19 ނޮވެމްބަރ 2020 - 07:49
ބައްތިއަކަށް ވެސް ބޭނުންކޮށްލެވޭ ގޮތަށް ވަރަށް ރީތި ޑިޒައިނަކަށް ސޮނީން ސްޕީކަރެއް އުފައްދައިފި އެވެ.
ވަަރަށް ސާދާ ގޮތަކަށް ފަރުމާކޮށްފައިވާ މި އުފެއްދުމަށް ދީފައިވާ ނަމަކީ އެލްއެސްޕީއެކްސް-އެސް2 ގްލާސް ސައުންޑް ސްޕީކާ އެވެ.
ރޭގަނޑު ނިދަން އޮންނައިރު މިއުޒިކަކާ އެކު ފަނޑު އަލިކަމެއްގެ ތެރޭގައި އޮންނަން ބޭނުން ނަމަ މި އުފެއްދުމުން އެކަން ކޮށްދޭނެ އެވެ.
ގްލާސް ސައުންޑް ސްޕީކަރު ފަރުމާކޮށްފައި ވަނީ 360 ޑިގްރީ އަށް އަޑުފެތުރިގެންދާ ގޮތަށެވެ. އެހެންވެ މިއީ މިއުޒިކް އަޑު އަހާލަން ވަރަށް ފަސޭހަ އުފެއްދުމަކަށް ވާނެ އެވެ. ހާއްސަކޮށް، ޖާގައިގެ ގޮތުން ކުދި ތަންތަނަށް މިއީ ވަރަށް ވެސް އެކަށޭނެ އެއްޗަކަށް ވާނެ އެވެ.
ކުރަން ޖެހޭނެ ކަމަކީ ބުލޫޓޫތު ނުވަތަ ވައިފައި އިން ސްމާޓްފޯނާ ސްޕީކަރު ގުޅައިލުމެވެ. ސޮނީން ބުނި ގޮތުގައި މި ޗާލު އުފެއްދުން ފަރުމާކޮށްފައި ވަނީ އެޑްވާންސް ވާޓިކަލް ޑްރައިވް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އެހެންވެ ސްޕީކަރު ބަހައްޓާ ތަނެއްގައި އަޑު ބެލެންސްކޮށް ދޭނެ އެވެ.
މީގައި އިންނަ ލައިޓަކީ ލެޑެކެވެ. މީހާގެ މޫޑަށް ފެތޭ ގޮތަށް އަލި ގަދަކޮށް/މަޑުކޮށް ހެދޭނެ އެވެ. އަދި ޓޯޗެއްގެ ގޮތުގައި ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވެސް ފުދޭނެ އެވެ.
ކިލޯއެއްހާ ބަރުދަން ހުންނަ މި ގްލާސް ސްޕީކަރް ފުލްކޮށް ޗާޖްކޮށްލައިގެން އަށް ގަޑިއިރަށް ބޭނުންކޮށްލެވޭނެ އެވެ. އަގަކީ 450 ޑޮލަރު (6,934ރ.) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2021
19 November 2020
އިބޫ އަވަހަށް ރާއްޖެއަށް ތީގެ ބައްތިކޮޅެއް ގެނަަސްދީބަލަ
ރިޝް
19 November 2020
ވ ޗާލު.. ބައްތި އެއް ހެން ހީވާ ތީ ވ ކުލަސިކް! ކުރީ ޒަމާން އާ ވޭ! ކްލަސިކް އެންޑް ވ ޓުރެޑިޝަންލް!