ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ސަލާމް ކުރައްވަނީ: ދަރަނިތައް އަނބުރާ ދެއްކުން އަންނަ އަހަރު ނިމެންދެން ފަސްކުރަން އޭނާ ގޮވާލެއްވި -- ފޮޓޯ/ފޮރިން މިނިސްޓްރީ
14 ނޮވެމްބަރ 2020 - 11:10
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާ ހެދި، ރާއްޖޭގެ ދަރަނިތައް އަނބުރާ ދެއްކުން އަންނަ އަހަރު ނިމެންދެން ފަސްކޮށްދޭން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ގޮވާލައްވައިފި އެވެ.
އޭނާ އެކަމަށް ގޮވައިލެއްވީ "ޖީ77 އެންޑް ޗައިނާ" ގެ ޚާރިޖީ ވަޒީރުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ދަރަނިތައް ދެއްކުމުގައި ލުއި އިންތިޒާމުތަކެއް ހޯދަންޖެހޭ ކަމަށާއި ޖީ20 ގެ ގައުމުތަކުން ދޫކުރި ދަރަނިތައް ދެއްކުން މި އަހަރު ފަސްކޮށް ދީފައި އޮތުމުން އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަންނަ އަހަރު ވެސް އިގުތިސާދު މުޅިން ރަނގަޅު ނުވާނެ ކަމަށް ލަފާ ކުރެވޭތީ އަންނަ އަހަރު ނިމެންދެން ދަރަނިތައް އަނބުރާ ދެއްކުން ފަސްކޮށްދޭން ޝާހިދު ގޮވައިލެއްވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ދޭ މާލީ އެހީ އާއި ދަރަނިތަކަށް ދޭ ލުއިތަކަކީ އެއްވެސް ޝަރުތަކާ ނުލައި ދޭންޖެހޭ ލުއިތަކެކެވެ. ކޮވިޑް-19 ގެ ސަބަބުން ސަޕްލައި އާއި ކުރި އަސަރުތަކުގެ ސަބަބުން ކުރިމަތިވާ އިގުތިސާދީ ގެއްލުން ވަރަށް ބޮޑު ކަމަށާއި ރާއްޖެ އިން މަސައްކަތް ކުރަނީ ތަރައްގީގެ ދާއިރާ އިން ލިބިފައިވާ ކުރިއެރުންތައް ކޮވިޑް-19 އާ ގުޅިގެން ގެއްލިގެން ދިޔަ ނުދިނުމަށް ކަމަށް ވެސް އެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.
ދަރަނިތައް ދެއްކުން ފަސްކުރަން ޝާހިދު ގޮވައިލެއްވިއިރު، ކޮޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ މާލީ ބޮޑެތި އިދާރާތަކާއި ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުން އޮތީ ދަރަނިތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދީފަ އެވެ. ދަރަނި ދެއްކުން އިތުރަށް ފަސްކުރުމާ މެދު މަޝްވަރާ ކުރަން ތައްޔާރު ކަމަށް ޗައިނާއިން ކުރިން އޮތީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަން އިސްކުރަންޖެހޭ
14 November 2020
އެމްޑީޕީ އާ ލީޑަޝިޕެއް ބޭނުން. އިންޑިޔާގެ ނުފޫޒުން ރައްޖެ މިނިވަން ކުރަންޖެހޭ.
މަންޑޭލާ
14 November 2020
ޗައިނާ އޮތީ ރައްޖެއަ އެހީވާން ތައްޔާރަ. އިންޑިޔާގެ ބަހައް ހެއްލި އިންޑިޔާއިން އެމްޑިޕިޔައް ހަރަދު ކުރާމަތިން. ޗައިނާ ދުރުކޮއްލީ މީ ވަރައްދެރަވަރު ކަމެ
ޝޮކްތެރަޕީ
14 November 2020
ނަޝީދު އަޑީގަ ހުރެ ޗައިނާ ކަހަލަ ރައްޖެއަ ނުހަނު އެހީވާ ޤައުމަކާ ދިމާލައް ފާޅުގާ ހުތުރު ގޮތަކައް އެއްޗެތިކިއުމަކީ ވަރައް ނޭދެވޭ ހަޑި މުޑުދާރު އަމަލެ. އެމްޑީޕީން މިކަހަލަ މީހުން ލައިގެން ޕާޓީގެ މަގްބޫލުކަން ގެއްލޭނީ.
