ޚަބަރު / ޕާކިން ޒޯން

ސަލްމާން މިސްކިތް ކައިރީގައިވާ ޕާކިން ޒޯނުން ޖާގަތައް ކުއްޔަށް ދެނީ

ޕާކިން ޒޯނެއް: ކިންގް ސަލްމާން މިސްކިތް ކައިރީގައިވާ ޕާކިން ޒޯނުން ޖާގަތައް ކުއްޔަށް ދޭން ވަނީ ނިންމާފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު

ކިންގް ސަލްމާން މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިިލުން ކުރި އިއުލާނެއްގައިވަނީ ކިންގް ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނުގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމަށް 57 ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެއިން ކޮންމެ ޖާގައެއް ކުއްޔަށް ދޫކުރަނީ މަހަކު 3،000ރ. އަށް ކަމަށާއި އެ ޒޯނުން ޖާގަ ދެވޭނީ ކާރާއި 350 ކިލޯއަށް ވުރެ މަތި ނޫން ޕިކަޕްތަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވަނީ ޒޯންތައް ކުއްޔަށް ހިފަން އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި އެ ކައުންސިލްގެ ވެބްސައިޓްގައިވާ ޕާކިން ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށެވެ. އަދި އެ ޒޯނުން ޖާގަ ހުސްވަމުންދާ މިންވަރަކަށް އެ ޕޯޓަލް މެދުވެރިކޮށް އެކަން އެނގޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މާލޭގައި ޕާކިން މައްސަލަ ހައްލުކުރަން ގިނަ ހުސް ބިންތަކެއްގައި ޕާކިން ޒޯންތައް ވަނީ ގާއިމްކޮށްފަ އެވެ.

12 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 4%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާނަަ

17 November 2020

ސަލްމާން މިސްކިތް ހުޅުވައިފިނަމަ ތިޔަ ޕާކިންގ ޒޯން އެތައް ބަޔަކު ބޭނުންކުރަންޖެހޭނެއިރު އެތަން ކުއްޔަށް ދިނުމުގެ މާނައަކީ އެ މިސްކިތް ހުޅުވުމުގެ އެއްވެސް ޕްލޭނެއް ނެތީއޭތަ؟

The name is already taken The name is available. Register?

scientific

18 November 2020

ކީއްުކުރަން ހުޅުވާ ތަނެއް. މާލޭގައި އެބަހުރި ފުދޭ ވަރަކަށް މިސްކިތް. ތިތަން ޖެހެނީ ކިޔަވާދޭ ތަނަކަށް ބަދަލު ކޮއްލަން.

The name is already taken The name is available. Register?

ގޯސް

17 November 2020

މުޅި މާލެ ސައިކަލުން ކުނިވާއިރު ދައިކަލް ފުރީވަނީ ކޮންގޮތަކުން. ސަައިކަލްތަށްހުނަންނީވެސް މަގުމަތީ. ޙަ ސައިކަލް ބަހައްޓާ ޖާގައިގަ ކާރެއްބޭއްވޭނެ. ވީމާ ކޮންމެ ސައިކަލަކުން 500 ރުފިޔާ ނަގަންޖެހޭނެ. ބުރިޖާ ހައިވޭ ހެދުމުން ކާރަކީ އަސާސީ އެއްޗެެއް.

The name is already taken The name is available. Register?

ހުސެެން

17 November 2020

3000ރ ނަގާފަ އަވީގަ ބާއްވަން ޖެހޭތީ ވަރައް ދެރަ.. އަދި އެ ޒޯނައް ކާރު ރެޖިސްޓްރީ ވެސް ވަނީކީނުން... އެކަމް އެނޫން ގޮތެއްވެސް ނެތް

The name is already taken The name is available. Register?

ގުދުގުދާ ބެއްޔާ

17 November 2020

ތިޔަ މިސްކިތައް އަރާނަމަ މަގޭ ވެހިކަލް ޕާކް ކުރާނީ އެހެން މަގެއްގަ! ދެން ފައިމަގުގައި ހިގާފަ މިސްކިތައް ދާނީ! އެހެން ވީމާ ޕާކިން ފީއެއް ނުނެގޭނެ!

The name is already taken The name is available. Register?

އަހުމަދުބޭ

17 November 2020

ތިޔަ އަގުތަކަކީ ހަމަ އެންމެ ރަގަނޅު އަގުތަށްތޯ، މިހާރަށް ބަލައިއިރު ތިޔަހުރިހައި ޕާކިންގ ޒޯންތަށް މިހާރު ނަގަމުންދަނީ މޮޅެތި ކާރުތަށްގެނެސް ގެންދުއްވާ ބޭފުޅުން، އޭގެ ބަދަލްގައި ތިޔަތަނުން ވަކި ޒޯންތަށް ގަޑިއަށް ޗާޖްކުރާގޮތަށް ބެހެއްޓެމުން ގިނަބަޔަކަށް ފައިދާ ކުރާނެ، އަދި އަވީގައި ޖަހައިލޮނެއްގައި ޕާކިންއަށް 3000 ތަންކޮޅެއް ބޮޑުވަރު

The name is already taken The name is available. Register?

ކަލްދޯބަޖޭ

17 November 2020

ސަހަރޯ ރުފިޔާގައި ބޫތް ކައިފައި

The name is already taken The name is available. Register?

ނައީމްބެ ހިރި

16 November 2020

ގަޑިއިރައްޗާޖު ކުރާގޮތައް ދިނީމަ ދޯގިނަބަޔަކައް ފައިދާ ކުރާނީ މިހާރުތިވާގޮތުން މުއްސަދިން ހުރިހާޒޯނެއް ނަގާނީ. އެހެންނުހައްދަވާ

The name is already taken The name is available. Register?

ސަޢުދު

16 November 2020

ތިތަން ކުނި ކުުރަން ތިއުޅެނީ.....

The name is already taken The name is available. Register?

ވަކަފަޅި

16 November 2020

ބާއްވާ ވެހިލް ގެ ޔަގީންކަން ބޮޑުވާނެ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

16 November 2020

އަވީގަ ޕާކްކުރަން 3000 ރުފިޔާ.ހެހެހެހެހެ

The name is already taken The name is available. Register?

ކައިޖީން

16 November 2020

80000 ދީފައި ގަރާޖު ސިޓީ ހޯދައިގެން މިހާރު ޕާކު ކުރަމުން ދަނީ ހިޔަލުގައިތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454