އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތައް: މިތަނާ މެދު ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ ގިނަ.
29 ނޮވެމްބަރ 2020 - 19:14
ޕައިލެޓުން ތަމްރީނުކުރާ އައްޑޫގެ ފްލައިން ސްކޫލުން އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ވަކިކުރަން ނޯޓިސް ދިނީ ބޭއިންސާފުން ކަމަށާއި އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ދެއްވައިފި އެވެ.
އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ބޮޑު އަގު ނަގައިގެން ހިންގާ ފްލައިން ސްކޫލުގެ ސްކޫލުގެ 15 ދަރިވަރަކު ވަކިކުރަން ނޯޓިސް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ކޯސް ފުރިހަމަ ކުރުމުގެ އެންމެ ފަހު މަރުހަލާގައި ތިބި ކުދިން ވެސް ހިމެނެ އެވެ. ކުރިން ވަކިކުރި ފަސް ދަރިވަރަކަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިގެން އަލުން ފުރުސަތު ދީފައި ވަނިކޮށް މިފަހަރު ނޯޓިސް ދިނީ އެ ދަރިވަރުން ވެސް ހިމެނޭ ގޮތަށެވެ.
ދަރިވަރުން ވަކިކުރަން ނޯޓިސް ދިނީ އެކަކު ބުނިގޮތުގައި އެ ބުނާ މުއްދަތުގައި ފުރިހަމަ ނުކުރެވޭނެ ޝަރުތުތަކެއް ކުރިމަތި ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގައި ފައިސާ ދެއްކުމާއި ކޯސް ނިންމުން ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ.
"މި ފަހުން ގިނަ ކުދިން މި ކަނޑާލީ ކުރިން އިންޒާރު ދިނުމަކާ ވެސް ނުލައި. ބައެއް ކުދިން ކަނޑާލީ ޓެސްޓް ހަދަމުން ދަނިކޮށް،" އޭނާ ބުންޏެވެ.
"މިތަނުގެ އެއްވެސް ދަރިވަރަކަށް އެ ބޭފުޅުން ބުނާ ޓައިމްލައިން ތެރޭ ކޯހެއް ނުނިންމޭ. ސަބަބަކީ ކުދިން ގިނަވުމާއި އެއާކްރާފްޓްތައް އެވަރަށް ނެތުމާއި އިންސްޓްރަކްޓަރުން އެވަރަށް ނެތުން. އަޅުގަނޑުމެން މި ކޯހަށް ވަންއިރު މި ދަތިތައް ހުރި ކަމުގެ ވާހަަކައެއް ނުބުނޭ."
އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރަން.
— Aishath Nahula (@aishath_nahula) November 29, 2020
1/2
މިނިސްޓަރު ނަހުލާގެ ޓުވީޓެއް.
މިނިސްޓަރު ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަމުން ދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލު ކޮށްފައިވާތީ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފްލައިން ސްކޫލުން އަނެއްކާވެސް ދަރިވަރުންތަކެއް މި ވަކިކުރީ، އެތަނުގެ ގިނަ މައްސަލަތަކަކާ ހެދި ސަރުކާރުން އެތަނަށް ފިޔަވަޅު އަޅާފައި ވަނިކޮށެވެ. ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެެއް ވަނީ ވެފަ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ވެސް ހުށަހަޅާފައިވެ އެވެ.
ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ އެތައް ކަމެއް ފްލައިން ސްކޫލުން ހިންގާ ކަމަށް ސިވިލް އޭވިއޭޝަނުން ކުރި އޮޑިޓަށް ފަހު ވެސް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
30 November 2020
ފްލައިންގް ސްކޫލުގެ ބޮޑަކަށް ހުންނަ މީހާ ކޮންމެ ދުވަހަކުވެސް އިރުއޮއްސުމުން އުޅޭނީ ކޮންމެމެވެސް 'ވިލެޖް' އެއްގެ ތެރޭގަ ހުންނަ ބާރ އެއްގެ ތެރޭ 'ކުލަބު' ހިންގުމުގެ މަސައްކަތުގަ!
