ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަނުގެ މި އަހަރުގެ މުބާރާތްތައް އަންނަ އަހަރަށް، ޗެލެންޖިން ވާނެ!

މިދިޔަ އަހަރުގެ ގައުމީ ފިރިހެން ސިންގަލްސް ފައިނަލުގައި ނިބާލް (ވ) ފޮނުވާލީ ބޯޅައެއް ހުއްޓުވަން އަޖުފާން ތައްޔާރުވެގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

30 ނޮވެމްބަރ 2020 - 12:14

ގިނަ މުބާރާތްތައް ހިމެނޭ ގޮތަށް މި އަހަރަށް ބެޑްމިންޓަން ކަލަންޑަރެއް އެކުލަވާލައިގެން ތައްޔާރުވި ނަމަވެސް ކޮވިޑް-19އާ ހެދި އައި ހުއްޓުވުމުގެ ސަބަބުން އެއްވެސް މުބާރާތެއް ބޭއްވިފައިނުވާތީ ވިސްނުން ހުރީ މި އަހަރުގެ ކަލަންޑަރުގައި ހުރި މުބާރާތްތައް އަންނަ އަހަރު ބޭއްވުމަށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އިން ބުނެފި އެވެ.

ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބީއޭއެމްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ކޮވިޑާ ހެދި މި އަހަރު ރަސްމީ މުބާރާތްތައް ބޭއްވޭނެ ގޮތެއް ނުފެނުނު ކަމަށެވެ. އެކަމަކު ލުއި ތަކުގެ ތެރެއިން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށި އަތޮޅުތަކުގައި އެކި ހަރަކާތްތައް ބޭއްވި ބައެއް ސަރަހައްދުތަކުގައި މުބާރާތްތައް ވެސް ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ދެ މުބާރާތް ވެސް ބެޑްމިންޓަނުން މި އަހަރަށް ކަނޑައެޅި ކަލަންޑަރުގައި އޮތީ ހިމަނައިފަ އެވެ. މޫސަ ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތައް ވެސް ކޮވިޑާ ހެދި ފަސްވި ގޮތަށް ރާއްޖޭގެ ވެސް އިންޓަނޭޝަނަލް އަދި ގައުމީ ލެވަލްގެ މުބާރާތްތައް ޖެހުނީ ފަސްކުރަން ކަަމަށާއި އެ މުބާރާތްތައް ފުރިހަމަކުރަން އޮތީ ޗެލެންޖިން މަސައްކަތެއް ކަމަށެވެ.

"2020 އަށް ޓާގެޓް ކުރި މުބާރާތްތައް އިހަށް ބޭއްވޭތޯ ބަލާނީ އަނެއްކާ ވެސް. ނިއު ނޯމަލް ތެރެއިން ލިބޭ ލުއިތަކާ އެއްގޮތަށް ދެން ކުރެވޭނެ އިތުރު ކަންކަމަށް ފޯކަސް ކުރާނީ. އެކަމަކު ވަރަށް ޗެލެންޖިން. ކިރިޔާ ވެސް ފުރުސަތު ލިބިއްޖިއްޔާ މާލޭގައި ނުބޭއްވުނު ކަމަށް ވިޔަސް މާލޭގައި ބާއްވަމުން މި އައި އަތޮޅު ލީގު އަތޮޅު ތެރޭގައި ބާއްވާނެ ކަމުގެ އުއްމީދެއް އެބައޮތް. ކޮވިޑްގެ އިމްޕެކްޓް ރެގިއުލޭޓްވަމުންދާ ގޮތަކުން އެނގޭނީ،" ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް މުބާރާތްތައް ވެސް މި އޮތީ ލޯކަލް މުބާރާތްތައް އޮތް ކޮންޑިޝަންގައި. ވަރަށް އުނދަގޫ ކަލަންޑަރު ކުރެވުނު ކަމުގައި ވިޔަސް މި މުބާރާތެއް މި ވެނި ތާރީހެއްގައި ބޭއްވޭނެއޭ ބުނަން."

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ބެޑްމިންޓަންގެ ސާކް ސަރަހައްދުގެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ވެސް ހުންނެވި މޫސާ ވިދާޅުވީ މި ވަގުތަށް ބަލާއިރު މި ސަރަހައްދުގައި ވެސް އެންމެ ރަނގަޅަށް އޮޕަރޭޝަންތައް ކުރިއަށް ނުދާ ކަމަށެވެ.

"ޗެލެންޖިން ސަބަބަކީ އިންޑިއާ، ޕާކިސްތާން ބަންގްލަދޭޝް އަދި ނޭޕާލް މި ވަގުތު މި އޮތީ ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށްވާތީ. އަޅުގަނޑުމެން ސާކަށް ބަލައިފި ކަމަށްވާނަމަ ހަމައެކަނި އިންޑިއާގެ ވަރަށް ބޮޑު ބެކަޕެއް ލިބިގެން ޓްރެއިނިންތައް މި ގެންދަނީ. އެހެންވީމަ ރީޖަނަލް ހުރިހާ ކަމެއް ހުއްޓިފައި މިއޮތީ. ބެޑްމިންޓަން އޭޝިއާ ބަލާ ކަމަށްވާނަމަ މި ވަގުތު ޔަގީންކަމާ އެކު އެއް ގައުމު އަނެއް ގައުމަށް ދަތުރު ކުރެވިގެން ނޫނީ ކަމެއް ކުރެވޭކަށް ނެތް. އެހެންވީމަ ބެޑްމިންޓަން ޓްރެއިނިން ލައިފް މި އޮތީ ވާޗުއަލް ވޯޑަކަށް ގޮސްފައި،" މޫސަ ވިދާޅުވި އެވެ.

ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލްގައި ވެސް މަސައްކަތްކުރައްވަމުން އަންނަ މޫސަ ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ކުރެވުނު އެންމެ ރަނގަޅު ކަމަކީ ރަނގަޅު އެޕްލިކޭޝަނެއް މެދުވެރިކޮށް ކުޅުންތެރިންގެ ޓްރެއިނިންތައް ރަނގަޅަށް މޮނިޓާކުރެވޭނެ ފެންވަރުގެ އެޕްލިކޭޝަނެއް ތައާރަފްކުރެވުން ކަމަށެވެ.

ދަތުރުފަތުރުކޮށްގެން މުބާރާތް ކުޅެވޭނެ ދުވަހެއް ޔަގީންކޮށް ނޭނގޭތީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެކަމަކު ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ މި ފެށޭ މަހު ގްރޭޓާ މާލެ ސަރަހައްދަށް (މާލެ، ހުޅުމާލެ، ވިލިނގިލީ) މީހުންނަށް ހާއްސަކޮށްގެން މުބާރާތެއް ބާއްވަން މަސައްކަތްކުރަމުންނެވެ. އެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ކުޅުންތެރިން ތިބި ކޮންޑިޝަން ބެލުމާއި ފަހަކަށް އައިސް ބެޑްމިންޓަން ކުޅޭ މީހުން އިތުރުވަމުން އަންނާތީ ބެޑްމިންޓަން ކޮމިއުނިޓީ މިހާރު ބޮޑުވެފައިވާ މިންވަރު ދެނެގަތުމެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454