިލްވާ އެވެ. އިތުރު ވަގުތުގައި ބެންފީކާ އަށް ޕޮއިންޓެއް ހޯދައިދިން ގޯލު ޖެހީ ޑާވިން ނޫނޭޒް އެވެ.

މެޗަށް ފަހު ޖެރާޑް ބުނީ ލިބިފައި އޮތް ތިން ޕޮއިންޓް ފަހު ވަގުތު މި ގޮތަށް އެއްވަރުވެގެން ގެއްލުމަކީ ބަލިވުން ފަދަ އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ. އެ ގްރޫޕްގެ އެއް ވަނައިގައި ރޭންޖާސް އޮތީ ދެ ވަނައިގައި އޮތް ބެންފީކާއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މިލާން ވަނީ ރަނގަޅު މޮޅުތަކެއް ހޯދައިފަ އެވެ. އެކަމަކު ފްރާންސްގެ ލިލް އިން ވަނީ މިލާން ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައި މުހިއްމު މޮޅެއް ހޯދައިފަ އެވެ. މި މެޗުގައި ލިލްގެ ތިން ލަނޑު ޖަހައި ތުރުކީގެ ފޯވާޑް ޔޫސުފް ޔަޒީޝީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

މި މޮޅާ އެކު ލިލް ވަނީ ގްރޫޕްގެ އެއް ވަަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މިލާނަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ރޭ މި ގްރޫޕްގައި ސެލްޓިކް ދަނޑުގައި 4-1 އިން މޮޅުވި ސްޕާޓާ ޕްރާގު ތިން ވަނައިގައ އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ. ސެލްޓިކް އެންމެ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެހެން ފާހަގަކޮށްލެވޭ ނަތީޖާތަކަށް ބަލާއިރު، ރޯމާ ވަނީ 5-0 އިން ސީއެފްއާރް ކްލޫޖް ބަލިކޮށްފަ އެވެ. ރެއާލް ސޮސިއެޑާޑް އިން 1-0 އިން އޭޒެޑް އަލްކްމާރް ބަލިކުރިއިރު، ކްރޮއޭޝިއާގެ ރިޔެކާ އަތުން ނަޕޯލީ ވަނީ 2-1 އިން މޮޅުވެފަ އެވެ. އަދި ޔޫރޮޕާ ލީގުގެ ކާމިޔާބު ކޯޗު އުނާއި އެެމެރީގެ އިރުޝާދުގެ ދަށުން ކުޅޭ ވިޔަރެއާލުން ވަނީ 4-0 އިން މެކަބީ ޓެލް އަވީވް ބަލިކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454