ތިމާވެށި
30 November 2020
އަލުން ބޭރުގެ ޕާޓީ ތަކަށް ފްލައިންގް ސްކޫލް ހިންގުމަށް ބިޑައް ލާން ވީ އެވެ. ދެވޭ ވަރަކުން އިނާޔަތް ތައްވެސް ދޭން ވީ އެވެ.
ދޮންބެއްޔާ
30 November 2020
ތިޔަ ފުލައިން ސްކޫލުން ބޭއިންސާފުން ކަންކަން ކުރަމުންދާތާ ކިހާދުވަހެއް ވެއްޖެތޯ؟ މީގެ ކުރިން ފިޔަވަޅު އެޅުއްވިއިރު އެފިޔަވަޅަކީ ކިހާ ބުރަދަނެއްހުރި ފިޔަވަޅެއްތޯ؟ ނަމެއްގައި އަޅާ ފިޔަވަޅަކުން ދަރިވަރުންނަށް ކުރާނެ ފާއިދާއެއް އޮންނާނެތޯ؟
ރުޅި
30 November 2020
ތިޔަފެންނަނީ އެބުނާ އަނދިރި ދައުލަތުގެ ނިޝާންތައް. ނަހުލާ ދައުލަތުގެ ބާރެއްނެތް. ކުރެވޭނެ އަދި ކޮށްދެވޭނެ އެއްވެސް ކަމެއްނެތް. މިއީ ބޭރުމީހުންނަށް ހުރިހާ ތަންތަން ކުއްޔަށްދީ ވިއްކާ ހެދުމުން މުސްތަގުބަލުގައި ވާނެގޮތުގެ ކުޑަކުޑަ މިންވަރެއް. ދިވެހިން ދިވެހިރާއްޖޭގައި އަދި މިއަށްވުރެ ބޮޑަށް ނިކަމެތިވާނެ. މިސަރުކާރުގެ ސިޔާސަތަކީވެސް ދިވެހިން ނިކަމެތިކުރުން.
އަހަންމާބެ
30 November 2020
ތިހެން ކިޔަ ކިޔާ ތިއްބާ ނޫންތަ ކުދިން ވަކިކުރަމުން އެގެންދަނީ، އެކުދިންގެ ކިޔެވުމަށް މައިންބަފައިން ޤުރުބާންވެގެން ކުރި އިންވެސްޓްމަންޓް ބޭކާރުކޮށް ލުމުގެ ޒިންމާ ނަގާނީ ކޮންބައެއް! ބަޔަކު އަޑީގައި ތިބެގެން ވަކި މަޤްޞަދެއް ޙާޞިލުރުމަށްޓަކައި ޕެޓިޝަންތައް ހައްދައި އެކުދިން ސިޔާސީ ކޮށްފަ އަޅާނުލާ ދޫކޮށްލީމަ ހުރިހާ ގެއްލުމެއްވެސް އެކުދިންނަކަށްނުން ލިބެނީ، ސިޔާސީ މީހުްނ ހަދާނީ މުޅިންވެސް މަކަރު، އެއްކަމެއްވެސް ނުކޮށްދޭނެ.