ފޒުހި
14 November 2020
ލޯނު ނުނަގާ އުފެއްދުންތެރިކަން އިތުރުކޮށް ޖަރަދުކުޑަކޮށްގެން އުޅެންދަސްކޮށްބަލަ. އަދިވެސް ތިޔަނަގަނީ ހަމަ ލޯނު.
ކޮރަލް
14 November 2020
ފައިސާ ހަރަދު ކުރި މީހުން ނާ ދިމާ އަށް ހިތު ހުރި އެއްޗެއް ބަޔަކު ލައްވާ ކިއުއްވާފަ ދެން ތިޔަ އަމާން ދެނީ އެވެ. އެމްޑީޕީގަ ވެރީންގެ ގޮތުގަ ބަސްބުނަން ގިނަ އިން ހުރީ އެކްޓިވިސްޓުންނެވެ. ސިޔާސި މީހުންނެއް ނޫނެވެ. އެކަން ބަދަލު ކުރާން އެމްޑީޕީ އިން އާބަޔަކު ނިކުންނަން ޖެހެ އެވެ.
މުލޭ
14 November 2020
ކޮން ގޮވާލުމެއްތޯ؟ ދަރަނި ދިން ފަރާތްތަކާ ވާހަކަ ދައްކަން ހުރި ބޭފުޅާ ނޫންތޯ ތިއީ؟ ދެން އެފަރާތްތަކާ ވާހަކަ ދައްކަންވީ ނޫންތޯ؟
ނާމްދި ކާނޫ
14 November 2020
ލޯނު ދެއްކުން ފަސްކުރާ ވާހަކަ ދައްކާއިރު، މިވެރިން އަދިވެސް އިތުރު ލޯނުތަށް ނަގަމުންދަނީ! އިހަށް ދައުލަތުގެ ހަރަދު އަހަރުން އަހަރަށް އިތުރުވާ އިތުރުވުން ހުއްޓުމަކަށް ގެނެސް ދައުލަތުގެ ހިންގުމުގެ ހަރަދު އެބަޖެހޭ ކުޑަކުރަން! ދިވެހި ދައުލަތް ދުވަހަކުވެސް މާލީ ގޮތުން މިހާވަރަށް ދަރާފައިނުވޭ! ސިޔާސީ މީހުން ހީވަނީ އަވާމެންދުެއްގަ އުޅޭހެން! ވައި ޑޯންޓް ޔޫ ފޭސް ދަ ރިއަލިޓީ!
ކާކު
14 November 2020
ދަރަނި ދެއްކުން ފަސްކުރަން ގޮވާލުމުގެ ބަދަލުގަ ދަރަނި ދެއްކުން ލަސްކޮއްދެން އެދުން ތަންކޮޅެއް ރީތިވާނެ ކަންނޭގެ.
1828
14 November 2020
ޗައިނާ ސަރުކާރުގައި ހަަމަ އެކަނި އެދިލަން ޖެހޭނީ. 05 އަހަރަށް ވިޔަސް ޗައިނާ ސަރުކާރުން 'ދިވެހި ރައްިތުންނަށް' ޓަކައި ހަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްދީފާނެ. އެއީ އިންޑިއާހައި ފަގީރު ޤައުމެއް ނޫނޭ. އެކަން ދަންނަންވީ އެމްޑީޕީ ސަރުކާރު.
ރަދީފްގެ ލޯޔަރުގެ އެޑްވައިޒަރް
14 November 2020
އަބުދުއްﷲ ޝާހިދު ހިބަރުވަދު ދޫކޮށްގެން ބޭރުން ލިބިނު ބިލިއަން ޑޮލަރު ކާނުލާ ލޯނުދެއްކިނަމަ ކިހާރަންގަޅުވީސް.