ކަކުނިބޯ
30 November 2020
ތިޔަކން ހުއްޓުވާ ތިޔަށްވުރެ ފުރިހަމަޔަށް މިހާރި ތިޔަކަމަނާއަށާ ތިޔަކަމަނާގެ ފިރިމީހާއަށް ފްލައިންސްކޫލް ހިންގޭނެ
އޮނަރަބްލް އަފީފު ދީދީ
29 November 2020
ގޭންއެއަރޕޯޓް ފުލްފްލޭޖްގައި ބައިނަލްއަޤުވާމީ ދަތުރު ތަކަށް ހުޅުވާލަން ފްލައިންގ ސްކޫލާއި އެމްއެންޑީއެފްގެ ހެލިކޮޕްޓަރ ތައް ގަމުން ބޭރުވުމަށް ނޯޓިސްދޭންޖެހޭ. # އަދި ކައިރީގައި އޮތް ފުވައްމުލައް އެއަރޕޯޓަކީ ޑޮމެސްޓިކް ދަތުރު ކުރި ކަމުގައިވިޔަސް ޑިފެންސް މިލިޓަރީ އެއަރޕޯޓެއްގެ ގޮތުގައި ހެދުމަށްފަހު އެތަނުގައި ދޭއް ނުވަތަ 3 ޕާޓީއަކުން ފްލައިޓް އިންޖިނިއަރިން އާއިއެކު ފްލައިންގ ސްކޫލް ހިންގުމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލަންޖެހޭ. ތިޔަ ބަޔަކުވެސް ބޭނުންނަމަކުރިމަތިލާ.
އެހެންތާ ؟
30 November 2020
ނައިބު ރައީސް ފައިސަލް ނަސީމް ގެ ރަށަށްދޯ ؟؟ އާން ތިވެސް ދެން ގޯސް ގޮތެއްނޫން. ފުވައްމުލަކާއި އައްޑޫ އަކީ އެކައްޗެއް ވީއްޔާ. ކީކޭ. ؟
ކަތީބު.
30 November 2020
މަށަށްވެސް ތިގޮތް ވަރަށް ކަމުދޭ. ގަމަށް އަންނަ ބޭރުގެ ގިނަ ސްޓޫޑަންޓުން އަންނަނީ ގަމުން ސީދާ ބޭރަށް ނުވަތަ ލަންކާ މެދުވެރިވެގެންވިޔަސް އެމީހުންގެ ޤައުމަށްދެވޭތީ. އެހެންވީމާ ގަމާއި ވަރަށް ކައިރީގައި އޮތް ފުވައްމުލަކަށް ތިކަން ބަދަލުކޮށްލުމުން ގަމަށްވެސް ބައިނަލް އަޤުވާމީ ދަތުރު ތަކަށް ކަންކަން ކުރާން ފަސޭހަވާނެ.
ދިއްދޫމީހާ
29 November 2020
ކިހާ އުސްމިނެއްގެ ފިޔަވަޅެއްތޯ އަޅަނީ؟؟ ކިތައްދުވަސް ވެއްޖެތޯ ތިޔަ ކަމެއްގާ ކުދިން އުޅޭތާ؟؟ މިހާރު ނޫހުން ބަލާދީބަލަ ސަރުކާރުގެ ބޮޑުންނާ ގުޅުން އޮންނަ ބަޔަކު ތިޔަ ސްކޫލްގާ ކިޔަވާތޯ؟ ނިކަމެތިންގެ ދަރިން ކިޔަވާތީތަ ތިޔަ ހުންނަނީ އަޅާނުލާން؟؟ ދެން މާދަން ގިގްސް ބުނާ މިނިސްޓަރު ވަރަށް ޤާބިލްއޭ
ދިވެހި މުރައިދޫ
30 November 2020
މީ އެބުނާ އަތްނުލެވޭ މީހުން... ނުވާނެ އެއްވެސް ކަމެއް... ހަމަހަޅޭލަވަ ލަވާ ތިބެން ޖެހޭނީ
ކަޑަބައި
29 November 2020
ހިތާމަހުރި ދެރަކަމެއް. މައްސަލަ ދިގުލައިގެން ދިއުމަކީ ހައްލު ނުވާކަމުގެ ހެއްކެއް. ކަމާބެހޭ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް އެޅުން މުހިއްމު
ޗިކުސް
29 November 2020
ތި މިނިސްޓަރަޢް އިގޭނީ ހަމަ އެކަނި ޓެކްސް ޑުރައިވަރުންނަށް ދުއްޕާން ކުރަން.